ނަޝީދަށް ހަމަލާދިންކަމުގެ ތުހުމަތުކުރެވޭ ފަސް މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ވަނީ ފޮނުވާފައި.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ނަޝީދަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ ފަސް މީހަކަށް ދައުވާކުރަން ވަނީ ފޮނުވާފައި.-- ފައިލް ފޮޓޯ: މިހާރު
02 އޯގަސްޓް 2021 - 12:43
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށާއި އޭގެ ތަފުސީލުތައް މާދަމާ ހާމަކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ނިންމައިފި އެވެ.
އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރުމާ ގުޅޭގޮތުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އެކަމުގެ ފުރިހަމަ ތަފްސީލު ހިއްސާކުރުމަށް މާދަމާ މެންދުރު 2:00 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
We have made several prosecution decisions re 6 May Attacks and @PGO_MV will hold a press conference tomorrow afternoon at 2 PM to explain these decisions and more details of the case.
— Hussain Shameem (@HuShameem) August 2, 2021
އާއިލީ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން، ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައި ވެ އެވެ. އެއީ؛ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި މަނަދޫ، ނޫރީގޭ އަލީ ހައިޝަމެވެ. ނަމަވެސް، މިހާތަނަށް އެއްވެސް މީހަކަށް ދައުވާ ކުރަން ކޯޓަށް ފޮނުވި ކަމަކަށް ޕީޖީ އޮފީހަކުން ނުބުނެ އެވެ.
ނަޝީދަށް ދިން ހަމަލައާ ސީދާ ގުޅުން ހުރި 10 މީހަކު ހައްޔަރުކޮށް، މިހާރު ވެސް ފަސް މީހެއްގެ ތަހުގީގު ކުރިއަށް ގެންދެ އެވެ. އެއީ؛ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލާ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަލަ މަތިމަސް
03 August 2021
ނެތްތަ ހަރުކަށި ސެކިއުލަރިސްޓުންނަށް ދައުވާ ކުރެވެން. ދީނާ ގުޅޭގޮތުން ނޭންގޭވާހަކަ ދެއްކުމާ، ދީނުގަ އިދިކޮޅު ކަންތައް ފާސްކުރަން އުޅުމާ، ލާ ދީނީ މީހުން ހިމީޔާތް ކުރުމާ...
ޢިބޫ
02 August 2021
ކޮބާތޯ މަހުލޫފު މައްސަލަ، ބިންގަޑު ކަނޑާ އަޑިއަށް ދިޔައިތޯ ނޫނީ މައްޗަށް އަރުއްވާގަތީތޯ؟
އިޝްހާގް މުހަންމަދު
02 August 2021
މި ގައުމުގެ ކިޔެވުމުގެ މަންހަޖު އެބަ ޖެހޭ އެއްކޮން ބަދަލު ކުރަން. ގަމާރު ކަން މަތީގަ ތިންބާ ބަޔަކު އައިސް ސިކުނޑި ކާލަނީ. ހުތް އަނބު ރިހާކުރާ ޖަހައިގެން ކާލާހެން. މީހަކު ބުންޏޭ، ބުންޏޭ، ނޫނީ ބުނާހާ އެއްޗެއް ގަބޫލު ކުރަންޏާ އެއޮތީ ގޯސްވެފަ! ދެން އަންނަ ކޮންމެ މީހަކު، އަހަރުމެން ޒޮންބީ ތަކަކައް ހަދާނެ! އެއްވެސް ގައުމެއް ކުރިއަރާފަކަ ނެތް، މިކަހަލަ މީހުންގެ ވިސްނުން ގެންގުޅޭ ހާ ދުވަހަކު.
ބުރުހާނުއްދީން ރައްބާނީ
02 August 2021
ތަފްސީލެއް ބޭނުމެއްނޫން. މާބޮޑަށް ތަމްސީލުނުކުޅެ އުންސުރާ ފަންސުރު ހަމަކުރެވޭތޯބަލާ. އަންނަ ހަފްތާގާ ސްކޫލުތައް ހުޅުވޭނެ.