އިސްތިއުފާ ދިން ޕައިލެޓަކު ބުނީ މައިގަނޑު މައްސަލައަކީ މެނޭޖްމަންޓުގެ މައްސަލަތައް ކަމަށް.
މޯލްޑިވިއަންގެ ސީޕްލޭނެއް: އެއްފަހަރާ ހަތް ޕައިލެޓަކު ވަނީ ވަޒީފާ އިން ކެނޑިފައި .-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
09 ސެޕްޓެމްބަރ 2021 - 15:48
މުސާރަ އާއި މެނޭޖްމަންޓާ ދޭތެރޭ ހިތްހަމަނުޖެހުންތައް ފާޅުކޮށް އައިލެންޑް އޭވިއޭޝަންގެ ހަތް ޕައިލެޓަކު އެއް ހަފުތާގެ ތެރޭގައި ވަޒީފާ އިން ވަކިވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންނެވެ.
އިސްތިއުފާ ދިން ޕައިލެޓަކު ބުނީ އޭނާއެކޭ އެއްގޮތަށް، އެހެން ޕައިލެޓުންގެ ވެސް މައިގަނޑު މައްސަލައަކަށްވީ މެނޭޖްމަންޓުގެ މައްސަލަތަކެވެ. އޭނާ ބުނާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން އުޅެނީ "ސީޕްލޭން ބޯޓުތައް ދުއްވާކަށް ނޫނެ"ވެ.
އެކަމަކު މޯލްޑިވިއަންގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ހަތް މުވައްޒަފުން ވެސް ކެނޑުނީ ސީޕްލޭން އެހެން އޮޕަރޭޓަރުން މި ދުވަސްވަރު ބޮޑެތި މުސާރަތައް ހުށަހަޅާތީ އެވެ.
"އެހެން އޮޕަރޭޓަރުން އަޅުގަނޑުމެންނަށް ވުރެ ރަނގަޅު މުސާރަތައް އެބަ ހުށަހަޅާ. އަނެއްކޮޅުން ކޮވިޑާ ގުޅިގެން އަޅުގަނޑުމެންގެ މުސާރަތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި،" އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން "މިހާރަ"ށް ރަސްމީކޮށް ބުނި ގޮތުގައި ޕައިލެޓުން ކެނޑިގެން ދަނީ ރަނގަޅު އެހެން ފުރުސަތުތައް ލިބޭތީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން މުސާރަތައް ކުޑަކުރުމުން ސީޕްލޭން ކެޕްޓަނަކަށް މިހާރު ލިބެނީ 70،000ރ. ވަރެވެ.
އައިލެންޑް އޭވިއޭޝަންގައި 11 ސީޕްލޭން އޮވެ އެވެ. ގިނަ ޕައިލެޓުންތަކެއް އެއްފަހަރާ ވަޒީފާ އިން ކެނޑުނަސް، އެ ކުންފުނިން ބުނަނީ އޮޕަރޭޝަންތަކަށް މެދުކެނޑުމެއް ނާންނަ ގޮތަށް މެނޭޖްކުރެވޭނެ ކަމަށެވެ.
އެކަމަކު ވަޒީފާ އިން ވަކިކުރި ކެޕްޓަނަކު ބުނި ގޮތުގައި އެހާ ގިނަ ބަޔަކު އެއްފަހަރާ ވަޒީފާ އިން ވަކިވުމަކީ މޯލްޑިވިއަންގެ ސީޕްލޭންތައް އޮޕަރޭޓް ކުރުމަށް ކުރިމަތިވާނެ ހުރަހެއް ކަމަށެވެ. އަދި އެއީ ކުންފުނިން ވެސް ކުރިއަށް އޮތްތާނގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"މުސާރަ ކުޑަވެގެނެއް ނޫން ހަގީގަތުގައި ޕައިލެޓުން ވަކިވަނީ. ބައެއް ޕައިލެޓުން ހަމަ އެއްވެސް ވަޒީފާއެއް ނެތި ވެސް ކެނޑިއްޖެ. އަދިވެސް ވަޒީފާ އިން ކެނޑެން ތައްޔާރުވެފައި މީހުން އެބަތިބި،" ވަޒީފާ އިން ވަކިވި ޕައިލެޓް ކިޔައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލް އުސްތާޒު
10 September 2021
މި ސަރުކާރު އައި ފަހުން ބޮއްސުން ނުލާ ހަމަ އެންމެ ތަނެއް ވެސް ނެތް. ތާކުން ތާކު ނުޖެހޭ މީހުންނަށް ތަނުގެ އިސް މަގާމުތައް ދިނީމާ ތަނުގައި ތިބޭ ތައުލީމީ މީހުންނަށް އޭގެ އަސަރު ކުރާނެ. ތަންދޮރު ދަންނަ މީހުންނަށް ގޯސްކޮށް ކަމެއް ދަންޔާ ކުރީބައިގައި އިނގޭނެ. އެކަަހަލަ މީހުން. ހަމަ އެކަނި މަސައްކަތް ކުރާނީ މުސާރައަކަށް ނޫން. ސަރުކާރުން މމިވަރު ދަންނަން ޖެހޭމެ. ޕާޓީ ކުދިންނަށް ވަޒީފާ ދިނުން ހުއްޓާލަން ޖެހޭ
ޢަރުތަ
10 September 2021
މިސަރުކާރު އަންނަން ޖެހުނީވެސް ތިހެން ވެގެނޭ، މިބުނީ ކޮންމެ ސަރުކާރެއްވެސް ބޮއްސުންލައިގެންގޮސް ކަމުނުދިޔައިމަ ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރަނީ ކޮންމެ ފަސްއަހަރަކުން، އެހެންވީމަ ބޮއްސުން ނުލާ ސަރުކާރެއް އަދި ނުފެނެ، ހަމަ އެއްތާކު އަދި މިޖެހެނީ، ކާރި މުސްތަޤްބަލެއްގަ ބޮއްސުން ނުލާނެ ކަމުގެ ހެޔޮފާލެއްވެސް ފެންނަން ނެތޭ، ދެން ކިހިނެއް ހަދާނީ! އަނެއްކާވެސް ފަސް އަހަރުވީމަ އާކޮށްލުން ނޫންގޮތެއް ރައްޔިތުންނަކަށް ނެތް،
ޝިޔަޅޭ
10 September 2021
أَسَّلَامْ عَلَىْكُمْ ކޮން ބޭފުލެއް ތޯ!!!!
ސެމި
10 September 2021
އޯކޭއެއްނުން ޖެނީމެންނަ އެއްލައްކަ ރުފިޔާގެ މުސާރަލިބޭ ވިއްޔާ! ތަން ބަގުރޫޓްވިޔަސް ވެރިން ބޮޑުމުސާރަ ކުޑައެއްނުވޭ އިތުރަށް ބޮޑުވަނީ! އެންމެ މަސައްކަތްކުރާމީހުންގެ މުސާރަކުޑަކުރަނީ!
Dhanish ameen
10 September 2021
ޑެންލަލަލަލާ!!!!!!!!!!
އޭޔޫއެމް ފައުޒީ
09 September 2021
ޕުތާ! %8 އަދި ކަނޑާލާ! އެއަރް ޓައިމް އޮނލީ!
އޮނަރަބްލް އަފީފު ދީދީ
09 September 2021
ޤައުމީ އެއަރލައިން ބަޤުރޫޓްވެ އައްޑޫސިޓީގެ ރައްޔިތުން ރަށުބަންދަށް ދިއުމުގެކުރިން ސިޓީގެ މޭޔަރު އައްޑޫ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ފައްޓަންޖެހޭ. # މިގޮތުން ގޭން އެއަރޕޯޓާއި އައްޑޫ ޓްރޭޑިންގ ކޯޕަރޭޝަން ގެ މެޖޯރިޓީ ޙިއްސާ ބާއްވައިގެން %15 ޕަސެންޓް ޙިއްސާ މުލައް އަދި އައްޑޫސިޓީގެ ރައްޔިތުނަށް ވިއްކައިގެން އެއަރލައިން ކުންފުންޏެއް ހިންގާ ޤަޓަރ، ލުފުތަންސާ ނޫންނަމަ ޖެޕާން އެއަރ ފަދަ ބަޔަކާއި ޖޮއިންގ ވެގެން އަމިއްލަ އެއަރލައިނެއް އުފައްދާންޖެހޭ.
ފަހުދު
09 September 2021
އައްޑޫ މީހުންނަކީ ހުސްއަންގަ ތަޅާ ބައެއް
ވެދަރމޭން
10 September 2021
އަދިޓިކެޓްވެސް ކޮޅަކަށް 500ރ އަށް ވިއްކަން ޖެހެނީ ދީ؟
އިނާ މުޙައްމަދު.
10 September 2021
ފަހުދު ތިހެން ބުނާއިރު އައްޑޫ މީހުންނަކީ ހުސްއަނގަ ތަޅާ ބައެއްނޫންކަން މާޒީގެ ކަންކަމަށް ބަލާލިނަމަ އަދި މިހާރުގެ ކަންކަމުގައިވެސް އައްޑޫމީހުން އަދާ ކުރާ ދައުރުން އިގޭނެ. އައްޑޫގެ ވިޔަފާރިވެރިއަކު މިހާރުވެސް ދަނީ ސީޕްލީން ފްލީޓެއްގެ ހިދުމަތް އައްޑޫގައި ދިނުމަށް ތައްޔާރުވެ ބޭރު ބަޔަކާއި އެކު ވާހަކަ ދައްކަމުން.
ފަހުދު
11 September 2021
މުހަންމަދާ ތިވާހަކަ އެންނު މިބުނީ. އަބަދުވެސް ކޮންމެވެސް ބަޔަކާ ފޮނި ވާހަކަ ދައްކާނީއޭ.
ހަސަނު
09 September 2021
ކުންފުނި ތަކުގެ ބޯޑު ތަކާ ސީއީއޯ ތަކަކީ ޓެކްނިކަލް ވަޒީފަތަކެއް.. އެ ތަންތަނަށް ސިޔާސީމީހުން ގޮނޑި ހޫނު ކުރަން ވެއްދުން ހުއްޓާލަން ވެއްޖެ...
ޢަރުތަ
09 September 2021
ދެން ތިއަކުން ޙަޤީޤަތެއް ނޭގުނު، ދޮގެއް ހެދިއަސް ތެދެއް ހެދިއަސް މިހާރަކު ނޭގެ، ކޮންމެ މީހަކުވެސް މޮޅު ވާހަކަ ދައްކަނީ.
ކޮރަލް
09 September 2021
ނާގާބިލް މީހުން ބޯޑް ތަކުގަ ހުރުމުގެ ސަބަބުން ވާ ކަމެކެވެ. ހައްލެއް އަންނާނީ ސިޔާސީ މަގާމްތަކަށް ތައުލީމީ ފެން ވަރެއް ކަނޑަ އެޅިގެންނެވެ. އެކަން ކުރަން ޕާޓީ ތަކުން ބޭނުމެއް ނު ވެއެވެ. އާއްމުން ވެސް ހޭލުންތެރި އެއް ނޫނެވެ.
ކުޑަހުއްތު
09 September 2021
ވަކިތަނެއްނޫން، ހުރިހައިތަނަކުވެސް ފޫގޮސްފަ! އެހެން ބަޔަކު ބޮޑުމުސާރަދެނީއޭ ބުނާއިރު މިއީ އަންތަރީސްވާވަރުކަމެއް. މިދިވެހި ރާޢްޖޭގެ ފަސްގަޑުގައި ވިޔަފާރިކޮށްގެން ނެރޭއެއްޗަކުން މުސާރަ ދޭއިރު ވަކި ބަޔަކު މާރަގަޅު ފުރުސަތު ދެނީއޭ ބުނެ ވާހަކަދައްކަން ލަދުގަންނަންޖެހޭނެ. އެބުނާ ރަގަޅުފެންވަރަށް ތިމަންމެނަށް ތަން މެނޭޖުކުރަން ނޭގޭކަމަށް އެއްބަސް ވެވޭއިރުވެސް މިވަނީ ކީއްކަމެއްނޭގޭ. މިވަރުވީމަ ޖެހޭނީ ފަހަތަށް ޖެހިލަން.
ހަހާ
09 September 2021
ހަބޭސް ވާހަކައެއް