ވިޔަފާރި / އެލައިޑް އިންޝުއަރެންސް

އެލައިޑުން އަންހެނުންނަށް އަދި ސެކަންޑްރީ ތައުލީމަށް ހާއްސަ އިންޝުއަރެންސް ޕްލޭންތަކެއް ތައާރަފްކޮށްފި

އެލައިޑުން މިރޭ ތައާރަފްކުރި ދެ އިންޝުއަރެންސް ޕްލޭން، އިކޮނޮމިކް މިނިސްޓަރު ސައީދު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

28 ނޮވެމްބަރ 2016 - 00:44

4 comments

އަންހެނުންނަށް ހާއްސަ ލައިފް އިންޝުއަރެންސް ޕްލޭނަކާއި ސެކަންޑްރީ ތައުލީމަށް ހާއްސަ ޕްލޭނެއް އެލައިޑް އިންޝުއަރެންސުން މިރޭ ތައާރަފްކޮށްފި އެވެ.

"ކަމަނަ"އިގެ ނަން ދީފައިވާ އަންހެނުންނަށް ހާއްސަ އިންޝުއަރެންސް ޕްލޭނާއި ސެކަންޑްރީ ތައުލީމަށް ހާއްސަ ޕްލޭން ތައާރަފްކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެ ކުންފުނިން ބޭއްވި ހަފްލާއެއްގަ އެވެ. އެ ދެ ޕްލޭން ލޯންޗުކޮށްދެއްވީ ހަލްފާ ޝަރަފުވެރި ކޮށްދެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ކަމަނަ: ކުއްލި ހާލަތުގެ ފަންޑެއް، ބޮޑެތި ބަލިތަކުގެ ފަރުވާ

މިރޭގެ ހަފުލާގައި އެލައިޑުގެ ލައިފް އިންޝުއަރެންސް މެނޭޖަރު ސްރިވާސަން ރާމަކްރިޝްނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ ހުރިހާ ދާއިރާއެއްގައި ވެސް އަންހެނުންގެ ދައުރު ބޮޑެވެ. އެކަމަކު، މަސައްކަތަށް ނުކުންނަ އަންހެނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެ ފަރާތްތަކުގެ ގިނަ ކަންބޮޑުވުންތަކެއް ވެސް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ޕްލޭނެއް،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ސްރިވާސަން ވިދާޅުވި އެވެ.

އަންހެނުންނަށް ހާއްސަކޮށް އެލައިޑުން މިރޭ ތައާރަފްކުރި އިންޝުއަރެންސް ޕްލޭނާ ގުޅޭ ގޮތުން، އެ ކުންފުނީގެ ލައިފް އިންޝުއަރެންސް މެނޭޖަރު ސްރިވާސަން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 18 އަހަރާއި 48 އަހަރުގެ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވޭ މި ސްކީމުގެ ދަށުން އެންމެ ކުޑަކޮށް އިންޝުއަކޮށްދޭ ވަރަކީ 50،000 ރުފިޔާ އެވެ. މި ޕްލޭން ނެގުމަށް ބާރަ އަހަރުން ފެށިގެން 24 އަހަރާ ދެމެދުގެ އެކި އަހަރުތައް ހިމެނޭ ގޮތަށް ހަތް މުއްދަތެއް ހިޔާރު ކުރެވޭނެ އެވެ.

"ކަމަނަ" އިން ލިބޭ މައިގަނޑު ފައިދާތައް:

- ކުއްލި ހާލަތުގެ ފަންޑު: އިންޝުއަކުރާ މިންވަރުގެ ފަސް ޕަސެންޓަށް ވާ ފައިސާ، ފުރަތަމަ ދެ އަހަރަށް ފަހު ކޮންމެ ދެ އަހަރަކުން ހާއްސަ ފަންޑަކަށް ލާނެ. ވަޒީފާ ގެއްލުން ނުވަތަަ ބޮޑު ކަމެއް ދިމާވެގެން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަގަން ޖެހުން ފަދަ ކުއްލި ހާލަތެއްގައި ބޭނުން ކުރަން މި ފައިސާ ނެގޭނެ.

- ޕްލޭން ނިމުމުން ލިބޭ ފައިސާ: އިންޝުއަކުރާ މުއްދަތު ހަމަވުމުން، އިންޝުއަކުރި ޖުމްލަ އަގަށް ބޯނަސްގެ ގޮތުގައި ލިބުނު ފައިސާ އާއި ކުއްލި ހާލަތުގެ ފަންޑުގައި ބާކީ ހުރި ފައިސާ ލިބޭނެ.

- މަރުވެއްޖެ ނަމަ ވާރިސަށް ލިބޭ ފައިސާ: އިންޝުއަކޮށްފައިވާ ފަރާތް މަރުވެއްޖެ ނަމަ، އިންޝުއަކުރި ޖުމްލަ އަގުގެ 150 ޕަސެންޓް ފައިސާ އޭނާގެ ވާރިސަށް ދޭނެ. މީގެ އިތުރުން، ބޯނަސްގެ ގޮތުގައި ޖަމާވެފައިވާ ފައިސާ އާއި ކުއްލި ހާލަތުގެ ފަންޑުގައި ހުންނަ ފައިސާ ވެސް ލިބޭނެ.

- ބޮޑެތި ބަލިތަކުގެ ފަރުވާ އަށް ދޭ ފައިސާ: ބޮޑު ބައްޔެއް ވެއްޖެ ނަމަ، އިންޝުއަކޮށްފައިވާ ޖުމްލަ އަގުގެ 50 ނުވަތަ 100 ޕަސެންޓަށް ވާ ފައިސާ، އެ ބައްޔެއްގެ ފަަރުވާ އަށް ލިބޭނެ. އަދި ކުރިއަށް އޮތް ތަނުގައި ޕްރިމިއަމް ފީ ދައްކަން ނުޖެހި، މި ޕްލޭންގެ ދަށުން ލިބޭ ހުރިހާ ފައިދާއެއް ލިބެމުން ދާނެ.

- ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވުމުން ލިބޭ ފައިދާ: އެކްސިޑެންޓެއް ނުވަތަ އެފަދަ އެހެން ވެސް ކަމަކުން ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ، އިންޝުއަކޮށްފައިވާ ޖުމްލަ އަގަށް ވާ ފައިސާ ލިބޭނެ. އަދި ކުރިއަށް އޮތް ތަނުގައި ޕްރިމިއަމް ފީ ދައްކާކަށް ނުޖެހޭނެ.

- އެކްސިޑެންޓެއްގައި މަރުވެއްޖެ ނަމަ ލިބޭ ފައިދާ: އެކްސިޑެންޓެއް ނުވަތަ އެފަދަ އެހެން ވެސް ކަމެއްގެ ސަބަބުން މަރުވެއްޖެ ނަމަ، އިންޝުއަކޮށްފައިވާ ޖުމްލަ އަގަށް ވާ ފައިސާ ލިބޭނެ.

އީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އެލައިޑުން މިރޭ ބޭއްވި ހަފްލާ: މި ހަފުލާގައި ދެ އާ އިންޝުއަރެންސް ޕްލޭން ވެސް ތައާރަފްކޮށްފައިވޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސެކަންޑްރީ ތައުލީމަށް ފަހަށް ރައްކާކުރެވޭ ޕްލޭނެއް

ސެކަންޑްރީ ތައުލީމަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސޭނެ ޕްލޭނެއް ވެސް އެލައިޑުން ވަނީ މިރޭ ތައާރަފްކޮށްފަ އެވެ. އުމުރުން ފަސް އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނަގާ ޕްލޭނުގެ ދަށުން އިންޝުއަކުރަން ބޭނުންވާ މިންވަރާއި ޕްރިމިއަމް ފީ އަމިއްލަ އަށް ކަނޑައެޅުމުގެ އިހުތިޔާރު އޮންނާނެ އެވެ. އެންމެ ކުޑަކޮށް އިންޝުއަކުރެވޭނީ 50،000 ރުފިޔާ އެވެ.

މި ޕްލޭންގެ ދަށުން، ކުއްޖާގެ އުމުރުން 13 އަހަރު ވުމުން ފައިސާ ލިބެން ފަށާނެ އެވެ. އެ ގޮތުން، 18 އަހަރު ފުރެންދެން، އިންޝުއަކުރި ޖުމްލަ އަދަދުގެ 15 ޕަސެންޓް ލިބޭނެ އެވެ. އަދި ދަރިފުޅު އެ އަށް ވުރެ ބޮޑުވުމުން، އިންޝުއަކުރި ޖުމްލަ އަދަދުގެ 25 ޕަސެންޓާ އެކު، ބޯނަސްގެ ގޮތުގައި ޖަމާވެފައިވާ ފައިސާ ވެސް ލިބޭނެ އެވެ.

މަތީ ތައުލީމަށް ވަކި އިންޝުއަރެންސް ޕްލޭނެއް މިހާރު ވެސް ދޫކުރާ އެލައިޑުން ސެކަންޑްރީ އަށް ހާއްސަކޮށް ތައާރަފްކުރި ޕްލޭން ނަގާފައިވާ ބެލެނިވެރިޔާ މަރުވެއްޖެ ނަމަ، ކުރިއަށް އޮންނަ މުއްދަތުގައި ޕްރިމިއަމް ފީ ދައްކާކަށް ނުޖެހޭނެ އެވެ. އަދި އެ ކުއްޖަކަށް މި ޕްލޭންގެ ދަށުން ފައިދާ ލިބޭނެކަން ކަށަވަރުކުރާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ލައިފް އިންޝުއަރެންސާއި ހެލްތު އިންޝުއަރެންސާއި ޓްރެވަލް އިންޝުއަރެންސާއި ބިދޭސީންގެ އިންޝުއަރެންސާއި ދޯނިފަހަރުގެ އިންޝުއަރެންސްގެ އިތުރުން، އަޔާދީ ތަކާފުލްގެ ނަމުގައި އިސްލާމިކް އިންޝުއަރެންސް ޕްލޭންތަކެއް ދޫކުރާ ވިންޑޯއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 22%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގގ

28 November 2016

މިމީހުން ފައިސާ ހޯދަން ވީމަ މޮޅު ނަން ނަމުގައި އެބަ ފައިސާ ހޯދާ މީހަކު ބަލިވެގެން މިމީހުން އަތުން ފައިސާކޮޅެއް ހޯދަން އުޅެއުޅެ ނުލިބޭނެ މުޅިންވެސް ބަހަނާ ދައްކާނީ ނުދޭންވެގެން މިމީހުން ބަލާނީ އެއްޗެއް ނުދީވޭތޯ އެކަމަކު މިމީހުނަށް ލިބެންވާއެތި އެންމެ މިނިޓަކު ލަސްވެއްޖެއްޔާވެސް ކުޅިފަށެއްހުރޭ ވަގުތުން ހިދުމަތް ކަޑާނެ!

The name is already taken The name is available. Register?

އަލީ

28 November 2016

ވަރަށް ގިނަ ނަންނަމުގައި އިންޝުއަރެންސްތައް ވިއްކަވާ. އެކަމަކު ކަމެއް ޖެހިގެން އިންޝުއަރެންސުން ފައިސާ ހޯދަން އުޅެގެން އެކަމެއް ނުވޭ. ކޯޓަށް ގޮސް އަރާރުންވެގެންވެސް އެތައް އަހަރަކުންވެސް ލިބޭނެ ކަމުގެ ހަމަ އެއްވެސް ޔަގީން ކަމެއް ނޯވޭ! ކޮބާތޯ އިންޝުއަރެންސް ގަތުމުގެ ބޭނުމަކީ؟

The name is already taken The name is available. Register?

އެމީހާ

29 November 2016

ބޭނުން ފެނުނު މިއަދުވެސް...ބޮޑު ގުދަނެއް އަނދާ އަޅިއަށް ވެގެން ބަލާލިއިރު އިންޝުއަރަންސް ޕޮލިސީ އޮތީ އާނުކޮށް...އެލައިޑުން ގުޅާފަ އާކުރަން އެންގި ކަމައްވެސް ވޭ...އެލައިޑުން ކޮންމެ ހަފްތާއަކު ބަދަލުދޭ ވަރު އެމީހުންގެ ފޭސްބުކް ޕޭޖުންވެސް އެބަ ފެނޭ....

The name is already taken The name is available. Register?

އަލިދީދީއައްޑޫސިޓީ

28 November 2016

ވެރިކަމަށް އަންނަން ރައްޔަތުންނަށް ވިއްކި މެނިފެސްޓޯގައި ހުރި ކަންކަން ހަނދާން ނެތުނީތޯ؟ ކޮބައިތޯ އެމެނިފެސްޓޯ ގައިވާ ކަންކަން. އެކަންކަން އިހަށް ފުރިހަމަކޮށްދެއްވާ. ރިސޯރޓް ގައި މަސައްކަތްކުރާ ކުދިންނަށް އެތަންތަނުގެ ހިއްސާ ހަމަޖައްސަން އަދި ކިތައް އަހަރު ބޭނުންވޭތޯ؟ އަލަތު ކައިވެނިކުރާ ކުދިންނަށް ކިތައް ދަރިން ލިބުނީމަތޯ ފުލެޓެއް ދެއްވާނީ. ބެޔަސް ނުބެޔަސް 10،000ރ. ދޭނީ މަސްވެރިޔާ ކަށްވަޅަށް ދިޔައިމަ ދަރިންނަށްތޯ؟ ދަނޑުވެރިޔާގެ 8،000.00ރ. ދޭނީ ރުކުންވެއްޓި ދެފައި ބިދި ނުކުޅެދުން ތެރިޔަކަށް ވީމަތޯ؟ ކިތަންމެ ގިނަ ކޭކެއްފަޅާފަ ޕާޓީ ބޭއްވިޔަކަސް ނިކަމެތިންގެ އުދާސްތަކެއް ނުފިލާނެ. އެމީޙުންގެ ފަގީރުހާލަތު ރަނގަޅެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454