ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
20 އޯގަސްޓް 2021 - 18:33
މި ފެށޭ ހަފުތާގެ ރިވިއުގައި، އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް އެ ގައުމުގެ ޓްރެވެލް އެކްސްޕާޓަކު ވިދާޅުވެއްްޖެ އެވެ.
ޓިމް ވައިޓް ކިޔާ ތަޖުރިބާކާރަކު ވިދާޅުވީ، ރާއްޖެ ރެޑް ލިސްޓުން އުނި ކުރުމަށް ފަހު ލާނެ ކަމަށް ލަފާ ކުރެވެނީ “އެމްބާ” ލިސްޓަށެވެ. މި ލިސްޓަށް ރާއްޖެ ލުމުން ރާއްޖެ އިން އިނގިރޭސި ވިލާތަށް ދާ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
އިނގިރޭސި ވިލާތުގެ ކޮވިޑް ރިވިއު ދެން އާންމު ކުރާނީ އަންނަ ބުދަ ނުވަތަ ބުރާސްފަތި ދުވަހު އެވެ.
"އެމްބާ" ލިސްޓުގައި ހިމެނޭ ގައުމުތަކުން އިނގިރޭސި ވިލާތަށް ދެވޭނީ އެ ގައުމަށް ދިއުމުގެ ތިން ދުވަސް ކުރިން ހަދާފައި ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގަ އެވެ. އަދި އިނގިރޭސި ވިލާތަށް ދިއުމަށް ފަހު ވެސް ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ އެވެ. އުސޫލުގައިވާ ގޮތުން ނަމަ ކޮވިޑުން ދިފާއުވުމުގެ ވެކްސިން ފުރިހަމަ ނުކުރާ މީހުން އެ މީހެއްގެ ގޭގައި 10 ދުވަހުގެ ކަރަންޓީނެއްގައި ހުންނަން ވާނެ އެވެ.
ޓިމް ވިދާޅުވިގޮތުގައި ރާއްޖެ "އެމްބާ" ލިސްޓަށް އަރާނެ ކަމަށް ލަފާ ކުރެވެނީ ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓު ދަށްވެފައި ވާތީ އެވެ. އަދި ރާއްޖެ އިން ކޮވިޑް ބަލި ޖެހުމުގެ ނުރައްކާ ވަރަށް ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަހުގެ ކުރީކޮޅު ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވި ނަމަވެސް އިނގިރޭސި ވިލާތުން އެ ފަހަރު ހެދި ރިވިއުގައި ރެޑް ލިސްޓުން ރާއްޖެ އުންޏެއް އެވެ.
އިނގިރޭސި ވިލާތަކީ ކޮވިޑް-19ގެ މި ހާލަތުގައި ވެސް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެވެ. އެހެންކަމުން އެ މާކެޓު ރާއްޖެ އަށް ވަރަށް މުހިންމުވި ނަމަވެސް ރެޑް ލިސްޓުގައި ހިމެނުމުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓުކިޔާ ކުއްޖާ
21 August 2021
އަބަދުވެސް ހުންއަންނާނެ ކަމަށް ރަޖާލައިގެން. ވިލިގިލި މާލެ ބުރިޖު އެޅޭނެ ކަމަށްވެސް ލަފާ، ތިލަފުށި މާލެ ބުރިޖުވެސް ލަފާ، އަބަދުވެސް މި ލަފާ އަކުން އަޅާގެންގޮތައް ނުނެއްޓިގެން، ކޮށްފަ ދައްކާބަލަ، ދިވެހިން ގުނބޯހައްދަން ހުވަފެން ނުދައްކާ. އާ އެހެންޏަ އަބަދުވެސް ނަމަ ގުޅި ނުފުރިގެން
ކޮވިދު
21 August 2021
މިހަާރު ނޫހުން ކޮވިޑު ނަންބަރު ނުގުނާތީ ވަރައް އުފާވޭ. ދެން އެންމެ އުފާވާނީ ތިކުރާ ބޭކާރު ޓެސްޓު ކުރުން ހުއްޓާ ދުވަހަކުން. މީ ކުރާ ބޮޑު ސިންގާ ވައްކަމެއް. ދުވާލަކު 6000 ޓެސްޓު ކޮންމެ ޓެސްޓެއް 1000 ރުފިޔާ. ދުވާލަކު އާސަންދައިން ދައުލަތުގެ ބަޖެޓުން. ހަމަ އެކަނި ކަފަބުރެއް ހަރަދު. ބަޔަކު މުއްސަދި ވެއްޖެ. މީ ކިތައް ރަށުގެ ނަރުދަމާ އަޅާނެ ރުފިޔާ.
އަބްޑޫޅް
20 August 2021
އިގިރޭސިން ގެ ރަށަށް ދާ ވަރަށް ކަލޭމެން އަދި ތަހުޒީބެއް ނުވޭ.
ފޮނިފޮނިޓައްޕު ކުމާރު
20 August 2021
އިންޑިޔާ މަދުކޮށް ޔޫކޭ ގިނަކުރާންޖެހޭ. އެމީހުން ސަޅިކޮށް ޚަރަދުކޮށްލާނެ.