ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތް. މިދިޔަ ހަމަސް ތެރޭ ބަޖެޓުން 15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ--
07 އޯގަސްޓް 2021 - 11:41
ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ 45 ޕަސެންޓް މިދިޔަ ހަ މަސް ތެރޭގައި ހޭދަކޮށްފި އެވެ.
ބަޖެޓުން 15.2 ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ ދައުލަތުގެ ރިކަރަންޓް ހަރަދު ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ސަރުކާރުގެ އިދާރާތަކުގެ ހިންގުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ ހަ މަސް ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 11.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަށް 5.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު ހިންގުމުގެ ހަރަދުތަކަށް ވަނީ 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ސަރުކާރުން ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހަރަދުވީ 3.5 ބިލިއަން ރުފިޔާ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ހަ މަސް ތެރޭގައި ހަރަދުކޮށްފައި ވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރުގެ 30 ޕަސެންޓެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްރޮޖެކްޓްތަކަށް 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ސަރުކާރުން ވަނީ ސަބްސިޑީ އާއި ސިއްހީ ހިދުމަތްތަކަށް ވެސް ބޮޑު ހޭދައެއްކޮށްފަ އެވެ. ސަބްސިޑީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 33 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލޭ
07 August 2021
މިނިސްޓަރ އަމީރު އަށް އޭ ޕްލަސް އެއް. ސަބަބަކީ ބަޖެޓް ޑެފިސިޓް ނުވެ މިއަހަރު ސަލާމަތްވާނެ ވރަށް ގިނަ އަހަރު ތަކަކަށްފަހު
ޑަބިޔާ
07 August 2021
އެކްޓިވިސްޓުނަށް މުސާރަދޭން 5.9 ބިލިއަން. ތަރައްގީއަށް 3.5 ބިލިއަން. ތިއޮތީ ވެރިކަން ކުރެވިފަ.
ލަދުކުޑޭ
07 August 2021
6 މަސްތެރޭ %50 ހޭދަކުރަންޖެހޭނެއެއްނު؟
ހާސަރު
07 August 2021
6 މަހުން 45 ޕަސެންޓް ވީމަ ރަގަޅު. 50 އަށްވުރެ އިތުރުވިނަމަ ދޯ މައްސަލައަކީ.
ޑައިރީ
07 August 2021
ސަބްސިޑީސް ގޮތުގާ 2 ބިލިޔަން. ޙިއްގުމަ 11 ބިލިޔަން، 4.8 ތަރައްގީ.