ޓީއެމްއޭގެ ބޯޓެއްގައި ކަނޑުގެ އަޑީގެ މަންޒަރުތަކުގެ ޑިޒައިން. ޓީއެމްއޭގައި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ކުންފުނި--
13 އޯގަސްޓް 2021 - 20:05
ރާއްޖޭގެ "ކަނޑުގެ ބަގީޗާތައް" ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓެއްގެ ކުރެހުންތަކަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ޓީއެމްއޭ އިން ބުނީ އާ ޑިޒައިނާ އެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތައް އާލާކުރުމަށް މީހުން ހޭލުންތެރިވާނެ ކަމަށެވެ. ކަނޑުގެ ދިރުންތައް ޕްރޮމޯޓްކުރުމުގެ ގޮތުން ޓީއެމްއޭގެ ބޯޓުގެ ޑިޒައިން ރަސްމީކޮށް މިދިޔަ ހަފްތާގައި ވަނީ ލޯންޗުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ބައިވެރިވެވަޑައިގަތެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މައުސޫމު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޓީއެމްއޭގެ ބޮޑު ހިއްސާއެއް އޮންނަ ކަމަށާއި އެކުންފުންޏަކީ ދިވެހިންގެ ވެސް ބޮޑު ހިއްސާއެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، އެ ކުންފުންޏަކީ ބޭރުގެ ކުންފުންޏެއް ނަމަވެސް 75 ޕަސެންޓް ޕައިލެޓުންނާއި 90 ޕަސެންޓް އިންޖިނިއަރުންނަކީ ދިވެހިންކަމެވެ.
ޓީއެމްއޭގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ، އެންމެ ހަތަރު ފަސިންޖަރުންނާ އެކު ފެށި ޓީއެމްއޭއަށް މިލިއަނުން މިހާރު ފަސިންޖަރުން ދަތުރުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓީއެމްއޭގެ ހިދުމަތްތައް ފުޅާކުރަން އަންނަ ސެޕްޓެމްބަރުގައި އޭޓީއާރް މަތިންދާބޯޓުތައް ގެންނާނެ އެވެ. އެއާ އެކު ޑޮމެސްޓިކް ދަތުރުތައް ފަށާނެ އެވެ.
ޓީއެމްއޭއަކީ ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ކުންފުންޏެވެ. އެ ކުންފުނިން މި ވަގުތު 56 ސީޕްލޭން އޮޕަރޭޓް ކުރެ އެވެ. ސީ ޕްލޭންގެ ގިނަ ދަތުރުތައް ކުރަނީ ރިސޯޓުތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
14 August 2021
ސީޕްލޭން ޓާމިނަލް އަތުުލަންވެގެން ހިންގާ ޕްރޮޕެގެންޑާ އަނެއްކާވެސް ފެށުނީ. މީހުންގެ ރުހުން ހޯދަން ތިކަހަލަ ކަންތައް ތިކުރަނީ.
މމމމލ
13 August 2021
އޯކޭ ތިޔަ ބޯޓު ދެން ފޮނުވާ އިންޑިޔާގެ ދަތުރުތައްކުރަން
އޮނަރަބްލް އަފީފު ދީދީ.
13 August 2021
ކިތަންމެވަރަކަށް ބޭރުގައި ދިވެހި ކަނޑާއި ފަރުތަކުގެ މަންޒަރު އަދި ދިވެހި ދިދަ ކުރެހިކަމުގައިވިޔަސް ތިޔަކުންފުންނަކީ ދިވެހިންނާއި ވަރަށް ބީރައްޓެހިތަނެއް. # ތިއީ އެއަރޕޯޓްސް ކަމްޕެނީއާއި MACL ގެބޯޑުގައި ތިއްބެވި ނުފޫޒުގަދަ ބައެއްފަރާތްތަކަކީ މިވިޔަފާރީގެ މަސްލަޙަތު އޮތް މީހުން ކަމުގައިވާތީ ލިބިފައިވާ ފުރުސަތުތަކެއް. # ޤައުމީ އެއަރލައިނަށާއި އެމްއޭސީއެލް އަށް ސީޕްލޭން ޓާމިނަލް ހިންގާންނުދީ "ސިއްރުން" އެތަން ޓީއެމްއޭ އަށް ދޭން އުޅުނީވެސް އެހެންވެ.