03 އޯގަސްޓް 2021 - 22:38
ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސްގެ މި އިލްތިމާސް އައިސްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް އެދިފައިވާތީ ކަމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ ސަރުކާރުގެ މުވައްޒަފުން މި މަހު 15ގެ ނިޔަލަށް ވެކްސިން ފުރަތަމަ ޑޯޒް ޖަހަން ޖެހޭ ކަމަށެވެ. އަދި ދެވަނަ ޑޯޒު ފުރިހަމަ ކުރަން ޖެހޭ މުއްދަތުގައި ދެވަނަ ޑޯޒު ޖެހުމަށް އެދިފައިވެ އެވެ.
ވެކްސިން ޖެހުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން ވަގުތީ ގޮތުން ލަފާ ދީފައިވާ މުވައްޒަފުން ވެސް، އެ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަ ކުރުމަށް އަންގާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރޭތޯ ބެލުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.
ސަރުކާރުގެ މުވައްޒަފުން ވެކްސިން ޖެހުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް މިދިޔަ ހޮނިހިރު ދުވަހު ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެންގެ ޥެކްސިން
04 August 2021
ބުދަދުވަހު ވެކްސިން ނަގާމީހިނަށް ބުރާސްފަތި ޗުއްޓީދޫންވީ
????
04 August 2021
މަޖުބޫރުކުރުވަނީ!
ހާމަ333
04 August 2021
ވެކްސިނަކުން ޑޯޒެއް އަހަރުމެން ޖަހަންމިޖެހެނީ...ދޯހަޅި ސިޔާސަތްތަކުގެ ސަބަބުން ވާގޮތް ހައްތާވެސް...