ސުޕްރީމް ކޯޓް: ހުރާފަރުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
29 އޯގަސްޓް 2021 - 11:41
ރިސޯޓް ހަދަން ދޫކުރި ބ. ހުރާފަރުގެ އެއްބަސްވުން ބާތިލްކޮޮށް، ސަރުކާރުން އެތަން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އަތަމާ މެރިން އިންޓަނޭޝަނަލްއަށް 2013 ގައި ސަރުކާރުން ދޫކުރި ހުރާފަރުގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށް، އެރަށް 2016 ވަނަ އަހަރު ސަރުކާރުން އަތުލީ އެރަށަށް ދައްކަންޖެހޭ ކުލި އަތަމާ އިން ނުދައްކާ ކަމަށް ބުނެ އެވެ. އެކަމަކު އަތަމާ އިން ބުނެފައިވަނީ ކުލި ނުދެއްކި އޮތީ ސަރުކާރުން އެ ރަށުގެ ބޮޑުމިން ބެލުމަށްފަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދެއް އަންގާފައި ނުވާތީ ކަމަށެވެ. ސިވިލް ކޯޓުން ނިންމީ އެރަށް އަތުލީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އެކަމަކު ހައި ކޯޓުން ނިންމާފައިވަނީ އެރަށް އަތުލީ ގޯސްކޮށް ކަމަށެވެ.
ހައި ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ރިސޯޓް ހަދަން ދޫކުރާ ރަށްރަށުގެ ކުލި ކަނޑައެޅުމަށްޓަކައި، ރަށުގެ ބޮޑުމިން ބެލުމުގެ ޒިންމާ އޮންނާނީ ރަށް ކުއްޔަށް ހިފާ ފަރާތަށް ކަމަށެވެ. ކުރިން އަމަލު ކުރަމުން ދިޔައީ ވެސް އެގޮތަށް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ކުލި ދެއްކުމަށްޓަކައި ރަށުގެ ބޮޑުމިން ބެލުމަކީ އަތަމާގެ ޒިންމާއެއް ކަމަށްވާތީ އެހެންވެ، ސަރުކާރުން އެރަށުގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ހުރާފަރުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމަށްފަހު ރިސޯޓް ހެދުމަށްޓަކައި އެހެން ކުންފުންޏަކަށް ސަރުކާރުން ދޫކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިބާހް
30 August 2021
ހައިކޯޓުން ބެލިއިރު ރަށުގެ ބޮޑުމިން ބަލަންޖެހޭ ފަރާތް ބަދަލުވެފަ އޮތީބާ؟؟ފެންނަން އޮތް ކަމެއްގައި ބޭނުންގޮތަކަށް ހުކުމް؟؟
ާއިހްމާލްރައީސް
30 August 2021
ކުދި ރަށްތަކެއްގެ ސިފަ ލިބިފައިވާ ކުޑަ ދިވެހި ބިން ކޮޅަށް އެކި ސިފަ ސިފައިގައި އިހުމާލުވެ ނާޖާއިޒް ފައިދާ ބަޔަކު ވަނީ ނަގާފައެވެ. ޕީޕީޕީގެ ދަށުން ސަރުކާރާއި ރައްޔިތުން ހިއްސާވާގޮތަށް ދަތުރު ފަތުރު ކުރުމަށް ހެދި އެއްބަސްވުމާއި އެއްގޮތަށް ސަރުކާރުން އަމަލުނުކުރީތީވެ އެކަންވުމުގެ ބަދަލުގައި ދައުލަތް ވަނީ ޕވޓ ކުންފުންޏަކަށް ދަރައެވެ. ޢަދި އެކަން ހަގީގަތަކަށް ހެދި މފ އަދި ދ އަތޮޅުގެ ދަތުރުފަތުރާއި ރަށުހޮޓާ ވަނީ އޮޔާދުއްވާލާފަ.
އޮނަރަބްލް އަފީފު ދީދީ
29 August 2021
މިފަދަ މަހުޖަނުން ދައުލަތުގެ އެތައް ފަޅުރަށްތައް ހިފަހައްޓައިގެން އުޅޭއިރު ދައުލަތް ހިންގާންއޮތް ސަރުކާރާއި، ދައުލަތުގެ އޮޑިޓަރ ޖެނެރަލް އާއި އެންޓިކޮރަޕްޝަން ކޮމިޝަން އެފަރާތް ތަކުގެ ޤާނޫނީ ޒިންމާ އުފުލާތޯ މަޖިލީހުން ނުބަލަނީ ކީއްްވެގެންތޯ. # އިތުބާރު ހުރިގޮތަކަށް ލިބޭ މައުލޫމާތުން އިގެނީ މިސިޓީގައި އޮތް ޝަންގްރިލާޒް އާއި ހެރެތެރެއަކީވެސް ދައުލަތަށް ދައްކާންޖެހޭ ކުލިދެއްކުމެއްނެތި އެތަނުގައި ތިބޭބައެއްކަން. ކީއްވެ މިކަން ނުބަލަނީ.