އޭސީސީގެ މެމްބަރުން މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވަނީ.-- ފޮޓޯ: މަޖިލިސް
03 ސެޕްޓެމްބަރ 2021 - 11:29
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް 500 މައްސަލައި ނިންމައި 12 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ރޭ ވިދާޅުވެއްޖެ އެވެ.
އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތުކޮށް ކޮންމެ އަހަރަކު ވެސް އެތައް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާ ކަމަށެވެ. މިދިޔަ އަހަރު 961 މައްސަލައެއް ތަހުގީގުކޮށް ނިންމައި 15 މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވެ އެވެ.
މި އަހަރުގެ މެދަކާ ހަމައަށް 500 މައްސަލަ ބަލައި 12 މައްސަލައެއްގައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ އާ ވެބްސައިޓާއި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ޝިއުނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝިއުނާ ވިދާޅުވިގޮތުގައި، އާއްމުން އުއްމީދުކުރާ ސްޕީޑުގައި މައްސަލަ ނުނިމޭތީ ފާޑުކިޔުންތައް ވެސް އާދެ އެވެ. އެގޮތަށް، ކޮންމެ ކަހަލަ ފާޑުކިޔުމެއް އައި ކަމުގައި ވިޔަސް މަސައްކަތް އަވަސްކުރެވޭތޯ ނުވަތަ ހައްލުތަކެއް ހޯދޭތޯ ބަލާ ކަމަށް އޭސީސީން ބުނެ އެވެ.
ޝިއުނާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމާއި މަދުކުރުމުގެ ވިސްނުމުގައި ބަލާ ނަމަ ނަތީޖާއާ ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އެކަން ހާސިލު ކުރަން އޭސީސީއާ އެއް ވިސްނުމެއްގައި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ. ދައުލަތުގެ ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އިސްލާހު ކުރުމުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް އާއްމުންގެ އިތުބާރު ބޮޑުވާނެ،" ޝިއުނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
03 September 2021
އޭސީސީ އުވާލުމަށާއި، ރައީސާއި މެންބަރުން ބަދަލުކުރުމަށާއި އަދި ޤާނޫނީގޮތުން ލިބިފައިވާ ބާރުތައް ހަނިކުރާން ގޮވާލާ މީހުން އެކަން ކުރަނީ ފަހަރެއްގައިވެސް ރައްޔަތުނަށް ޤައުމަށް ހެޔޮއެދިގެނެއްނޫން. # މިހާރުއޮތް ކޮމިޝަނަށް އިތުބާރުކޮށް އިސްލާޙްކުރާންޖެހޭ ކަންކަން އިސްލާޙްކުރަން ވަގުތުދެއްވާ ކޮމިޝަންގެ ވަސީލަތް ރަނގަޅުކޮށް ހަރުދަނާ އޮނިގަޑެއް އެކުލަވާލަން މަޖިލީހުން އަދިވެސް އެހީތެރިވެދީގެން ކޮމިޝަން ވަރުގަދަ ކުރާންޖެހޭ.
ކުޗީ
03 September 2021
އަދި އަޑެއްނާހަން ފޮނުވި އެއްވެސް މައްސަލަ އެއް ސާބިތުވެ ހުކުމެއް ކުރި އަޑެއް. މާނައަކީ ރާއްޖޭގައި ކޮރަޕްޝަނެއް ނުހިނގަޔޭ ނުވަތަ އެބަޔަކު މާކުޅަދާނައީޔޭ. އޭސީސީ އޮތުމުގެ ބޭނުމެއް ނެތް.
ކޮމިޝަނަރ
03 September 2021
ކޮރަޕްޓް ކޮމިޝަން. މައްސަލަ ބަލާފަ އެމްޑީޕީ ކުދިންގެ މައްސަލަތައް ފައިލް ކުރަނީ. އެ ނުފޮނުވާ ޕީޖީއަކަށް
ފެއިލް
03 September 2021
އުވާލަން ފެނޭ އަވަހައް.
ދިސްވޭއޭ
03 September 2021
އޭސީސީން 500 މައްސަލަ ބަލައިފި، ދައުވާކުރަން ފޮނުވީ 12 މައްސަލައެއް ނަމަ މިއިން އެގިގެންދަނީ އޭސީސީ އަށް އެތަނަށް ކުރާ ބޮޑު ޚަރަދާއި އަޅާ ބަލާ ނަތީޖާ އެއް ނެރެވޭ ފަދަ އުސޫލަކުން އެކަން ނުކުރެވެއޭ ފުރަތަމަ ކަމަކީ އޭސީސީ އަދި ޖޭއެސްސީ އެބަޖެހޭ ބޮޑު އަގުގައި މާލޭން ތަންތަން ކުއްޔަށް ހިފައިގެން ތިބުމުގެ ބަދަލުގައި އެ ދެއިދާރާ އަށް ކޮންމެ ތަނަކަށް 200 ފޫޓް 200 ފޫޓްގެ ބޮޑު ބިމެއް ދީގެން ސަރުކާރުން ލޯން ނަގައިގެން ނަމަވެސް 25 ބުރިއަށް އިމާރާތް ކޮށް