އަފްގާނިސްތާނުގެ މީހަކު ފޯނެއް ބޭނުން ކުރަނީ.
18 އޯގަސްޓް 2021 - 07:11
ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްޣާނިސްތާން ގޮސް، ގައުމުގައި ބިރުވެރިކަން އުފެދިފައި ވާތީ ތާލިބާނުންނާ ގުޅުން ހުރި ހުރިހާ ކޮންޓެންޓްތަކެއް ފޭސްބުކުން ބްލޮކްކޮށްފި އެވެ.
އެންމެ އާންމު ސޯޝަލް ޕްލެޓްފޯމުން ތާލިބާނުންގެ ކޮންޓެންޓްތައް ބްލޮކް ކުރީ އެއީ ބައިނަލްއަގުވާވީ ގޮތުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބަލާތީ އެވެ.
ފޭސްބުކުން ބުނި ގޮތުގައި މި ފިޔަވަޅު އަޅަން ނިންމުމާ އެކު އަފްޣާނިސްތާންގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް މިހާރު ވަނީ ތާލިބާނުންގެ ކޮންޓެންޓްތަކަށް ފާރަވެރިވުމަށް ވެސް ހަމަޖައްސައިފަ އެވެ. ފޭސްބުކާ އެކު އޭގެ ދަށުން ހިންގާ އިންސްޓަގްރާމާއި ވަޓްސްއެޕްގައި ވެސް ތާލިބާނުންނަށް ފިޔަވަޅު އަޅާފައިވެ އެވެ.
ތާލިބާނުންގެ ސިޔާސަތުތަކާއި ހަރަކާތްތައް ޕްރޮމޯޓްކުރަން ވަރަށް އާންމުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ފަހަކަށް އައިސް ބޭނުންކުރެ އެވެ. ފޭސްބުކުން އެ ޖަމާއަތަށް ފިޔަވަޅު އެޅި ނަމަވެސް ޓްވިޓާ އާއި ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން އަދި ތާލިބާނުންނާ ގުޅުން ހުރި އެކައުންޓްތަކާއި ކޮންޓެންޓްތަކަށް އެއްވެސް ފިޔަވަޅެއް އެޅިކަމެއް ހާމައެއްކޮށްފައެއް ނުވެ އެވެ.
އެކަމަކު އެ ދެ ކުންފުންޏަކީ ވެސް ޓެރަރިޒަމާއި އަނިޔާވެރި އަމަލުތަކާ ދެކޮޅު ކޮންޓެންޓްތަކަށް ފާރަވެރިވުމުގެ އުސޫލުތަކަކަށް އަމަލުކުރަމުން އަންނަ ދެ ތަނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞޯޜާޚާ
19 August 2021
މިރާއްޖޭގަ ތާލިބާނުންގެ ހެދުން އަޅައިގެން ޕްރޮމޯޓުވާ އަމިއްލަ ޝޭޚު. އޭނާ ވެސް އަލުން ބްލޮކް ކުރަންވީ. ވަރަށް ފޯރި ނެގި ތާލިބާނުން އަފުގާނިސްތާން ހިފީމަ.
ޖަލީލީ
18 August 2021
އިޒުރޭލާ ދެކޮޅަށް ތިގޮތަށް ފިޔަވަޅު އަޅާލަން ކެރޭނެބާ
ޝިޔާމް
18 August 2021
ނުކެރޭނެ. މީ ހައްތާވެސް އެއްބައެއް.
ހަސަނު
18 August 2021
ޓެރެރިސްޓު ޖަމާއަތަކުން ހަތިޔާރު ބޭނުން ކޮށްގެން ގައުމެއް އަތުލާފަ އެއޮތީ...