ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ: އެ ބައްޔަށް 123 މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައި --- ފޮޓޯ/މިިހާރު
25 ޖުލައި 2021 - 22:35
ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 123 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި އަތޮޅު ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވީ 45 މީހަކު ކަމަށެވެ. އަދި ރިސޯޓްތަކުން ވެސް 16 މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 76،750 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 73،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅު ވެފައިވާތީ މި ވަގުތު ފަރުވާ ދެމުން ދަނީ 2،646 މީހަކަށެވެ. ހޮސްޕިޓަލްގައި ފަރުވާ ދެނީ 13 މީހަކަށެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ވަނީ 219 މީހަކު މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ހުސެން
26 July 2021
ފެށުނީ އޭ ލަވަ ކިޔަން، އަނެއްކާ އަނެއް ލޮކްޑައުން. ބޯ ހަލާކު.
ގެދާނޯމޮސް
25 July 2021
ކުށްލި ނުރައްކަލަށް ދާވަރާ ހަމަވެފައެވެ.