ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވާން ލިޖިން ރައީސް އޮފީހުގެ މެހްމާނުން ސޮއިކުރައްވާފައި ފޮތުގައި ސޮއިކުރައްވަނީ. އޭނާ މިއަދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އަަބަދުވެސް އެހީވާނެ ކަމަށް. ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2021 - 20:27
ރާއްޖެ އަށް ޗައިނާ އިން އަބަދުވެސް އެހީތެެރިވާނެ ކަމަށް އެ ގައުމުން ރާއްްޖެ އަށް ކަނޑައެޅި އާ ސަފީރު ސަފީރު ވާންގް ލިޖިން ވިދާޅުވެއްޖެ އެވެ.
މިއީ، ރާއްޖޭގައި ކުރިން ހުންނެވި ސަފީރު ޖަންގް ލިޖޮންގްގެ ސަފީރު ކަމުގެ ދައުރު ހަމަވުމުން، އެ ގައުމުން ހަމަޖެއްސި އާ ސަފީރު ވާންގް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މީޑިއާއާއި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އެ އިންޓަވިއުގައި ވާންގް ވިދާޅުވީ، ޗައިނާގެ އެންމެ މުހިއްމު މަސްލަހަތުތަކާ ގުޅޭ ކަންކަމުގައި ރާއްޖެ އިން އެ ގައުމަށް ވަރުގަދަ އަށް ތާއީދު ކުރާތީ އެކަން ޗައިނާ އިން ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމަށެވެ.
"އަބަދުވެސްް ފޯރުކޮށްދެމުން އައި ފަދައިން ޗައިނާ އިން ރާއްޖެ އަށް އެހީވާނެ،" ޗައިނާގެ އީސީއެންއެސް ނޫހަށް ދެއްވި އިންޓަވިއުގައި ވާންގް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި މިހާރު އޮތް ގުޅުމުގައި މައްސަލަތަކެއް ހުރިކަން ދޭހަވާ ފަދަ އިބާރާތްތަކެއް ވެސް ބޭނުން ކުރައްވާފައި ވެ އެވެ.
ވާންގް ވިދާޅުވީ ދެ ގައުމުގެ ގުޅުމަށް ރާއްޖޭގެ ރައްޔިތުން ކުރާ ތާއީދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ތަފާތު ދާއިރާތަކުން "ޕްރެކްޓިކަލް" ގޮތެއްގައި އެއްބާރުލުން އިތުރު ކުރުމަށް ވެސް އޭނާ ގޮވައިލެއްވި ކަމަށް ނޫހުން ބުންޏެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން ދެމިއޮވެއްޖެ. ކޮވިޑާ ހަނގުރާމަ ކުރަން ޗައިނާ އިން ރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެ،" ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވްގެ ފައިދާ ދެ ގައުމަށް ވެސް ކުރާ ކަމަށާއި އެކަމުގެ މިސާލުތައް ރާއްޖޭން ފެންނަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިނަމާލެ ބްރިޖާއި އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އާއި ހުޅުމާލޭގެ ދެވަނަ ފޭހުގައި 7،000 ފްލެޓް އިމާރާތް ކުރުމަކީ ސަފީރު ވިދާޅުވި ގޮތުގައި އޭގެ މިސާލުތަކެވެ.
ޗައިނާގެ އާ ސަފީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނޮވެމްބަރު، 2018 ގެ އިންތިހާބުގައި ބަދަލުވި ފަހުން، އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބެލެވެ އެވެ. އެކަމަކު ދެ ސަރުކާރުން ވެސް އެ ކަމަށް އެއްބަހެއް ނުވެ އެވެ. އަމަލީ ގޮތެއްގައި ގުޅުން ބަދަހިކުރަން އާ ސަފީރު ގޮވައިލެއްވީ އެހެންވެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރައްގީވެނިމޭނެއޭ
09 September 2021
ރާއްޖެއަށް ޗައިނާ އާއި ޖަޕާން އެހީ ހޯދައިގެން އެފައިސާ އިންވެސްޓް ކުރަންވީ މާލެ ސަރަހައްދުގެ އުތުރުގައި ހުރިއްޔާ ހުރި ހުރިހާ ފަޅުތައް ހިއްކާލާ އެތަނުން ގޯތި ތައް ހިލޭ ދޭން ސަރުކާރުގެ އިކޮން ކައުންސިލުން ވިސްނަން ޖެހޭނީ އިންދޑިއާގެ ހިލޭ އެހީގައި ރާއްޖެތެރެއަށް ހޭދަ ކުރޭ ލޯން ނަގައިގެން ނުވާނެ އިންޑިއާ އިން މާލެ ސަރަހައްދުގައި ރާއްޖޭގެ އާބާދީ އެއްކޮށް އުޅެ ބްރިޖްސް ތަކުން ގުޅުވާލާ މާލެ އޭރިޔާ ގައި 3 އެއަރޕޯރޓް 10 ވިޔަފާރި ބަނދަރު ހެދީމާ ރާއްޖެ
ދިސްވޭއޭދޯ
09 September 2021
ޗައިނާ އިން އެހީދޭންވީ 400 މިލިއަން ޑޮލަރުގެ ހިލޭއެހީއެއް ދެން އެފައިސާ އިން ހުޅުމާލެ އިރުން އޮތް ފަޅު ހިއްކާލާ ތިލަފުށި ވެސް ހިއްކާލާ އުތުރު ތިލަފަޅުވެސް ހިއްކާލާ ފުށިދިއަގަރު ފަޅުވެސް ހިއްކާލާ އެތަންތަނުން 50 ހާސް ގޯތި ހިލޭ ދޭންވީއޭ ދެން އިންޑިއާ،އަށް ޗައިނާ އަތުނުވާނެ ނޫންތޭ..
އޮނަރަބްލް އަފީފު ދީދީ
09 September 2021
ފަސޭހައިން ޗައިނާގެލޯނާއި އެހީލިބުނަސް އެފައިސާ ހަމައެކަނި ކ.އަތޮޅު މާލެ ސަރަޙައްދު ކޮންކްރީޓް ޖަންގައްޔަކަށްހަދާން ހޭދަކުރުމުގެބަދަލުގައި މުޅިރާއްޖެ ތަރައްޤީކުރަން ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫސިޓީގެ އުމްރާނީތަރައްޤީއަށް ޗައިނާގެއެހީއާއި ލޯނު ބޭނުންކުރާންވީނޫންތޯ؟ މިގޮތަށްނޫނީ މިކަން ނުވާނެ.
ދަވޭއޭ
09 September 2021
ރާއްޖެތެރޭ ރަށްރަށަށް ޗައިނާގެ އެހީ ބޭނުންކޮށްގެން ނުވާނެ ލާމު އަތޮޅުގައި އޮތް ބޮޑު މަގު ހަދަން ޗައިނާ އިން ހިލޭ ދިން އަދަދު 250 މިލިއަން ޑޮލަރު ހޭދަވި އެފައިސާ އިން މާލޭ އެނބޫދޫފަޅު އެއްކޮށް ހިއްކާލާ ގޯތި ދެވޭނެ 10 ހާސް އަކަފޫޓްގެ 2 މިލިއަން އެއިރުން ހުރިހާ ދިވެހިންނަށް އެނބޫދޫ ފަޅުގައި އުޅެވޭނެ ރާއްޖެތެރޭ ރަށްރަށް ފަޅުކޮށްފައި މާލޭ ވިޔަފާރިވެރިންނަށް ދޭނީ އިންޑަސްޓްރިއަލް ވިޔަފާރި ކުރަން1
ބިލް ކުލިންޓަން
09 September 2021
ޝުކުރިއްޔާ މޭމް.
ނިރު
09 September 2021
ޗައިނާއަކީ ވަރަށް ގާތް އެކުވެރި ޤައުމެއް ރާއްޖެ ތަރައްގީ ކުރުމުގެ އެއްހިއްސާދާރު އަމިއްލަ ފައިދާއެއްނެތި ރާއްޖެއަށް އެހީތެރިވަމުންދާ ޤައުމެއް މަކަރުވެރި ރޭވުމަކުން މިޤައުމަށް ސިފައިންގެނެސް އަޅުވެތި ކުރާކަށް ނޫޅޭ. މިސަރުކާރަށް އެކަން މިހާރު ވިސްނެންވެއްޖެ ބޮޑުވަޒީރުގެ މަކަރުވެރި ރޭވުމަކުން ޗައިނާއާ ޤައުމުގެ ރައްޔެތުންނާ ޖައްސަން ކެޑިނޭޅި މަސައްކަތް ކުރާތަންފެންނަނީ. އިންޑިޔާގެ ނުފޫޒް ފަތުރަން ބަޑުވަޒީރު މެދުވެރިއެއްގެ ބައި ކުޅުވަނީ
ޖަމަލު
09 September 2021
ކޮބާ އަންނި.
ނަނަނަ
10 September 2021
ތެދެއް، ކޮބާ އަންނި؟
އޮނަރަބްލް އަފީފު ދީދީ
09 September 2021
ޗައިނާސަރުކާރުގެ ހިލޭއެހީއާއި ލޯނުހޯދައިގެން އަދިވެސް އިތުރަށް ތަރައްޤީކުރާންވީ ރޯޑްޕްރޮޖެކްޓްތައް. ސިނަމާލެ ބުރިޖަށްފަހު މިހާރުވަނީ މާލެގުޅިފަޅު ބްުރިޖުގެމަސައްކަތް ކޮންޓްރެކްޓަރ އާއި ހަވާލުކޮށްފައި. # ދެންއޮތީ އައްޑޫސިޓީގެ ދެ އަވަށްކަމުގައިވާ ހުޅުމީދޫ ހިތަދޫ ބުރިޖްގެ މަސައްކަތް. މިއީ ރައީސް ސޯލިޙް އާއި އެމްޑީޕީގެ އިންތިޙާބީވައުދެއްކަމަށްވާތީ އައްޑޫސިޓީގެ ގިނަބަޔަކުދަނީ މިކަމަށްއަޑުއުފުލާ މިއީ އެމީހުނަށްދޭންޖެހޭ އަސާސީހިދުމަތެއްކަމަށް ބުނަމުން.
ނޯ ބުރިޖް ނޯ ވޯޓް.
09 September 2021
އެއްކަލަ އައްޑޫ މީހާ އައްޑޫ ބުރިޖުގެ ވާހަކަ ފެއްޓީދޯ؟ ޗައިނާ ނޫޅޭ އިންޑިޔާ މީހުން ތިބޭ ތަންތަނުގައި ބުރިޖް އަޅާކަށް. ކަލޭމެން ތިތިބީ އިންޑިޔާގެ ޕޮލިސް ސްޓޭޝަން ހަދައިގެން.
ރަމެންދޯ
09 September 2021
ޢައްޑޫގައި ބްރިޖް އަޅަނީ އެއީ ހަންޑިން ދަތުރުކުރަންތޭ އައްޑޫގައި ބްރިޖް އަޅާ އިންޑިއާ އިން...
ބައުންޑަރީސް
09 September 2021
ޗައިނާ ގެ ހިލޭ އެހީގައި ނަމަވެސް އެބަޖެހޭ މާލެ ސަރަހައްދުން ގާފަރު ފަޅު އެއްކޮށް ހިއްކާލާ އެތަނުގައި ޗައިނީސް އިންޑަސްޓްރިއަލް ޕާރކެއް އަޅަން އެއިރުން އެތަނުން ގޯތި ދެވޭނެއޭ މާލެ ސަރަހައްދުގެ ހުރިހާ ވިޔަފާރި ކުންފުނި ތަކަށް ދެން ގާފަރާއި މާލެ އާއި ދެމެދު އެއިރު އޮންނާނީ ބްރިޖްއަޅާފައޭ އެއިރުން ދެން ރާއްޖޭން އިންޑަސްޓްރިއަލް ޕްރޮޑަކްޓް ދުނިޔެ އަށް އެކްސްޕޯރޓް ކުރެވޭނެ ނޫންތޭ ފްރީ ޓްރޭޑް ޒޯން ހަދައިގެން ވެން އިޓް ކަމްސް ޓު ޗައިނާ ދެއަރ އިޒް ނޯ
ދެވޭނެއޭ
09 September 2021
ޗައިނާ އިން ރާއްޖެ އަށް އެބަޖެހޭ ބޮޑެތި ލޯން ތައް ހޯދަން އެކަމަކު ޗައިނާ އިން ހޯދާ ލޯން ތަކުން ހަދަންވީ ހަމަ އެކަނި މާލެ ސަރަހައްދޭ އިންޑިއާ އިން ނަގާ ކައްޕަޅި ޕެޓީ ލޯން ތަކުން ހަދަންވީ ރާއްޖެތެރެއޭ އެއިރުންނޭ ތަފާތެއް ވެސް ފެންނާނީ މާލެ ސަރަހައްދުން އަހަރަކު 10 ފަޅު ހިއްކާ އަދި 10 ފަޅު ތައް ބްރިޖް އިން ގުޅުވާލުމަށް ޓަކައި އަހަރަކު 50 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާ އިން ނަގައިގެން މިކަން ކުރަންވީއޭ އެއިރުން ގޯތި ދެވޭނެއޭ އެންމެނަށް ދެވޭނެއޭ