ޕީޕީއެމްގެ ދައުވަތު ފޮނުވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމް އަދި އެމްޑީއޭ އަށް.
އިދިކޮޅު ކޯލިޝަނުން ބޭއްވި މީޑިއާ ބްރީފިންއެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.
02 އޯގަސްޓް 2021 - 15:30
ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިންގެ ދައުވަތު އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފުތިތާހުކުރި "މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ކެމްޕެއިންގެ ރަސްމީ ދައުވަތު ފޮނުވީ ސަރުކާރު ހިިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އަށެވެ.
އެމްޑީޕީ އަށް ރަސްމީ ދައުވަތު ނުދިން ނަމަވެސް މި ކެމްޕެއިން އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި، އިިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކެމްޕެއިން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މިހާރު އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް މެމްބަރު ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވެސް އިިދިކޮޅު ކޯލިޝަންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ދައުވަތު ދެއްވި އެވެ.
ނަމަވެސް އިމްރާނާއި ނާޒިމަށް ވެސް ރަސްމީ ދައުވަތެއް ނުފޮނުވަ އެވެ.
ޕީޕީއެމްގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މިހާރު ގައުމުގެ މިނިވަންކަން އޮތީ ނާޒުކް ހާލަތަކަށް ގޮސްފައި ކަމަށާއި ގައުމު ސަލާމަތްކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ފެށި ކެމްޕެއިނުގައި ބައިވެރިވާން އެމްޑީޕީ އާއި އެ ޕާޓީގެ ލީޑަޝިޕަށް ދައުވަތު ދީފައި ނުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ކޯޅުމުގެ ތެރެއިން، އެމްޑީޕީއާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ގެންދަވަނީ ފާޅުކުރައްވަމުންނެވެ. ނަމަވެސް ޕީޕީއެމް ކޯލިޝަނުން އެ މަނިކުފާނަށް ދިނީ ބީރު ކަންފަތެކެވެ. އެ ކޯލިޝަނުން ތަކުރާރުކޮށް ވެސް ބުނަމުން އަންނަނީ ނަޝީދާއެކު ކުރާނެ ސިޔާސީ މަސައްކަތްތަކެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހުއްތު ބެ
03 August 2021
އަޅެ މީިހަކ ހީހީ ހަލާކެއް ނުވާނެތަ؟. ޕީޕީއެމުން ހުރިހާ ޕާޓީތަކަށް ދައުވަތު ފޮނުވައިފިއޯ. ހަހަހަހަހަހަހަހަހައާހައްހައްހައްހައް.
ސަސް
02 August 2021
ކޮންހާ ވާހަކައެއް އަދުރޭ، ރަގަޅަށް ވިއްޔާ ކުރި ވައްކަންތަށް ފޫބައްދަން ކޮންމެވެސް އެއްޗެއް ކިޔަނީ.
ނޫސަންގު
02 August 2021
ކިހާ ބޮޑު ކަމެއް. އިންތިޚާބު އިޢުލާން ކުރީމަ ކަލޭމެން ހިންގާ ކެމްޕޭނެއް ހިންގަންވީ އެއް ނުން. ދައުލަތުގެ ފައިސާ ކައިގެން ތިބެ ޕާޓީ ހިންގަނީ އޯ.
ކޭ ވަކާ
02 August 2021
އޭނަ މިހާރު ބޭނުން ވަނީ ތި މީހުންނަށް ދައުވަތު ދީގެން ތި މީހުން ގެ ދީލަތި އެހީއާއި އެކު ސަލާމަތްވެ ރައީސް ކަމަށް އައިސް ތި ހުރިހާ ބޭކަލުން ދިގު މުއްދަތަށް ޖަލަށް ލުން
ހަޖަރު
02 August 2021
މަބުނަން ރަނގަޅު ވާހަކައެއް؟! ހުރިހާ ޕާޓީތަކާ ސިތާސީ ލީޑަރުން އެއްތަންވެ ހިތުން ރައްޔިތުންނޭ ކިޔާ އަނގަ އެރުވިޔަސް ހަގީގަތަކީ ތި އެންމެންވެސް ކުރަންއުޅެނީ އެއްކަމެއް. އެއީ ބައިތުލްމާލު ހައްޕަޅާލުން. އެކަން ފިސާރި ރަނގަޅަށް އެބަކުރޭ. ދެންވެސް ކުރާނީ އެކަން. ކޮންމެހެން ރައްޔިތަކަށް ކަމެއް ކޮށްދޭނެ ބައެއްނޫން ތިއީ.
ޓީޓީ
02 August 2021
ގޮތްހުސްވީތާ ބަލަ ރައްޔަތުން މިހާރު ގަބޫލުކޮށްފި ރައީސްސޯލިހުއަކީ ހަރުދަނާ މަޑުމައިތިރި ލީޑަރެއްކަން.
މަޖާ
02 August 2021
ކުރާނެ ނުކުރާނެ ކަމެއްނޭގިގެން މޮޔަފުޅު ވަނީތޯ؟
ކޭކޭ
02 August 2021
ޓިނު ޕާޓީ ހަދަނީތަ؟
އާއިދާ
02 August 2021
މީހުން ވާވެއްދޭނީވެސް ވަކިވަރަކަށް! ރާއްޖޭގެ ޕޮލިޓިކުސްއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ މުޑުދާރު ޕޮލިޓިކްސް މިކަމުން މިގައުމު ސަލާމަތެއްނުވާނެ މިއުޅޭ ގިނަމީހުން އެއްފަރާތް ނުކުރެވެނީސް
ޏަކަސް
02 August 2021
އަދުރޭގެ ކެމްޕޭނަށް ކިޔަންވީ “ކޭ އެތިކޮޅު ހުސްވެއްޖެ” މިހެން