ދީނީ ޗެނަލް އުފައްދަން ޕީއެސްއެމާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއި ކުރަނީ. - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
30 ނޮވެމްބަރ 2016 - 19:39
ދީނީ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް "ދީނީ ޗެނަލް" ނަމުގައި ޓީވީ ޗެނަލެއް އުފެއްދުމަށް އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީ އާއި ޕީއެސްއެމްގެ ވަސީލަތްތައް ބޭނުންކޮށްގެން ޓީވީ ޗެނަލެއް އުފައްދަން ނިންމީ ދީނާ ބެހޭ މައުލޫމާތު ފޯރުކޮށް، ފަސޭހައިން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ. މި މަސައްކަތުގެ ދަށުން ރޭޑިއޯ ޗެނަލަކާއި ޓީވީ ޗެނަލެއް އުފެދިގެން ދާނެ އެވެ.
މީގެ އިތުރުން ރޭޑިއޯ ޗެނަލް ފަށާއިރު، މާލެ ކައިރި ސަރަހައްދަށް ސިގްނަލް ދޫކުރަން ޖެހެ އެވެ. އަދި މަރުހަލާތަކަށް ބަހާލައިގެން ރާއްޖެއަށް ސިގްނަލް ދޫކުރުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. ޗެނަލުން ބައެއް މިސްކިތްތަކުގައި ކުރެވޭ ނަމާދުތަކާއި ދީނީ ދަރުސްތައް ލައިވްކޮށް ދުރަށް ފޮނުވަން ޖެހެ އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ މި ޗެނަލް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ދީނާ ގުޅުން ހުރި ދާއިރާތަކުގައި ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. މި ޗެނަލް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީނުގެ ސާފު ފިކުރު ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޒިޔާދެވެ. ޕީއެސްއެމުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
02 December 2016
ގައުމުގަ މިހާރު އިލްމް ވެރިން މަދީތޯ؟ ތި އަޅަން އުޅެނީ ގައުމުގެ ހަލާކުގެ ބިންގާ! ތީގެ ސަބަބުން ދެމީހަކު އެކައްޗެއް ނުކިޔާނެ. ހުރިހާއެންމެންނައް ވެސް އަނެކަކު އުޅެންވާނެގޮތާ، ޖެހިގެން އޮތް ގައުމުގެ މީހުންވެސް އުޅެން ވީގޮތް އެގޭނެ. މި ގައުމު މި ހަލާކު މިވީ! ދެރަ...
އިބޫ
01 December 2016
ދީނީ ޗެނަލެއް ނެތިގެންތޯ މިކަންނުވަނީ ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލަކުންވެސް ދައްކަންޖެހޭނީ ދީނީ މިންގަޑަށްފެތޭ ދީނީ އަގީދާ ހަރުދަނާކުރެވޭ ޕްރޮގުރާމްތައް މިކަންނުކުރެވެޏާ ވަކިޗެނަލެއް ހެދިޔަސް ވާނީ ހަމަ އެކައްޗެއް
ޢަހްމަދު
01 December 2016
ތިޔަ ޗެނަލުން ދައްކަންވާނީ މި ސަރުކާރުގެ މޮޅުވާހަކަ .
GAN Island
01 December 2016
ކުރައްވަން ތިޔަ އުޅުއްވާ ކަންކަމުގެ ''އަސްލު'' ތަންކޮޅެއް ފަހުން އިގޭނެ. ހަމަ ހީވަނީ ދާދިފަހުން ހުއްޓާލި ޓީވީ ސްޓޭޝަނެއްގެ ބޭނުންކޮށްފައި ހުރި Secondhand Equipment ތަކެއް ދައުލަތުން ގަންނާން ވެގެން ޖަހާ މަޅިއެއްހެން.
ކާކިރު
01 December 2016
ތިއުޅެނީ ތިމިނިސްޓްރީގަ ހުރި ކޮލިޓީ އިކުއިޕްމަންޓްސް ގެ ބޭނުމުގައި އެއްވެސްހާލެއްގައި ދީނީ ޗެނަލް އެއް ހިންގާކަށްނޫން
ޢަބްދުﷲ ސަޢީދު ގދ.ގައްދޫ
01 December 2016
އުނުއަނދެ ނިވާވެ އުޅުމުގައި އިންސާނީ ޙަޔާތުގައި ކަންތައްތައް ކުރަން އޮންނަގޮތް މާތްވެގެންވާ އިސްލާމްދީން މިކަންކަމަށް ބާރުއަޅާ މިންވަރު ރަނގަޅަށް އޮޅުންފިލުވައި ދެއްވުމަށާއި މިރާއްޖޭގައި ނިވާކަންކުޑަ ހެދުންލައި އުޅޭ މީހުންނަށް މިނިވަން އަންހެނާގެ ޢައުރައަކީ، ކޮބައިކަން ބުނެދީ، އަންހެން ކަނބަލުން އެކަނބަލުންގެ ޢައުރަ ނިވާނުކޮށް ބޭރަށް ނުކުމެ ނޫޅުމަށް ރަސްމީގޮތުން އަމުރު ނުކޮށް އޮންނަ އޮތުން ނިމުމަކާއި ހަމައަށް އަންނާނީ، ޒިންމާދާނުގެ ޒިންމާގައެވެ. ޚިދުމަތްދާރުން ޚިދުމަތުގެ ތެރެއިންނެވެ.
މާލޭ އަހުމަދު
02 December 2016
ސައުދީ އަށް ދުރުވަންވީ ނޫން ތޯ
modaf
30 November 2016
ދީންވެސް މިއުޅެނީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން. މާކުރިންވެސް ދީނުގެއަޑުގެ ނަމުގަ ދައުލަތުގެ މީޑިއާއިން ރޭޑިއޯ ޗެނަލްއެއް ހިންގި. ހަމަ ތިޚަލީލުމެނަށް ނުވެގެން ހުއްޓުނީ. ދެން މީ އާކަމެއް ފަށާހެން ފަށަންޖެހޭ ކަމެއްތަ. މިހާރު ދައުލަތުގެ މީޑިޔާ ހިސާރުކޮއްފައިވާ މިންވަރަށް ބަލާއިރު ތިތަނުން ފޮނުވާ ޕްރޮގްރާމްތަކާއިމެދު ރައްޔިތުންގެ އެއްވެސް އިތުބާރެއްނެތް. މިހާރު މިރާއްޖޭގަ ޓީވީބަލާ ގިނަބަޔަކު ދައުލަތުގެ މީޑިޔާ ބޯއިކޮޓް ކޮއްފި. ޚާއްސަކޮށް ޚަބަރުގަޑިތައް.
އެނޮނީމާ
01 December 2016
އޭތި ނުހުއްޓޭ. މިހާރުވެސް އާދޭ. ދީނުގެ އަޑު 90 އެފްއެމް. އޭގެން އަންނާނެ ކޮންމެރެޔަކު 12.00 ގައި ސިޔަރަތުވެސް.
ޝާމް
30 November 2016
ދީނީ ޗެނެލްއެއް އުފެއްދިޔަސް އިވޭނީ މުޅިން މިސަރުކާރުގެ ކެމްޕެއިން. ކިތަންމެވަރެއް ކުރިޔަސް ހަގީގަތް ބަދަލެއް ނުކުރެވޭނެ
ބާމް
01 December 2016
ކޮބާތަ ދެން މައްސަލައަކީ. އެމްއެންބީސީ ހަދައިގެން ނަޝީދުވެސް ޖެހީ އެސަކާރާތެއްނު؟ އެ ހަގީގަތް ބަދަލު ކުރެވޭނެތަ؟ ޕްރޮގްރާމް ތަކަށް އަރަން ޖހޭ މީހުންގެ ލިސްޓް ފޮނުވަނީ އެމްޑީޕީ އޮފީހުން. ޑިމޮކްރެޓިކް ބޯޑް ޖަހައިގެން ތިބެ ލަދު ނުގަންނަކަން.