ފުލުހުންގެ ތަހުގީގަކަށް ފަހު، ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 އޯގަސްޓް 2021 - 11:00
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ވ. އާރަށުގެ މައްސަލައިގައި މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ މަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިއަދުގެ މެންދުރު 2:00 އަށެވެ.
ޔާމީން، އާރަށުގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފަ އެވެ. މިިދިޔަ އޭޕްރީލް ފަހުކޮޅު އެ މައްސަލަ ޕީޖީ އަށް ފޮނުވި ފަހުން ވެސް، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީން ހަމަ އެ މައްސަލައިގައި ފުލުސް އޮފީހަށް ގެންދިޔަ އެވެ.
އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކައިލީ އެވެ.
ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު އެ މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވުމުންނެވެ.
އެ ބޮޑު ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް ޔާމީން އިއްޔެ ކްރިމިނަލް ކޯޓަށް ވެސް ހާޒިރުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޓްލަރ
02 August 2021
ތިއެއްނޫނޭ، މަބުނީ އަދިވެސް ޖަލުން ކޮވިޑް ނުފިލަނީހޭ.
ޠައިން
02 August 2021
ގުޑް ލަކް ޔާމިން،
ސަސް
02 August 2021
ވިއްކި ހުރިހާ ރަށަކަން ކަޓް ނަގާފަ ހުންނާނީ ރަގަޅަށް ބަލާ ނުދޭނެ ރަށެއް އޭނަ އަށް ބައި ނޭޅޭ ގޮތަކަށް. މީ އެންމެން ދަންނަ ބޮޑު ސިއްރު.
ޔާންޓު
02 August 2021
ވަގުކަލޭގެ އުމުރު ދުވަހަށް ޖަލުގައި ބަހައްޓާ. ބައިތުލްމާލުން ވައްކަންކުރާމީހުންނަށް ހަމްދަރުދީއެއް ނެތް.
1234
02 August 2021
3 އަހަރު ނިމެނީ އެންމެ މައްސަލައެއްވެސް އަދި ތިން މަރުހަލާ ނުނިމޭ 5 އަހަރު ނިމޭއިރުވެސް ތިކަމެއްނުވާނެ؟
މުފައްކިރު
02 August 2021
އަނިޔާވެރިކަމަށް ނިމުމެއް އަންނާނެ. ނަޕޯލިއަންގެ ވެރިކަންވެސް ނިމުނު. ހިޓްލަރުގެ ވެރިކަންވެސް ނިމުނު. ޔަހޫދީން ފަނާވާ ދުވަސް އަންނާނެ. އެހެންވީމާ ޔާމީނަށް އިންސާފު ލިބި ގައުމު އުފަލާއެކު ހަމަޖެހޭ ދުވަސްވެސް އަންނާނެ.
ސަސް
02 August 2021
ކީއްވެ އަނިޔާ ވެރި ޔާމީނުގެ ވެރިކަން ނިމުނު ވާހަކަ ނުބުނީ.
ލަރޭ
02 August 2021
ތިބުނީ ރަގަޅަށް، ޔާމީންގެ ވެރިކަން ނިމުމުން އަނިޔާވެރިކަމަށް ނިމުން އައިސްސި. މިހާރުއެދަނީ ޔާމީނަށް އިންސާފު ލިބެމުން.
ބަބުރުބޭ
02 August 2021
ޖަލުގާހުންނަންޖެހޭމީހެއް ކީއްވެ ބޭރުތެރޭގާ މިއުޅެނީ؟
އަދިހަމަ
02 August 2021
އަދި ހުންނަންޖެހޭނީ ޖަލު އުނިފޯމްގަ’ ބިޑިވެސް އަޅުވާފަ. ކޮބާ އުސޫލު؟
ބައިރޯ
02 August 2021
ބޭކާރު އަގަތަޅަނީ، ފުރަތަމަ ކުރިން އޮތް މައްސަލަ ނިންމަ ބަލަ