މީހެއްގެ ފޯނު ހެކްކޮށް، އެ ފޯނުގައި ހުރި ފޮޓޯތަކެއް ލީކްކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައި -- މިހާރު ފައިލް ފޮޓޯ
22 އޯގަސްޓް 2021 - 11:05
މީހެއްގެ ފޯނު ހެކްކޮށް، އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލް މީީޑިއާ އަށް ލީކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު 36، ގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ސައިބާ ކްރައިމްގެ ތުހުމަތެވެ.
މަސާއިދު، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުއްދަ ދެއްވައިފަ އެވެ. އޭނާ ބަންދު ކުރަން ނިންމީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލައިފަ އެވެ. ނަމަވެސް، އޭނާ މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން އަތުލައިގަތެވެ. އެ ތަކެތި ތަހުލީލު ކުރަން އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށް ފުލުހުން ބުނެ އެވެ.
މަސާއިދު ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަ ކުށެއް ކަމަށް ބުނެ، ޒިންމާދާރު ވަޒީފާއެއްގައި އުޅޭތީ، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ. އެކަމަކު، ފުލުހުން ވަނީ އެ ކަމާ ދެކޮޅު ހަދައިފަ އެވެ.
ފުލުހުން ކޯޓުގައި ބުނީ، މަސާއިދަކީ މީގެ ކުރިން ވެސް މިފަދަ އަމަލުތަކެއް ހިންގި ކަމުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޒް
22 August 2021
ނަމުގެ ފަހަތަށް ބިން ނުވަތަ ބިންތި ކިޔާ އެންމެންވެސް މިކަހަލަ ކޮންމެވެސް ހަޑިއެއް ހާވާނެ
ބޭގަރާ
22 August 2021
ބުނަންތޯ. އަރަބިން ކިޔޭ މިފަދަ ބަސްތަކަށް މަލާމާތް ކުރަނީ އަރަބިންނާއި، އިސްލާމް ދީނާ ދެކޮޅަށް ނުރުހުން ފާޅުކުރާ މީހުން. މީހެއްގެ ނަމަކީ އެނާގެ އަޚުލާގު ދައްކުވާ އެއްޗެއްނޫން. އިންޑައިރެކްޓްލީ ދީންދެކެ ތިޔަ އަންނަ ރުޅިބާލާލާނެ ތަނެއް ހޯއްދަވާ އެހެން ގޮތަކުން.
ޗިކު
22 August 2021
ތި ބުނާ ގޮތުން ނަމަ ފަސް އިނގިލިވެސް އެއްވަރު ވާނެ ޔެއް ނުން.
ޔޫޓޫ
22 August 2021
މިވައްތަރު ޒިންމާދާރު މީހުން ގިނަވަންޏަ ގައުމު އުޅޭނީ އޮރިޔާމުން
ގަރުނުގެ ޖޯކު
22 August 2021
"މަސާއިދު ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަ ކުށެއް ކަމަށް ބުނެ، ޒިންމާދާރު ވަޒީފާއެއްގައި އުޅޭތީ، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ." ލޮލް. ގަރުނުގެ އެންމެ ބޮޑު ޖޯކު. މީނަ އުޅެނީ ވަރަށް ޒިންމާދާރު ވަޒީފާއެއްގައޯ، އެކަމަކު އޮންނަނީ މީހުންގެ ޕާސަނަލް ލައިޕް ހާވަން. ހެޔޮނުވާނެ މީނައަށް މިއަށްވުރެ ޒިންމާދާރު ބޮޑުވަޒީފާއެއް ނުދެއްޗޭ އެހެންނޫނީ ގައުމުގަ ތިބި ހުރިހާ އެންމެން އޮރިޔާންވެދާނެ!
ޝަހީމާ
22 August 2021
މަސާއިދު ބިން ސަމީއު ކޮށްފަވަނީ ކުޑަ ކުށެއްނޫން. މަސާއިދު ބިން ސަމީއު ކޮށްފައިވާ އަމަލަކީ ޒިންމާދާރު މަގާމުތަކުގައިތިބޭ މީހުން / ހުންނަމީހަކު ކުރާނެ ޒާތުގެ އަމަލެއްނޫން.
ޖަލީލީ
22 August 2021
މަހޭ އާއި މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ފޮޓޯ ހުރިކަމަށް ބުނެ ބަޔަކު ބުލެކުމެއިލްކޮށް ބިރު ދައްކަނީ
ޢެޑްމުންޑޯ
22 August 2021
ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ތިކަހަލަ ުޑުދާރު ވިޔާނުދާ އަމަކުކުރޭތަ ، ތިމަންބައަކީ ޒިންމާދާރުމަގޭއްގައި ހުރިމީހެކޭ ކިޔާކަށް ލަދެއް ނުގަނޭތަ .
ބިންބިނާ
22 August 2021
ބިން ލާފަ ނަން ކިޔަސް ހެޔޮ ލަފާ އެއް ނުވާނެކަން އެނގެނީ. ދެން ޑަސްބިން ކިޔަންވީ މީނަޔަށް.
ކްރޯޑް
22 August 2021
ބިންލާފަ ނަން ކިޔަނީ މީހާ މާރަގަޅުމީހެއް ވެގެނެއް ނޫން. އެގޮތަށް ނަންކީމަ އެގޭނެ އެއީ ކާކުގެ ދަރިއެއްކަން. ސަމީޢުގެ ދަރި މަސާއިދުކަން އެބުނެ ދެނީ.
މ)ެއފ
22 August 2021
ބިން ލާފަ ނަންކިޔަނީ ހެޔޮލަފާކުރާކަށްނޫން. އެއީ މިވެނި މީހެއްގެ ފިރިހެންދަރިކަން ބިން އިން އެ ބުނެދެނީ. އެކަމަކު ކޮމެންޓްގެ ފަހުބައި ވަރަށް ސަޅި. ޑަސްބިން ކިޔާވަރުވޭ ހަމަ ހަހަހަ