ނަޝީދު: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލާ ގަރާރެއް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައި --- ފޮޓޯ/މިހާރު
25 ޖުލައި 2021 - 21:13
ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހަޅުއްވައިފި އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ވެސް އެ މަނިކުފާނު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވައިލާ ގަރާރެއް އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނު އަސާސީބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު މިރޭ ހުށަހެޅުއްވި ގަރާރުގައިވަނީ ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ސަރުކާރުން އަމަލު ކުރަންޖެހޭ ގޮތް އެމްޑީޕީން ހާމަކުރަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަދި ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ސަރުކާރަށް ގޮވާލުމަށް އެ ގަރާރުގައި އެ މަނިކުފާނު ހުށަހެޅުއްވި އެވެ.
ނަޝީދު އެ ގަރާރު ހުށަހެޅުއްވުމުގެ ކުރިން އެ މަނިކުފާނު މިއަދު ވަނީ ހޯމް މިނިސްޓްރީ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދަށަށް ގެންދެވުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލައްވައިފަ އެވެ. އަދި ހަރުކަށި ފިކުރަށް ތަބާވާ މީހުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ފުލުހުން ރޭ ބުނެފައިވަނީ ނަޝީދަށް އެ ހަމަލާ އަމާޒުކުރީ އެ މަނިކުފާނަކީ ކާފަރެއް ކަމަށް އެ މީހުން ގަބޫލު ކުރާތީ ކަމަށެވެ. އަދި ނަޝީދަށް އެކިފަހަރު މަތިން ފާރަލައި، އެ މަނިކުފާނަށް ހަމަލާދޭން ކުރިން ދެ ފަހަރެއްގެ މަތިން އެ މީހުން މަސައްކަތްކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި މުސްލިމެއްގެ ހިޔާލު
26 July 2021
ޑިމޮކްރަސީގެ ބައްޕަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ގޮވާލާ ގަރާރެއް ހުށަހަޅުއްވައިފި. ގިނަ ޢަދަދެއްގެ ރައްޔިތުން އެއްފަހަރާ ހައްޔަރު ކުރަންވެސް ގޮވާލި. މިޑްރާމާ ނިމޭއިރު މުޅިގައުމު އިންޑިއާގެ ބާރުގެ ދަށުގައި. މިބޭފުޅުން ޕަޕެޓުންގެ ގޮތުގައި. ރައްޔިތުން އަޅުވެތިކަމުގައި. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހައްދަވައި ގެނގުޅުއްވާ އިލާހު، އަޅަމެން ދިވެހި މުސްލިމް ރައްޔިތުން އަޅުވެތިކމަުން ސަލާމަތް ކުރައްވާނދޭވެ، އާމީން.
ދިވެހި މުސްލިމެއް
26 July 2021
ޑިމޮކްރަސީގެ ބައްޕަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ގޮވާލާ ގަރާރެއް ހުށަހަޅުއްވައިފި. ގިނަ ޢަދަދެއްގެ ރައްޔިތުން އެއްފަހަރާ ހައްޔަރު ކުރަންވެސް ގޮވާލި. މިޑްރާމާ ނިމޭއިރު މުޅިގައުމު އިންޑިއާގެ ބާރުގެ ދަށުގައި. މިބޭފުޅުން ޕަޕެޓުންގެ ގޮތުގައި. ރައްޔިތުން އަޅުވެތިކަމުގައި. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހައްދަވައި ގެނގުޅުއްވާ އިލާހު، އަޅަމެން ދިވެހި މުސްލިމް ރައްޔިތުން އަޅުވެތިކމަުން ސަލާމަތް ކުރައްވާނދޭވެ، އާމީން.
ހަސަންކޮއި
26 July 2021
ތިނޫނި ދިވެހި މުސްލިމަކު ނެތީތަ؟
މަންމަ
26 July 2021
އަހަރުމެން ގޭގައި ބަންދުވެފައި ތިބި ވަރު އަދިވެސް ކުޑައީތަ. ކޮވިޑުގެ ރާޅަކަށް ފަހު ރާޅެއް. އަނެއްކާ ބަންދު ނިންމާފަ އަނެއް ރާޅު އަރާނެ. ދެން އަދިވެސް އިތުރަށް އަހަރުމެން ބަންދު ކުރަން ތި އުޅެނީ ކީއްވެ؟ ބޭފުޅާގެ ދަރިން ބޭރު ޤައުމުތަކުގައި ތިއްބަސް މާލޭގެ ކުދިކުދި އަލި އަދި ވައި ނުވަންނަ ތަންކޮޅުގައި ބަންދުވެގެން ތިބެ އަހަރުމެންގެ ކުދިން އެބަ ހަނާވޭ!
އެމެރިކާ
26 July 2021
ވެރިން ކުރަންވެގެން ބަޔަކައް ޤައުމު ވިއްކާލާފަ ދިވެހިންގެ މުސްތަގުބޮލް ފުނޑާލާފަ މޮޅެތި ގަރާރު ތި ފާސްކުރަނީ
އަސްލީ
26 July 2021
ރނ އަކީ ޤައުމާއި ރައްޔިތުންގެ ވަރަށް ބޮޑު ދުޝްމަނެކެވެ. އަދި ވަރަށްބޮޑު ހަސަދަ ވެރިއެކެވެ.
އޮނަރަބްލް އަފީފު ދީދީ
26 July 2021
ވާހަކަ ދެއްކިމީހާ ގޯސްކުރުމުގެކުރިން "އެވާހަކަ އެގޮތަށް ދައްކާންޖެހުނު ސަބަބާއިމެދު ވިސްނާލަންވީ" ނޫންތޯ. # ތިބޭފުޅުން ޔާމީނުގެ ވެރިކަން ބަދަލު ކުރާން "ސޯލިޙް އަށް ވޯޓްދިނީ ކޮންބޭނުމަކުކަން" ހަދުމަފުޅުވޭތޯ؟! އަދި އޭގެ ފަހުން އެމްޑީޕީއަށް ޤާނޫނުހަދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާދިނީ "މަސްތުގެ ހާލަތުގައި ވާނުވާގައި ތިބެގެން" ކަމަށް ބަޔަކަށް ހީކުރެވުނަސް އެއީ އެކަން ހިގިގޮތް ނޫންކަން އިގޭމީހުނަށް ނަޝީދު އެދައްކަވާ ވާހަކަ ދޭވަހާގޮތް ތަފާތުވާނެ.
މޮޔަފުޅު
25 July 2021
ޢެކޮއި ޥަރަށް ބޮޑަށް ނަފްސާނީވެފަ އެހެރީ... ވެރިކަން ނުލިބިގެން..
ހުސެން
25 July 2021
ވެރިކަންދިނީމާ ކުރާކަށްނޭންގުނު، މިހާރު އަނެއްކާ ވެރިކަންބޭނުންވެގެން މަރުދެނީ! މައުމޫނު، ނަޝީދު ވަހީދު ޔާންޓޭ މިކޮންމެމީހަކުވެސް ރަނގަޅުކަންކަން ކޮށްފައިއެބަހުރި، އެންމެވަރުގަދަ ޕުރޮޖެކުޓުތައް ހިންގާލީ ޔާމީނު، މިސާލު ސިނަމާލެބުރިޖް، ރާއްޖެ ޑިމޮކުރެސީއަށް ހުޅުވާލުމުގައި އެންމެއިސް ދައުރެއް ކުޅުނުއެކަކީ ނަޝީދުކަންވެސް މީހަގީގަތް..ނަމަވެސް އޭގެ މާނައަކީ ނަޝީދު ޖަހާހާބެރަކަށް ދިވެހިން ނަށާނެއެކޭނޫން، އަޅުގަނޑަށް އެންމެ ހިތްގައިމު ރައީސަކީ ޔާމީނު،
ޗޮސްބެ
26 July 2021
ދައުލަތުގެ ބައިތުލްމާލް ކައްވާލީ ކާކު؟
ބޭބީ
25 July 2021
ޗާޓު ން ބޭރުވީ މާ އެ ން މެ ފަހު ންވެސް ނަގަ ންޖެހު ނީ ކުޑަގޮޅި ން. ނަޝީދު ހި މާޔަށް ހޯއްދަވައިގެ ން ހަރަދު ފުރީކޮށް އި ނގިރޭސި ވިލާތުގައި މަޑޮކޮށްލައްވަ ން ގަސްތު ކުރައްވަ ނީތޯ؟
އަލީރާޖާ
25 July 2021
މީޙަކު އަޅެ އަޖައިބެއް ނުވާނެ؟ ކުއްލިނުރައްކާ އިއުލާނުކުރަންޖެހޭ ވަރުގެ ކަމެއް މިތާ ނުހިނގާ! ގެއިން ބަދިގެއަށްދާންވެސް ކުއްލިނުރައްކާ އިއުލާނުކުރަންވާނެ!