ހުސްނުހީނާ މަގަށް ވާ ގޮތަށް އޮލިމްޕަސް ގޯތިތެރޭގައި ހައްދައިފައި ހުރި ގަސްތައް ކަނޑާލައިފައި.-- ފޮޓޯ: މުހައްމަދު އައިޝް / ޓުވިޓާ
24 ޖުލައި 2021 - 22:03
ހުސްނުހީނާ މަގަށްވާ ގޮތަށް އޮލިމްޕަސް ސިނަމާގެ ގޯތިތެރޭގައި ހައްދާފައި ހުރި ބިޔަ ގަސްތައް ކަނޑާލީ އޮލިމްޕަސް އިމާރާތަށް ގެއްލުންވާތީ، އީޕީއޭގެ ހުއްދަ ލިބިގެން ކަމަށް ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.
އެންސީއޭ އިން މިހެން ބުނީ މި ގަސްތައް ކަނޑާލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ.
“Do not cut down the tree that gives you shade”. 🥲 pic.twitter.com/d0MXl7MKXd
— Muhammad Aiysh🎈 (@Muhammad_Aiysh) July 24, 2021
އޮލިމްޕަސް ބަލަހައްޓަމުން އަންނަ އެންސީއޭ އިން ބުނީ އެ ގަސްތައް ކަނޑާލަން ޖެހުނީ އެ ގަސްތަކުގެ މޫތަކުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށެވެ. އަދި އެ ގަސްތައް ކެނޑުމަށް ބޭނުންވާ ހުއްދަ ވެސް އީޕީއޭ އިން ހޯދާފައި ވާނެ ކަމަށް އެންސީއޭ އިން ކުރި ޓުވީޓެއްގައި ބުންޏެވެ.
"އީޕީއޭގެ ލަފައާ އެއްގޮތަށް މި ގަސްތަކުގެ ބަދަލުގައި އިތުރު ގަސް އިންދުމަށް ވަނީ ހަމަޖެހިފައި،" އެންސީއޭ އިން ބުންޏެވެ.
Olympus needs not to be renovated it needs to be remade it would have been better to pull down the existing structure n make a new modern building n not damage the trees. https://t.co/43Ik3GPO28
— Lauza (@Lauzas_art) July 24, 2021
މިކަމަށް ވެސް ފާޑުކިޔައި ބައެއް މީހުން ބުނެފައި ވަނީ މައްސަލަ އަކީ ގަސްތައް ނޫން ކަމަށާއި ގަސް ކަނޑަންޖެހުމުގެ މި ކަހަލަ މައްސަލަތައް ކުރިމަތިވަނީ، އެއްވެސް ޕްލޭނެއް ނެތި އިހު ޒަމާނުއްސުރެ ތަންތަން އިމާރާތް ކުރުމުގެ ސަގާފަތެއް އޮތުމުން ކަމަށެވެ.
މި ގަސްތައް ކަނޑާލިއިރު، އެންސީއޭ އިން އަންނަނީ މިދިޔަ އަހަރު ފެށިގެން އޮލިމްޕަސް އިމާރާތް އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކޮވިޑް ފެތުރޭތީ ބަންދުކުރި ގޮތަށް، ރާއްޖޭގައި ހުރި އެންމެ ބޮޑު އެ ސިނަމާ ހުރީ މިއަދާ ހަމަ އަށް ވެސް ބަންދުކޮށްފަ އެވެ.
ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އިމާރާތްކުރި، ޒަމާންވީ އޮލިމްޕަސް އިމާރާތް މީގެ ކުރިން ވެސް އެއް ފަހަރަކު ވަރަށް ބޮޑަށް މަރާމާތުކޮށްފައި ވެ އެވެ. ގިނަ ފަންނާނުންތަކެއްގެ އެދުމުގެ މަތިން އެކަން ކުރީ 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަމުންދާގޮތް
25 July 2021
ތިއިން ތަނެއްގެ ތެރެއަށް ބޯދީ ބަލާލީމަ އެނގޭނީ ތިތަންތަން ބެލެހެއްޓުމުގަ ހުރި އިންތިހާއީ ދޯހަޅިކަން
ޢަބުޅޯ
25 July 2021
ތިގޮތަށް ފަނާކުރަމުންގޮސް ރާްޖޭގައި ތާރީޚީ މަދު ބިނާއެއް ނޫނީ ނެތް
އޮނަރަބްލް އަފީފު ދީދީ
25 July 2021
އޮލިމްޕަސް ތަޅާލުމުގެ ކޮޅުމަތި ފެއްޓުނީތޯ؟ ގަސް ކަޑާލުމަށްވުރެން މިފަދަ ހަދިޔާ ބިމާއި ހަމަކުރުން ގޯސް. # އިޤިރޭސިން މާލޭގައިހެދި ޤަވަރުމަންޓް ހޮސްޕިޓަލް ADK އާއި ޙަވާލުކުރިއިރު ކުރީގެއިމާރާތް ރަމްޒުވާގޮތަށް މޫނުމަތި ބެހެއްޓުންފަދަކަމަކަށް ޝަރުތެއްނުކުރި. # ޖެޕާން ސަރުކާރުން ހަދިޔާކުރި ސޯޝަލް ސެންޓަރ ކޮށާ ކުދިކުދިކުރި. ކުރީގެ ފޮރިންގ މިނިސްޓްރީތެރޭގައި ޖެޕާނުން އަޅާދިންއިމާރާތަށް "ހިޔަނި އެޅޭގޮތަށް" ޗައިނާއިން އިމާރާތެއްކުރިވި. މިއީ ދެރަކަންކަން.
ހުޖެހޭ ބަހައްޓާން.
25 July 2021
އިޤިރޭސި ސަރުކާރުން އިމާރާތްކޮށްދިން ތަނެކޭ ކިޔާފައި ނުޖެހޭ މާލޭ މަޖީދީ މަގު އެންމެ އަގުބޮޑު ހިސާބުގައި ތިޔަތަން ބަހައްޓާކަށް. ކަލޭމެން ތިބޭ އައްޑޫ ގަމުގައި އިޤިރޭސިން ބަހައްޓާފައި ހުރި މޮނިއުމަންޓް އެއީ މާބޮޑު ފަޙުރެއްކަމަށް ދެކިގެން އެތަން ހިމާޔަތް ކޮށްގެން.
ގޫބައްޑާ.
25 July 2021
އޮލިމްޕަހަކީ އިގިރޭސިން އަޅާދީފައިވާ ތަނެއްކަމަށްވާތީ އެއްކަލަ އައްޑޫ އިޤިރޭސިމީހާ އޮލިމްޕަސް ތަޅާލުމާއި ދެކޮޅަށް ތެދުވީދޯ ؟
އަލޭ
25 July 2021
އުމުރުން ދުވަސްވެ ރަގަޅަށް ބޭނުންނުކުރެވޭތީ އޮލިމްޕަސް ކަނޑާލަންވެފަ ހުއްޓާ ބަދަލުގަ އެތާ ހުރި ހިތްފަސޭހަ ގަސްތައް އެ ކަނޑާލީ..
ހމަގުމަތި
25 July 2021
ތިޔަ އޮލިމްޕަސްގަ ހިނގާމީހުނަށް ދުއްޕާނަކަށް ފާރުން ނެރެފައި އެހެރަ ސިމެންތިގަނޑު ކަނޑާލާ އެއްލާލުން މާ ބޭނުންތެރި. ނޫނީ މަޖީދީމަގު ހުރިހާ އެންމެންވެސް އެވަރަށް ފާރުތައް ނެރެންވީ!!
އުބު
25 July 2021
ހޫނ ތިނަދޫގައި ވެސް ތިކަހަލަ ކަމެއް ކޮށްފި ހަމަ އީޕީއޭގެ ހުއްދަ ހޯދައިގެން. ޕާކެއްހަދަންށޯ ބޮޑެތިރުއްތަކޢ ގަސްތައް ނަގައިގެން ގޮސް ވަލުގައި އިންދާލީމާ ކާބަން ނިއުޓްރަލް. ސަޅިދޯ. ޖެހިގެން ހުރިމީހާ ފުލެޓުގައި އޯކޭ އެކަމާއި ހެދި 3 އޭސީ ހަރުކުރަން ޖެހުނަސް. ބޮލުގައި މިހުންނަނީ ކާއްޓެެއްވެސް ނެތި އިން އުބެއް މިމީހުންގެ. ދެން ނިއުޓްރަލް ކިޔާލަކިޔާލަ ތިބޭ
ހަސަނު1
25 July 2021
ތި ގަސް ތައް އިންދީވެސް ތިތަން ޒީނަތް ކުރުމުގެ ގޮތުންދޯ؟ ތި ކެނޑިއަސް އަލުން އިނދޭނެ. އަލުން ހެދޭނެ. ކަނޑަންވާ ގަސްތަކާ ނުކަންޑަންވާ ގަސް ގަވާއިދު ތަކުގައި ލިޔެފައި އެބަހުރި. މާލެ ތެރޭ އަމިއްލައަށް އިންދާފައި ހުރި އޮފިއެލޭ ގަސްތަކަކީ ނުކެނޑޭ ވަރު ގަހެއްނޫން. މިކަމާ ހާސްވާ މީހުން އެންމެ ފުރަތަމަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައި ކަރަންޓު އިސްރާފުކުރުން ހުއްޓާލަބަލަ. ގައިމު މާބޮޑަށް ދުނިޔެއަށް ފައިދާކުރާނެ.
ހާމިދު ޝާހިދު
25 July 2021
ވަރަށްބޮޑު ޖަރީމާއެއް ތި ހިންގީ. ގަސްތައް ކަނޑާނުލާ ވެސް އިމާތާތް ސަލާމާތް ކުރެވުނީސް.
ކޮމެންޓުކިޔާ ކުއްޖާ
25 July 2021
މިގައުމުގަ ލާރި ބޮޑުން ހޯދަން ވިއްޔާ ކޮންމެގޮތެއް ވަރިހަމަވާނެ، މާލާ ބޭފުޅުން ކިތައްފަޅު ތޯ ހިއްކީ ރިސޯޓު ހަދަން، ކައިރީގަ ހުރިފަރުތައްހަލާކުކޮށްފަ ޕުރެސަރުގަ ވެލިނަގާ ހެދީ. ބޭފުޅު ފެމިލީ އަހާލީމަ ޢީޕީއޭ އިން ދޭނެ. ދުނިޔޭގެ އެހެންގައުމުތަކުގަ ގަސްނުކަނޑާ އިމާރާތައް ބަދަލު ގެންނަނީ، ސަރުކާރުން އާންމުރައްޔިތުމީހާ އަށް ތިދެނީ ކޮންމެސެޖެއްތޯ
ކުޑަބޭބޭ
25 July 2021
ގަހެއް އެވަރަށް ބޮޑުވާން ގިނައަހަރުތަކެއް ނަގާނެއެވެ. އޮލިމްޕަސް ބިލްޑިން ގަސްތަކަށް ފުރުސަތުދީފަ ރީޑިޒައިންކޮށް ރެނޮވޭޓްކުރަން މާގިނަ ދުވަހެއް ނުނަގާނެއެވެ. ސަބަބަކަށްދެން ދެއްކެންއޮތީ އަރާނެ ޙަރަދުގެވާހަކައުވެ. އެއީ އެންމެ ރަނގަޅު އުޒުރުތޯ؟