ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ސިޔާސީ މީހުންގެ ބާރު ނޯންނަ ގޮތަށް ޖޭއެސްސީ ބަދަލުކުރަން ތޯރިގު އަނެއްކާވެސް ހުށަހަޅުއްވައިފި

ަރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން އޭނާ މިއަދު ހުށަހެޅުއްވި---ފޮޓޯ: މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާއިރު، ސިޔާސީ މީހުން ނުހިމެނުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިިފި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެންނަން އިދިކޮޅު ޕީޕީއެމްގެ މެމްބަރު ތޯރިގު މިދިޔަ އަހަރު ވެސް ހުށަހެޅުއްވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ ފަހަރު އެ ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 13 މެމްބަރެކެވެ. އެހެންވެ، އެ ބިލް ފެއިލްވިއިރު، 87 މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރަކު އެ ފަހަރު ވޯޓު ދެއްވީ ތޯރިގްގެ ބިލާ ދެކޮޅަށެވެ.

ދައުރު ނިމުމުގެ ކުރިން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން އިއްޔެ ދީފައި ވަނިކޮށް، ތޯރިގު މިއަދު އަނެއްކާ ވެސް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި އޮތީ އެކިއެކި މަގާމުތައް އަދާކުރައްވާ ބޭފުޅުންގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުން އުނިކުރުމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކު ވެސް ޖޭއެސްސީގައި ހިމެނިވަަޑައިނުގަންނަވާ ގޮތަށް ބަދަލުކުރަން ބިލުގައި އެބަ އޮތެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކު ކޮމިޝަނުގައި ހިމަނަން ބިލުގައި ބުނެފައި އޮތަސް އެ މެމްބަރަށް ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

ބިލު ހުށަހެޅުއްވުމަށް ފަހު މިއަދު ކުރެއްވި ޓްވީޓެއްގައި ތޯރިގު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ހުށަހެޅުއްވީ އެއީ ފަސްކުރެވެން ނެތް، "މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް" ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ޖޭއެސްސީ ގައި ހިމަނަން ތޯރިގު ހުށަހެޅުއްވި މެމްބަރުން:

1- އުއްތަމަފަނޑިޔާރު.

2- ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.

3- ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.

4- ވަކީލުން އިންތިހާބުކުރާ ވަކީލެއް.

5- ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާ އެއް.

6- ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާ ކާރެއް.

ޖޭއެސްސީ މިހާރު އޮތް ގޮތުން އެ ކޮމިޝަނުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކާއި އެޓާނީ ޖެނެރަލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ މެމްބަރަކު ވެސް ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވަ އެވެ. އެހެންވެ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީ އަށް މިހާރު ހުށަހަޅާ މައްސަލަތައް ނިމެނީ ސިޔާސީ މީހުން ބޭނުންވާ ގޮތަށް ކަމަށް ބުނެ ޝަކުވާ ވަރަށް ގިނަ އެވެ.

އެ ކޮމިޝަން އެކުލެވިގެންވާ ބަދަލުކުރުމަކީ އެމްޑީޕީގެ ވެސް ވައުދެކެވެ. އެކަމަކު، ނޮވެމްބަރު 17، 2018 ގައި މި ވެރިކަން ހިންގަން ފެށި ފަހުން އެ ވައުދު ފުއްދައިފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި، އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ދައުރު ނިމުނުގެ ކުރިން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، އެ ކޮމިޝަން މިނިވަން ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުޅި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީ އަށް ގެންނާނެ ބަދަލާ ބެހޭ ގޮތުން ބައެއް ގާނޫނީ މާހިރުންގެ ލަފާ ހޯއްދަވައިފަ އެވެ. އެކަން ރައީސް ނިންމަވާނީ އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއާ އެކު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"އެ މަސައްކަތް ހަމަ މި ދައުރުގެ ތެރޭގައި ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ބޮޑު ކަމަކަށް ވާނެ ކަމަށާއި އެއީ ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކުރަން ކުރެވޭ އެންމެ މުހިއްމު އެއް ކަަންތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިކުރު

02 September 2021

މިގައުމުގައި ސިޔާސީ ނުވާނޭގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ސަބަބަކީ މިގައުމުގައި އެހާ އިޚުލާސްތެރިން މަދުކަމެވެ.ފަނޑިޔާރުން ވެސްވަނީ ސިޔާސީ ވެފައެވެ. އިޚުލާސްތެރި ވެއްޖެނަމަ އެއްވެސް ކަމެއްގައި މިގައުމުގައި ކުރިއެރުމެއްވެސް ނުލިބޭނެއެވެ. މިހާރުވެސް އެސީސީގެ ބޮޑެތި މަގާމުތަކުގައި އެތިބީ ޕީޕީއެމް ފަރެސް މާތޮޑާއަށް ނިސްބަތްވާ މެމްބަރުގެ އާއިލާ ނޫންތޯ ބައްލަވާ ލައްވާށެވެ. މިގޮތަށް ހުރިހާ މިނިވަންމުއައްސަސާތަށް ވަކި ސަހަލުތޯ ބައްލަވާ ލައްވާށެވެ.

The name is already taken The name is available. Register?

އިސްމާލި

02 September 2021

މަ ހީކުރީ ޖުޑިޝަރީ މިނިވަން ވެ ފަނޑިޔާރުގެ މިނިވަން ވެގެންކަމަށް މޑޕ އިން އެކަމާ ސީދާ ހަރަކާތައް ނުނިކުމެ އެ ތިބީ. އަދި ކިރިޔާ މި އެނގުނީ ޖުޑިޝަރީއަތް އަތްބޭނޭގޮތަށް، އެކަމާ އެންމެ ގަދައަށް ވަކާލާތުކުރި މީހުން، އެތުރިގެން އަނގައިގައ މަލަން އެޅުނީކަން. ކޮންތާކު މި ޖެހުނީ؟ ދެން މިނިވަން ކުރާނޭކަމަށް ބެލެވޭ އެކަމު އެ އެކަން ކުރާނީ ދައުރުގެ އެންމެ ފަހު ދުވަހު. ހާވާނެ ހުރިހައި ހަޑިއެއް ހާވައި ނިމިގެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 September 2021

ތިގޮތަށް ޤއ ގެ 71 އަދި 72 ގައި ބުނާގޮތަށް "ދާއިރާތަކުން" މަޖިލީހަށް މެންބަރުން ހޮވާން 72 ހ ގައި ސާފުކޮށް ލިޔެ ބުނެ އަމުރުކޮށްފައިވާގޮތަށް މަޖިލީހަށް "އިދާރީ ކޮންމެ ދާއިރާއަކުން" މެންބަރަކުހޮވާންވެސް ފުރުސަތު ދެއްވާ. މާނައަކީ މަޖިލީހުގައި އެމީހުން ތަމްސީލުކުރާނެމެންބަރަކު "އެމީހުންގެ ތެރެއިން" ހޮވާންޖެހޭނެކަމަށް. މިނޫންގޮތަކަށްނަމަ 72 ހ ގައި ލިޔެފައި އޮންނާނީ "ކޮންމެ އިދާރީ ދާއިރާއަކަށް" މީހަކު ހޮވާވާހަކަ. އަކުން އާއި އަކަށް ގެ މާނަ ތަފާތުވާނެ.

The name is already taken The name is available. Register?

ހެޔޮނި

02 September 2021

ހެޔޮނިޔަތުގަ ތިކަން ކުރަންއުޅުނަމަ އުޅުނީހީ ބާރުއޮތްއިރުގަ ހެންހީވަނީ

The name is already taken The name is available. Register?

ބައިރޯ

02 September 2021

%100

The name is already taken The name is available. Register?

ގޯ ފޯ އިޓް

02 September 2021

ވަރަށްވެސް އިންސާފުވެރި ސިޔާސީފިކުރުން ބަނދެވިފަ ނެތް ހުށައެޅުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454