މުނިފޫހިފިލުވުން / ޓީވީ ޝޯ

ވިޝާލް އަދިވެސް އުޅެނީ ތަވަޔަކުން ސަލާމަތް ނުވެގެން

ވިޝާލް.

"ބިގް ބޮސް" ގެ 13 ވަނަ ސީޒަނުގައި ހިނގި އަރައިރުންތަކެއްގެ ތެރޭގައި ބައިވެރިޔަކު އޭނާގެ ގައިގައި ތަވައަކުން ޖެހި ހާދިސާގެ ސަބަބުން އަދިވެސް ގިނަ ބަޔަކު އޭނާއާ ދިމާކުރާ ކަމަށް ޓީވީ އެކްޓަރު ވިޝާލް އަދިތިޔާ ސިންގް ބުނެފި އެވެ.

އެ ހާދިސާ ހިނގީ 2019 ގެ "ބޮގް ބޮސް 13" ގައި ވިޝާލް ލޯބީގެ ގުޅުމެއް ވެސް ބޭއްވި ބަތަލާ މަދުރިމާ ތުލީގެ ފަރާތުންނެވެ. ދެ މީހުންގެ މެދުގައި ހިނގި ބޮޑު ޒުވާބުގަނޑެއްގެ ތެރޭގައި ރުޅި ކޮންޓްރޯލުން ނައްޓައި، މަދުރިމާ ވަނީ އަދިޔާގެ ފޫކޮޅުގައި ތަވައަކުން ޖަހައިފަ އެވެ.

މިކަމާ ގުޅިގެން މަދުރިމާ ޝޯ އިން ވަކި ވެސް ކުރި އެވެ. ވިޝާލް އަށް ޓީވީގައި އެތައް މިލިއަން ބައެއްގެ ކުރިމަތީގައި ދިމާވި މި ލަދުވެތި ހާދިސާގެ ސަބަބުން އޭނާއާ ތަވާ ގުޅުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މިހާރު ވިޝާލް ވާދަކުރާ ކަލާޒްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ 11" ގެ ތެރޭގައި ވެސް ތަވާގެ ވާހަކަ ތިލަވުމާއި "ބިގް ބޮސް 13" ގައި ހިނގި ހާދިސާ ބައިވެރިންގެ ތެރޭގައި ދެއްކުމަކީ ވެސް ދޭތެރެ ދޭތެރެ އިން ކުރާ ކަމެކެވެ. އަދި ޝޯގެ ހޯސްޓް ރޯހިތު ޝެޓީ ވެސް ތަވާ ދައްކައި، ވިޝާލްއާ ދިމާކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން މަދުރިމާ ވިޝާލް އަށް ތުހުމަތުތަކެއްކޮށް، ޓްވީޓް ވެސްކޮށްފައިވެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ވިޝާލަކީ މިހާރު ތަވާގެ ވާހަކަ ޕަބްލިސިޓީ ސްޓަންޓަކަށް ބޭނުންކުރާ މީހެކެވެ. އަދި އެކަން އޭނާ ކުރަނީ މީހުންގެ ހަމްދަރުދީ ހޯދަން ކަމަށް ބުންޏެވެ. "ހަތުރޯން ކޭ ކިޅާޅީ 11" ގެ ތެރޭގައި ތަވާގެ ހާދިސާ ތިލަކުރުމުން މަދުރިމާ އިންސްޓަގްރާމް ވީޑިއޯއެއްގައި ކަލާޒް އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

"ބިގް ބޮސް 13" ގެ ތަވާގެ ހާދިސާއާ ބެހޭ ގޮތުން ރޭޑިއޯ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި ވިޝާލް ބުނީ ތަކުރާރުކޮށް އެ ވާހަކަ ބައެއް މީހުން ދައްކަނީ އޭނާ އަށް މަލާމާތްކޮށް، ދިމާކުރަން ކަމަށެވެ. އަދި "ހަތުރޯން ކޭ ކިލާޅީ 11" ގެ ތެރޭގައި ވެސް ތަވާގެ ވާހަކަ ދައްކާތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށް ބުންޏެވެ.

"ހަގީގަތުގައި ކޮންމެ ކޮންމެ ތާކު އެ ވާހަކަ ދެއްކުމަކީ އަހަރެން ވަރަށް ހިތްހަމަނުޖެހޭ ކަމެއް. އެހެންވެ ބައެއް ފަހަރު ރުޅި އައިސްގެން އެއްޗެހި ބުނެވޭ ފަހަރު ވެސް އާދޭ. އެކަމަކު ފަހުން ފަހުން އައިސް އަހަރެން ދަންނަ ގާތް މީހުން ބުނާނެ އަޅާނުލާށޭ،" ވިޝާލް، 33، ބުންޏެވެ. "އެހެންވެ މިހާރު އެ ވާހަކަ ދެއްކިޔަސް އަހަރެން މާ ބޮޑު ކަމަކަށް ނަހަދަން."

އޭނާ ބުނި ގޮތުގައި ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ވަރަށް ގިނަ މީހުން އޭނާއާ ދިމާއަށް ގޮވަ އެވެ. ވިޝާލް ބުނީ އެ ހާދިސާގެ މަތިން ހަނދާން ނައްތައިލަން މަސައްކަތްކުރިޔަސް ފެންނަހާ ތާކުން ތަވައާ ގުޅުވައިގެން ދިމާކުރާތީ ވަރަށް އުނދަގޫވާ ކަމަށެވެ.

"އަބަދު ދެން މި ތަވައަކާ އަހަރެން ގުޅުވަން ޖެހޭ ސަބަބެއް ވެސް ނެތް. ކޮންމެ މީހަކަށް ވެސް ހުންނާނެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ލަދުވެތި އަދި އެހާ ހިތްހަމަނުޖެހޭ ކަންކަން ކުރިމަތިވެފައި. އަދި އެފަދަ ކަންކަން ގިނަ މީހުން ބޭނުން ވާނީ ހަނދާން ނައްތާލައި ކުރިއަށް ދާން،" ވިޝާލް ބުންޏެވެ. "އަހަރެން ވެސް ބޭނުން ވަނީ އެގޮތް."

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454