މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވާނީ.

އެންމެ ފަހުން މިދިޔަ މަހުގެ 27 ގައި ރިލީޒްކުރަން ތާވަލުކުރި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" އަންނަ މަހުގެ 19 ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ މި އަހަރުގެ މެއި 28 ގައި ގެނެސްދޭން އޮތް ފިލްމެކެވެ. އެކަމަކު ކޮވިޑް-19އާ ހެދި ފިލްމު ދެ ފަހަރެއްގެ މަތިން ފަސްވީ އެވެ. މިދިޔަ އަހަރު އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓްކުރި "ބެލް ބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތުރިލާއެކެވެ.

މީގެ ކާސްޓްގައި ވާނީ ކަޕޫރް، ލާރާ ދައްތާ، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ހިިމެނެ އެވެ. "ބެލް ބޮޓަމް" އަކީ މިދިޔަ އަހަރު ވަރުން ދަވަނާއި ސާރާ އަލީ ޚާންގެ "ކޫލީ ނަމްބަރު 1" ގެނެސްދިން ކުންފުނި ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެންމޭ އެއްޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އަކްޝޭގެ އެހެން ދެ ފިލްމެއް އަދިވެސް ރިލީޒްކުރާނެ އިރެއް ނޭނގި ވާނުވާގައި އެބަ އޮތެވެ. އެއީ ޑައިރެކްޓަރު ރޯހިތުގެ ޝެޓީގެ "ސޫރިޔަވަންޝީ" އާއި އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" އެވެ.

ޗަރަންގެ ފިލްމަށް ކިއާރާ ސޮއިިކޮށްފި

އެކްޓަރު ރާމް ޗަރަންއާ އެކު މަޝްހޫރު ތަމަޅަ ޑައިރެކްޓަރު އެސް ޝަންކަރު ހަދާ ފިލްމުގެ ބަތަލާގެ ރޯލަށް ބޮލީވުޑްގެ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ސޮއިކޮށްފި އެވެ.

ނަން އަދި އިއުލާންނުކުރާ މި ފިލްމަށް އޭނާ ސޮއިކޮށްފައި މި ވަނީ ކުރިން ވެސް ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ކިއާރާ ކަމަށް ބުނެފައި ވަނިކޮށެވެ. އޭނާ އެއަށް ސޮއިކުރިކަން އިއުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހު ފާހަގަކުރި ކިއާރާގެ 29 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.

މިދިޔަ އަހަރު "ގުޑް ނިއުސް" އާއި "ލަކްޝްމީ" އަދި "އިންދޫ ކީ ޖަވާނީ" އިން ފެނިގެން ދިޔަ ބަތަލާ ބުނީ ޝަންކަރްގެ ފިލްމުން ފުރުސަތު ލިބުމަކީ އުފަން ދުވަހުގެ އެންމެ ބޮޑު ހަދިޔާ ކަމަށާއި ވަރުގަދަ ޓީމަކާ އެކު މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވެ، އެހާމެ ކަންބޮޑު ވެސް ވެފައިވާ ކަމަށެވެ.

ޗަރަންއާ އެކު މަސައްކަތްކުރަން ކިއާރާ އަށް ފުރުސަތު ލިބިފައި މި ވަނީ ރަންވީރު ސިންގްއާ އެކު ޝަންކަރް ހަދަން އިއުލާންކޮށްފައި އޮތް ފިލްމުގެ ބަތަލާ އަކީ ވެސް އޭނާ ކަމަށް އަޑު އަރާފައި ވަނިކޮށެވެ. ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ "ޝޭރުޝާހް" އެވެ.

ޗަރަންގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރު 13 ގައި ގެނެސްދޭ "އާރްއާރްއާރް" އެވެ.

ޝަންކަރްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "2.0" އެވެ.

"ޝޭރުޝާހް" ގެ ލަވައެއް

މި މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޝޭރުޝާހް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

ލީޑް ދެ ތަރިން ކަމަށްވާ ކިއާރާ އާއި ސިދާތު މަލްއުތުރާ އެކީގައި ފެންނާނެ މި ލަވަ އަކީ "ރާތާން ލަމްބިޔާ" ކިޔާ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ތަނިޝްގް ބަގްޗީގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ޖުބީން ނޯޓިޔާލާއި އަސީސް ކޯރް އެވެ.

ވިޝްނޫ ވަރުދާން ޑައިރެކްޓްކޮށްފައިވާ "ޝޭރުޝާހް" އަކީ ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ދީޕިކާ އާއި ޕްރަބާސްގެ ފިލްމަށް 400 ކްރޯޑް

މީގެ ހަފުތާއެއްހާ ދުވަސްކުރިން ޝޫޓިން ފެށި ދީޕިކާ ޕަދްކޯނާއި ޕްރަބާސްގެ ނަން އިއުލާން ނުކުރާ ފިލްމަކީ 400 ކްރޯޑް ރުޕީސް (53.78 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮޑު ފިލްމެއްގެ ގޮތުގައި ހަދާ ސައިންސް ފިކްޝަން ޖޯންރާގެ މި ޕީރިއަޑް ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަން ވެސް ހިމެނެ އެވެ. ވަގުތީ ނަމަކަށް "ޕްރޮޑަކްޝަން ކޭ" ހިމަނައިގެން ކުރިއަށް ގެންދާ ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު ނަގް އަޝްވިން އެވެ.

މި ފިލްމަކީ ދީޕިކާ އާއި "ބާހްބަލީ" ކުޅުނު ޕްރަބާސް އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454