އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު، ހިތުގެ ޑޮކްޓަރު އަލީ ޝަފީގަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ހަވާލުކޮށްދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް
28 ނޮވެމްބަރ 2016 - 13:30
އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންތަކަކާއި ނަރުހުންތަކަކަށް ސަރުކާރުން ފްލެޓް ދީފި އެވެ.
އެ ހޮސްޕިޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މުވައްޒަފުންނަށް ފްލެޓް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
ސިއްހީ ދާއިރާގައި މަަސައްކަތް ކުރާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މި ފެށި މަޝްރޫއުއަށް، ހޮސްޕިޓަލުގެ 180 އަށް ވުރެ ގިނަ މުވައްޒަފުން ކުރިމަތިލި އެވެ. އެކަމަކު އޭގެ ތެރެއިން ފްލެޓް ލިބުނީ ދެ މެޑިކަލް އޮފިސަރުންނަށާއި އަށް ސްޕެޝަލިސްޓު ޑޮކްޓަރަކަށާއި ދިހަ ނަރުހަކަށެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި ފްލެޓް ދޭނެ މީހުން ހޮވީ، އެކަމަށް ކަނޑައަޅާފައިވާ ޕެނަލަކުން ކުރި އިންޓަވިއުތަކަށް ފަހު، މާކްސް ދީގެންނެވެ.
އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު، ޑޮކްޓަރު މޫސާ ހުސައިނަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ހަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގެ މުވައްޒަފުންނަށް ފްލެޓް ދިނުމަށް ހަމަޖެހިފައި ވަނީ މާލޭންނާއި ހުޅުމާލޭންނެވެ. މާލެ އިން ފްލެޓް ދޭނެ ކަމަށް ބެލެވެނީ މިހާރު ނިންމާފައި ހުރި އަރަބިއްޔާ ކުރިން ހިންގި ބިމުގައި ހަދާފައިވާ ފްލެޓް އިމާރާތާއި ގާކޮށީގައި ހެދި ބޮޑު އިމާރާތުންނެވެ. އެ ދެ ތަނުން ވަކި ވަރަކަށް ސަރުކާރަށް ފްލެޓް ނަގާފައިވާ ކަމަށްވެ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ސީދާ ކޮން ބަޔަކަށް ކަމެއް ހައުސިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
އައިޖީއެމްއެޗުގެ އާ ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު ރޭ ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިތުރު ފަރާތްތަކަށް ވެސް ފްލެޓް ދޭނެ ކަމަށާއި ހުޅުމާލޭގައި ސަރުކާރުގެ މުވައްޒަފުންނަށް އަޅާ، 2،500 ފްލެޓްގެ ތެރެއިން ބޮޑު ބައި ހާއްސަ ކުރާނީ ސިއްހީ ދާއިރާގެ މީހުންނަށް ކަމަށެވެ.
އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ގިނަ ދުވަސްތަކެއް ވާންދެން ރައްޔިތުންނަށް ހިދުމަތް ކުރި މި މުވައްޒަފުންނަށް ފްލެޓް ލިބުމަކީ ހޮސްޕިޓަލަށް ވެސް ލިބުނު ކާމިޔާބެއް ކަމަށެވެ.
އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބިވަޑައިގެން، ޑޮކްޓަރު މުހައްމަދު ޝިހާމާ ހައުސިން މިނިސްޓަރު މުއިއްޒު ރޭ ލިޔުން ދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް
"މީގެ ތެރޭގައި އެބަ ހިމެނޭ ވަރަށް ގިނަ ދުވަހު ހިދުމަތުގައި ތިބި، އެކަމަކު ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ސީނިއާ ބޭފުޅުން ވެސް. އަމިއްލަ ކްލިނިކްތަކާއި އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު އޮއްވައި، ސަރުކާރުން ފްލެޓް ދިނުމުން މި ބޭފުޅުން ހޮސްޕިޓަލުގައި ރީޓެއިން ކުރެވިދާނެ،" މައުސޫމް ވިދާޅުވި އެވެ.
އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު، ޑޮކްޓަރު އަލީ އަބްދުﷲ ލަތީފާ ހައުސިން މިނިސްޓަރު މުއިއްޒު ރޭ ލިޔުން ހަވާލުކޮށްދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ މުވައްޒަފުންގެ މެދުގައި ފްލެޓް ބެހިގޮތާ މެދު މަދު މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް ޖުމްލަކޮށް، ހުރިހާ މުވައްޒަފުން ވެސް އެ ނިންމުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ހިތްހަމަނުޖެހުންތައް ހުރި މުވައްޒަފުން، އިންޓަވިއު ޕެނަލާ ވާހަކަދައްކައިގެން، އެކަން ހިނގައިދިޔަގޮތް ސާފުކުރުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުޝީރަ
29 November 2016
ތީ 7 ފެބުރުއަރީ 2008 ގެކުރީި އޮތް ސަރުކާރު އައުމުން ތިޔަ ހޮސްޕިތަލުން ފިލައިގެން ދިޔަ އަދި އެސަރުކާރަށް ގެއްލުން ދިނުމުގައި އެހީތެރިވެދިން ޑރ.ންނާއި ނަރުހުންނަށް އެކަން އެގޮތަށް ކުރުމުން ދިން ހަދިޔާ އެއްގެ ގޮތުގައި ބެލެވެނީ ހަބޭސް ސަރުކާރު ހަމަ ހަބޭސް
އާމަދަނީގެ ފަރަގުބޮޑު
29 November 2016
ދިވެހިރާއްޖޭގައި އާމްދަނީގެ ފަރަގު ކުޑަކުރުމަށް ކުރެވޭ އެއްވެސް ކަމެއް ނޯވޭދޯ، އެހެން ޤައުމުތަކުގައި އެންމެ ފަގީރުމީހާއަށް ސަރުކާރުން ފުލެޓުދެނީ، "އިންއީކުަލިޓީ" އަކީ ސަރުކާރަށް އެނގޭކަމަކަށްވަނީ ހަމައެކަނި ސަބްސިޑީ ކަނޑާލަންވީމާ، ކީއްވެގެންތަ އެކަހަލަ ލިސްޓެއް އެކުލަވާ ނުލީ ފުލެޓު ބަހަންވީމާ
ސަމް ވަން
29 November 2016
ފްލެޓް ދޭންވީ އަދިވެސް ޑޮކްޓަރުންނާ ނަރުހުންނައްތަ!
ލުތުފީ
28 November 2016
ނިކަމެތިން އިތުރަށް ނިކަމެތިކުރުމުގެ ސިޔާސަތެއް މިހާ ގަދަޔަށް ހިންގަން މަސައްކަތްކުރާ ވެރިކަމެއް މި ނޫނީ ނުދެކެން. ބޮޑު މުސާރަ ލިބޭ މީހުންނަށްތަ އަދިވެސް ފްލެޓާ އެއްޗެހި ދެނީ؟
އިބިރިހިން ބެއްޔާ
28 November 2016
ބުރަމަސައްކަތުން ބޮޑުމުސާރަ ލިބޭމީހުނަށް ނޫންތޯ ފްލެޓަށް.އަގުދެއްކޭނީވެސް. ޢެހޮސްޕިޓަލުގައި ރެއާދުވާލު ޚިދުމަތްކުރައްވާ ޑޮކްޓަރުންގެ ޚިދުމަތްވެސް އެންމެން އަގުކުރަންޖެހޭ. ކޮންމެ ދިވެއްސަކަށްވެސް 15-16 ގަޑިއިރު މަސައްކަތްކޮއް ބޮޑުމުސާރަހޯދުމުގެ ފުރުސަތު އަދި މިނިވަންކަން އެބަ އޮތް.
1234
28 November 2016
މާދަމާވެސް ޓްރީޓޮޕް ހޮސްޕިޓަލް ހެދޭއިރަށް ބާރަށް ދުވެފަ އެތަނަށް ދާނީ ތީގެން ކިތައް މީހުންބާ؟ އެމީހުންގެ އަތުން އެފްލެޓްތައް އަތުލެވޭނެބާ؟
މުހައްމަދޫ
28 November 2016
މައުމޫނު ވެރިކަމުގައި މާލެއިން ގޯތިލިބިލެއްވި މިނިސްޓަރުންނަށް މިހާރުވެސް ފުލެޓު ލިބިލައްވާ ބޭފުޅުންގެ ގޮތުގައި ބޮޑު މުސާރަ ލިވަޑައިގަންނަވާ ގާޒީން ޑޮކްޓަރުން އަދިވެސް އާމްދަނީ ގިނައިން ލިބޭބޭފުޅުން ކިކަމެތިން އަބަދުވެސް ނިކަމެތި މާލޭ ގައި އުޅޭނެ ތަނެެއްނެތް މާލޭގެ މީހުން ވަރަށް ގިނަ........
ވޯލް
28 November 2016
ފްލެޓް ދޭންވީ ގޮތް ނެއް މީހުންނަށް ނޫންބާ. ސިވިލް ސާވިސްގެ އެންމެ ބޮޑެތި މުސާރަލިބެނީ ތިޔަ ޑޮކްޓަރުންނަށް ނުވި ތާކަށް ކްލިނިކްތަކުގައިވެސް މަސައްކަތް ކުރޭ.
ބާސްމަތީ ރައީސް
28 November 2016
ގޭއް ބިމެއް ނެތްމީހަކަށް ތީން ފުލެޓެއްވެސް ނުލިބޭ!
ޔީމީނު
28 November 2016
ތީ އާއެކޭ ބުނެފާނެ ވިހި މީހުން! އެކަމު ހަނދާންކިރާތި، މީ 20 ހާސް މީހުން! ކެތްތެރިކަމާއެކު މި ތިބީ ނޫނެކޭ ބުނަން، ޔަގީންކަމާއިއެކު!
ޙަސަންދީ
28 November 2016
މާލޭގައި ބޮޑެތި ބިންތަކާ ގެ ހުރި މީހުންނައް ފުލެޓްވެސް