ޔޫތު މިނިސްޓަރު މަހްލޫފް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ ތަހުގީގުގައި މައްސަލަަތަކެއް ހުރިކަމަށް ރައީސް އޮފީހުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް އަންގާފައި.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
24 އޯގަސްޓް 2021 - 21:46
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލައިގައި އެސްއޯއެފް ކުންފުނީގެ ސްރީ ލަންކާ އެކައުންޓެންޓުގެ ބަޔާން ނެގުމުގައި މައްސަލަތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނުމުން އެކަން ބަލައިދޭން ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "މިހާރު" އަށް މިރޭ ވިދާޅުވީ މަހްލޫފްގެ މައްސަލައިގައި ބަޔާން ނެގުމުގައި "އިރެގިއުލަރިޓީސް" ހުރި ކަމަށް ރައީސް އޮފީހަށް އެންގީ ފޮރިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ކަމަށެވެ. އެހެންވެ އެ ސިޓީ އޮތް ގޮތަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ރައީސް އޮފީހުން ފޮނުވި ކަމަށާއި، އެއާ އެކު ރައީސް އޮފީހުން ވެސް ކޮމިޝަނަށް އިތުރު ސިޓީއެއް ފޮނުވި ކަމަށެވެ.
"އެ ސިޓީގައި ފޮރިން މިނިސްޓްރީގެ ސިޓީއާ ހަވާލާދީ އެދިފައި ވާނީ، އިރެގިއުލަރިޓީސް ހުރިކަމަށް ބުނާ މައްސަލަ ބަލަައިދޭން،" މަބްރޫކް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވި ސިޓީގެ ތަފްސީލެއް އަދި ނުލިބެ އެވެ. ރައީސް އޮފީހުން އެފަދަ ސިޓީއެއް ފޮނުވިތޯ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެހެން އިދާރާތަކާ ދެމެދު ހިނގާ މުއާމަލާތްތަކުގެ މައުލޫމާތު އާއްމުކުރުމަކީ ކޮމިޝަނުންކުރާ ކަމެއް ނޫން ކަމަށެވެ.
މަހްލޫފްގެ މައްސަލަައިގެ ތަހުގީގާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވި ސިޓީއާ ބެހޭ ގޮތުން އެ މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ.
ލަންކާ އެކައުންޓެންޓްގެ ބަޔާން ނެގި ގޮތާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ރައީސް އޮފީހަށް އެސިޓީ ފޮނުވީ އެކަން ބަލައިދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންނެވުމުންނެވެ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަން ބަލަން ރައީސް އެދިވަޑައިގެންނެވީ މަހްލޫފް ރައީސަށް ފޮނުއްވި ސިޓީއެއްގައި ކުރެއްވި ޝަކުވާއަކާ ގުޅިގެންނެވެ.
އޭސީސީން މަހްލޫފުގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވިޔަސް އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ޕީޖީން ވަނީ އަނބުރާ އޭސީސީ އަށް ފޮނުވައިފަ އެވެ. މިހާރު އެ މައްސަލަ އޮތީ އޭސީސީގެ ތަހުގީގުގެ އެންމެ ފަހު މަރުހަލައިގަ އެވެ.
މައްސަލައިގެ ތެރެއަށް ނުފޫޒު ގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށް ތުހުމަތު ކުރައްވައި މީގެ ކުރިން މަހުލޫފު ވިދާޅުވެފައި ވަނީ އޭނާ އަކީ ސިޔާސީ ގޮތުން "ކަތިލާ ކަންބަޅިއެއް" ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި އަދީބު ދެއްވި ފައިސާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކޮށްގެން ޖަމާ ކުރި ފައިސާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
25 August 2021
މިނިސްޓަރ މަހުލޫފް ސަރުކާރަށް އިންޒާރު ދިނުމުން އެންމެ ފަހުން މިއޮތީ ސަރުކާރުން ގޮތް ދޫކޮށްފައި. ސަރުކާރު ހަމަ އެހާ ބަލިކަށިތޯ؟
ތިވާރު
25 August 2021
ރައް ޔިތުންގެ ފައިސާއިން މުސާރަދީފަ ކޮމިޝަނުގައި މީހުން ބައިތިއްބަން ޖެހޭތަ؟؟ހެއްކާ ގަރީނާ ހުރެގެނޯ ޕީޖީއަށް ފޮނުވަނީ؟ ދުއްވާލަން ބޭނުންވާ މީހުން ހެކި ހަދައިގެން ފޮނުވަނީ؟؟ބިލިއަނުން ފައިސާނެގި މީހުން ހެކިންނަށް ބޭނުން ހިފަނީ އެމީހުނަށް ލުއިދީގެން.
ގިރީފް
25 August 2021
ވީގޮތަކީ މަޚްލޫފް ބުނި ދެން އަނގަމަޑުން ލައިގެން ނުހުންނާނަމޭ އެހިސާބުން މައްސަލަ އެކޮޅުކޮޅުން ޖެހުނީ..އެމްއެމްޕީއާރސީ ފައިސާ ވަކިބައެއްގެ އަތަށް އެރުމުން ހަަލާލު..ހަލާލު ހަރާން ކަނޑައެޅުން އޮތީ ސަރުކާރަށް..
ޢިބޫ
24 August 2021
ޒީރޯ ޓޮލަރެންސް. ރައްޔިތުންނަ މިސަރުކާރުގެ ފެންވަރު މިއޮއްފެންނަނީ.
ކުޑައިންސާފު
24 August 2021
ކުޑަމީހުންނައް ކުޑައިންސާފު ބޮޑުމީހުންނައް ބޮޑުއިންސާފު.
ގަޑުބަޑު
24 August 2021
ނޫނޭވާ ވަރަށް ނުފޫޒް ގަދަ، ނިޔަޅު ނައިބް ރައީސް، އަނބި ކަނބަލުން ރައީސް އޮފީހުގައި ދެން ރައީސްއޮފީހުން ބޭފުޅާ ދިފާއުކުރާނެތާ
ބަބުރަންޖީ ހާޖީ
24 August 2021
އަލީ ވަހީދުބޭގެ ކަންތަން މިހާރު އޮތީ ކިހާހިސާބެއްގާ؟
ރައްޔިތު މީހާ
24 August 2021
ރައްޔިތުން ދެނެތް މަހްލޫފް ބަލައެއްނުގަންނާނެ
ދިއްދޫމީހާ
24 August 2021
ބަލަ މަހޭގެ ވާހަކަތަކުން އިންގުނީ އޭސީސީގަ ތިބީ އިތުބާރު ގެއްލިފައިވާ ބައެއްކަން، 5އަހަރު ނިމުނީ ދެންއަންނަ ބަޔަކު ބަލާނީ މިހާރުގެ ބްރޯމެންގެ މައްސަލަތައް
މަބްރޫ
24 August 2021
ތިޔައަކު މާބޮޑު މައްސަަލައެއް އޮތްކަމަކަށް ނުފެނެ.. ޑޮލަރ ލިބުނު މީހާ މި ކިޔަނީ ތިންމަން ގަތީއޭ.. ދިންމީހާ ކިޔަނީ ތިމަންނަ ވިއްކީއޭ.. އެކަމަކު މީގައި ކޮންމެވެސް ބަަޔަކު ކުށްވެރިވާންޖެހޭ.. ރާވާހިންގިމީހާ ނިދަންއުދަގޫވާތީ ގޭގަ.. ލާރިނަގައިގެން ހިނގިމީހުން ޗުއްޓީގައި ޔޫރަޕުގައި.. ކަމާނުގުޅޭ މީހުން ބެދެނީ. ކޮންމެވެސް ބަޔަކު ގުރުބާންވެސް ވާންޖެހޭ އެބަ.. އަދީބަށް އަދަބެއް ދެވޭކަށްނެތް. އަދީބުލައްވާ އެކަންކުރުވި މީހާއަށް އަދަބެއް ދެވޭކަށްނެތް