ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުން ގާނޫނީ ގޮތުން މަޖުބޫރު ކުރުމާ ވިދިގެން، ޕެރިހުގައި ބަޔަކު މުޒާހަރާ ކުރަނީ. އަންނަ ފިނި މޫސުމުގައި ކޮވިޑްގެ އިތުރު ރާޅެއް ފެތުރިދާނެ ކަމަށް ވިލާތުގެ ގައުމުތަކުން ބުނޭ. އޭއެފްޕީ
25 ޖުލައި 2021 - 10:10
ކޮވިޑް-19 ޖައްސާ ވައިރަހުގެ މުޅިން އާ ބާވަތެއްގެ ވައިރަހެއް، އިނގިރޭސި ވިލާތުން ފެނިގެން، އެ ވައިރަހުގެ ހަގީގަތް ދެނެގަތުމުގެ ގޮތުން ލެބޯޓެރީތަކުގައި ތަހުލީލުތައް ކުރަން ފަށައިފި އެވެ.
ޕަބްލިކް ހެލްތު އިންގްލޭންޑް (ޕީއެޗްއީ) އިން ބުނި ގޮތުގައި ކޮވިޑް ޖައްސާ އާ ބާވަތެއްގެ ވައިރަސް އެ ގައުމުން ފުރަތަމަ ފަހަރަށް ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބާވަތުގެ ކޮވިޑް ވައިރަސް ފެނުނު ގިނަ މީހުންނަކީ، ބޭރު ގައުމުތަކުން ދަތުރުކޮށްފައި އިނގިރޭސި ވިލާތަށް އައި މީހުން ކަމަށާއި، އިނގިރޭސި ވިލާތުގެ ތެރޭގައި އެ ބާވަތުގެ ވައިރަސް ފެތުރެމުން ދާ ކަމުގެ އެއްވެސް ހެއްކެއް އަދި ނުލިބޭ ކަމަށް ވެސް އިދާރާ އިން ބުނެ އެވެ.
ޔޫރަޕިއަން ސެންޓާ ފޯ ޑިސީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ބުނި ގޮތުގައި، އިނގިރޭސި ވިލާތުން މިހާރު ފެނިގެން އުޅޭ އާ ބާވަތުގެ ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮލަމްބިއާ އިންނެވެ.
މި އާ ބާވަތުގެ ވައިރަހާ ބެހޭ ގޮތުން، ފަރަންސޭސި ވިލާތުގެ ސައެންޓިފިކް ކައުންސިލްގެ ރައީސް އަދި ވައިރަސްތަކާ ބެހޭ ތަޖުރިބާކާރު ޕްރޮފެސަރު ޖޭން-ފްރެންކޮއި ޑެލްފްރައިސޭ ވިދާޅުވީ މި އާ ބާވަތުގެ ވައިރަހުގެ ނުރައްކާތެރިކަން ބޮޑަށް ފާޅުވާން ފަށާނީ، އަންނަ ފިނި މޫސުމުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ފެތުރެމުންދާ ގޮތަށާއި، ކޮވިޑުން ދިފާއުވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޖަހަމުންދާ ނިސްބަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ ކުރިން، ކޮވިޑްގެ ކުރިން އޮތް އާންމު ހާލަތަށް ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ޖައްސާ ޑެލްޓާ ބާވަތުގެ ވައިރަހުގެ ސަބަބުން، ފަރަންސޭސި ވިލާތުގައި ކޮވިޑްގެ ހަތަރު ވަނަ ރާޅެއް މިހާރު ފެތުރެމުން ދާއިރު، އިއްޔެ ފާސްކުރި ސިއްހަތާ ބެހޭ އާ ގާނޫނުގެ އެހީގައި، ކޮވިޑް ވެކްސިން ޖެހުން އަވަސްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގާނޫނު ބުނާ ގޮތުން، މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުވާނެ އެވެ.
"ކުރިއަށް އޮތް ފިނި މޫސުމުގައި، ކޮވިޑް ވައިރަހުގެ މުޅިން އާ ބާވަތެއް ފެނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް. ކުރިއަށް އޮތް އަހަރުތަކުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، މުޅިން ދެ ފަންތިއެއްގެ ޤައުމުތަކާ އެކުގައި އުޅޭނެ ގޮތެއް. އެއީ ވެކްސިން ޖަހާފައިވާ ގައުމުތަކާއި ވެކްސިން ނުޖަހާ ގައުމުތައް،" ތަޖުރިބާކާރު ޕްރޮފެސަރު ޖޭން-ފްރެންކޮއި ޑެލްފްރައިސޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ ފިނި މޫސުމުގައި ކޮވިޑްގެ އާ ވައިރަހެއް ފެނުނު ކަމުގައި ވިޔަސް، އެއީ މިހާރު އުފެދިފައި ހުރި ބާވަތްތަކުގެ ވައިރަސްތަކަށް ވުރެ ނުރައްކާތެރި ވައިރަހަކަށް ވާނެ ކަމަށް ނުބެލެވެ އެވެ. އަދި، ބަދަލުވުމުގެ ގާބިލުކަން، ކޮވިޑް ވައިރަހަށް ވެސް، ލިބިގެންވަނީ ވަކި މިންވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
25 July 2021
ތީ އިނގިރޭސި ވިލާތު މީހުން މިއޮއްހާ ދުވަހު ނުފެނިގެން އުޅުނުއެތި. އަދި ކިރިޔާ އެފެނުނީ....
ކޮވީޑި
25 July 2021
އަހަރުމެންނަށް ތިޔަ ދެ ވޭރިޔަންޓު އިނގިރޭސި ވިލާތަށް ވަތްކަން މާ ކުރިން އެނގުނު. އެއް ވޭރިޔަންޓު ގަދަ ހަދާފަ އުޅެނީ ކޯޓަށް ފިލައިގެން. އަނެއް ވޭރިއަންޓުވެސް އެތެރެވީ ބޭސް ފަރުވާގެ ނަމުގަ ޖަރުމަނުން. ތިޔަ ދެ ވޭރިއަންޓު އަދި ފިނި މޫސުމުގަ ރާއްޖެއަށް ފެތުރިގަތުމަށް އަންނާނެކަމަށް ވަރަށް ލަފާކުރެވޭ.
ކޮވިޑްނެތޭ
25 July 2021
ކޮވިޑްގެ ބިރު ކެނޑިއްޖެ މިހާރު މާ ގިނަދުވަސްވެގެން.
ކޮމެންޓުކިޔާ ކުއްޖާ
25 July 2021
ރާއްޖެ އަށްވެސް އަންނާނެ ތިޔަ ލަހެއްފަހެއްނެތި، ބޭފުޅު އާއިލާގެ މީހުންގެ ސެކަންޑް ހޯމް ތިޔައީ، ދެފައި އެއްތާ ނުޖަހާ ތިޔަތަނަކަށް ދަނީ ދެއިރުބޯ ބޭހެއް ހެން، މިމީހުންގޮސް ގެންނަ ހުރިހާ މުސީބާތެއް ތަހައްމަލު ކުރަންމި ޖެހެނީ އެއްކަލަ ދެރަ ނިކަމެތި ރައްޔިތުން، މިމީހުންނަށް އެއްވެސް ހުރަހެއްނެތި އައިސްގޮސް ހެދޭ ސަރުކާރު ރަތްޓޭޕުގަ ނުޖެހި، ނިކަމެތި ދިވެހިން ކުލިދައްކަމުން ކައްވަޅަށް
ކޮމެންޓް ބޯއީ
25 July 2021
އަދި ނުވީތާކަށް، މީހުންގެ އިއްފަތްތެރިކަމަށް އަރައިގެންފަ ފިލަންދާ މީހުނާ، އެމީހުނާ ބައްދަލުކުރަންވެގެން ޖަރުމަނުން އިނގިރޭސިވިލާތަށް، ސަރުކާރު ހަރަދުގަ "ބޭހަށް" ދާ މީހުނާ.