މީގެ ކުރިން ދެ ފަހަރަކު ރޯވެފައި ވާއިރު އޭގެ ތެރެއިން އެއް ހާދިސާއެއް ހިނގީ ކުއްޖަކު ގަސްތުގައި ކުރި ކަމެއްގެ ސަބަބުން ކަމަށް ވަނީ ތުހުމަތުކުރެވިފައި
މިއަދު ހެނދުނު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ އެތަނަށް ގެއްލުންވެފައި -- ފޮޓޯ: އެމްއެންޑީއެފް
29 ޖުލައި 2021 - 09:36
ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިއީ މިދިޔަ ތިން މަހެއްހާ ދުވަސް ތެރޭ ހިނގި މިފަދަ ތިން ވަނަ ހާދިސާ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބެލެހެއްޓުމަށް ހާއްސަ މި މަރުކަޒުގެ ހަތަރު ވަނަ ފްލޯގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު ލިބުމާ އެކު ވިލިމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން ގޮސް 6:10 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، 7:20 ހާއިރު އެއްކޮށް ނިއްވާލި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް، ހާދިސާ ހިނގި ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ފުލުހުން ވެސް މިހާރު ގެންދަނީ މި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުންނެވެ.
Vilimale' “Kudakudhinge Hiyaa”ge 4 vana fangifilaa ge room eh gai alifaanuge haadhisaa eh hin’gaigen,MNDF Vilimale' Fire Station in harakaaiytherive alifaan nivvaalaifihttps://t.co/SjfPs6TVvp pic.twitter.com/WmKmJlEXQM
— Maldives National Defence Force (@MNDF_Official) July 29, 2021
މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެތަނުގެ ޓެރަހުުގައި ހުރި ގުދަނެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އަދި މެއި ހަތަރު ވަނަ ދުވަހު ވެސް ކޮޓަރިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއްވި އެވެ.
މެއި ހަތަރު ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އަކީ އެތަނުގެ ދެ ކުއްޖެއްގެ ދެމެދުގައި މައްސަލައެއް ޖެހިގެން އެއް ކުއްޖަކު ގަސްތުގައި ކޮޓަރިއެއްގައި ރޯކޮށްލުމުން ހިނގި ހާދިސާއެއް ކަމަށް މީގެ ކުރިން ވަނީ ތުހުމަތު ކުރެވިފަ އެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ މިފަދަ ހާދިސާތައް އިތުރުވާނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުޝަމް
29 July 2021
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިސްތިއުފާ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިސްތިއުފާ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިސްތިއުފާ
އިންޑިއާރާއްޖެ
29 July 2021
ސިދާތާއެއް ނެތެއްނު އޯކޭވާނެ މިހާރު، އަހަރެމެންގެ ވެރިޔަައެހުންނަނީ އަގަމަތީ މާސްކިންޓޭޕް އަޅުއްވާގެންވިއްޔަ ކޯލިޝަން ރޫޅިދާނެތީ
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
29 July 2021
ކުޑަކުދިންނެއްކަމަކު މިހާރު މިދަނީ މާމައްޗަށް. މަށަށް އެނގޭ މަމިހެންބުނީމާ އައިސްތުވެސް ރުޅިއަންނާނީ މަދެކެކަން.
މިހިނދުން
29 July 2021
ތަން އަލުން އަތުރާ ތަރުތީބު ކުރަންވެފަ
ފާފު ސުކުން
29 July 2021
ތިތަން ބަލަހައްޓަން ރިޓައަރ ކޮށްފަ ތިބި ފުލުހުންނާއި އަދި ސިފައިންނާ ހަވާލު ކޮށްބަލަ. ދިވެހިންގެ ތެރެއިން ގިނަ މީހުންނަށް ދަރިން ބަލަން ނޭގޭތީ ތިތަންތާ ދަރިން ތިބެން ޖެހެނީ. ޢާންމުންނަށް ތިދަރިން ނުބެލެހެއްޓޭނެ.
ހިލަބެ
29 July 2021
ގަސްދުގައި ހިންގާކަންކަމަކަށް ހާދިޘާއެކޭ އަހަރެމެންނުކިޔަން ތިކަމަކީ ހަމަގަސްދުގައި ކުރާކަންކަން ތިގޮތަށް ތިންމަސްތެރޭ 100 ހާދިސާވެސްހިނގަފާނެ...
ކޮރަލް
29 July 2021
އިސްވެރީން ބަދަލު ކޮށް މައްސަލަ ތަހުގީގުކޮށް ރިޕޯޓް އެއްހަދަން ވީ އެވެ.
ސީޒަން ޖެކުހަން
29 July 2021
މަޖުލީސް ނިދާފަތަ؟ ޕުރިންސިޕިލްބެއްޔާ ކޮބާ؟ ގަރާރެއް ހުށަނާޅާތަ ކުއްލިމައްސަލައެއްގޮތުގާ؟
އިސްތިއުފާ
29 July 2021
ކުޑަކުދިންގެ ހިޔާގައި ތިން މަސް ތެރޭ އަލިފާނުގެ ތިން ހާދިސާ ހިނގައިފިނަމަ ދެން ޖެހޭނީ ޖެންޑަރ މިނިސްޓަރު އިސްތިއުފާ ދޭން މިނިސްޓަރު އައިޝާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ޙިނި
29 July 2021
އާސަނިސްޓަކު ގޭގަ ގެންގުޅެނީދޯ، ތި ކަމަކައްވާނީ ބަޔަކު އަލިފާނުގެ ހާދިސާ އެއްގައި މަރުވުމުން.