މާފުށި--
11 ސެޕްޓެމްބަރ 2021 - 13:26
ކ. މާފުށީ ނެރު ކައިރި އަށް މަހަށް ނުކުމެ އުޅުނު ޑިންގީއެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ކައުންސިލްގެ ރައީސް ހަސަން ސޮލާހު މިއަދު ވިދާޅުވީ، އެ އެކްސިނޑެންޓް ހިނގަން ދިމާވީ ރޭ 9:15 ހާއިރު ޑިންގީގެ ފަހަތަށް ލޯންޗެއް އެރުމުން ކަމަށެވެ.
އެ ހާދިސާ ހިނގިއިރު، ޑިންގީގައި އިން މީހާ އަށް އަނިޔާވެ އޭނާ ފުރަތަމަ ގެންދިޔައީ މާފުށީ ހެލްތު ސެންޓަރަށެވެ. ނަމަވެސް އެ މީހާގެ ހާލު ވަރަށް ގޯސްވުމުން، ފަރުވާ އަށް ރޭގެ ވަގުތެއްގައި މާލެ ފޮނުވާލާފައިވާ ކަމަށް ސޮލާހު ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ބޮލަށް އަނިޔާވެފައި ހުރި ކަމަށް ޑޮކްޓަރުން ބުނަނީ. އޭރު ވެސް އޭނާގެ ނޭފަތުން ވެސް ލޭ އާދޭ،" އޭނާ ވިދާޅުވި އެވެ.
އަނިޔާވި މީހާ އިމަޖަންސީގައި މާލެ ގެނެސް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އެ މީހާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވި ނަމަވެސް އަނިޔާގެ ތަފުސީލެއް ނުދެއްވަ އެވެ.
އެ ހާދިސާ ފުލުހުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 1
11 September 2021
ނެރު ކައިރީ ރޭގަނޑު މަހަށް ނުތިބުމަށް އިލްތިމާސް ކުރަން. ނުރައްކާ ކަމެއް. ނެވިގޭޝަން ލައިޓް ހުއްޓަސް ރޭގަނޑު ފުދޭ ވަރަކަށް އުނދަގޫ ވާނެ.
ޖުލައި 2021
11 September 2021
ސޭފްޓީ ފަސްޓު -ދިވެހިން ދަންނަކަމެއްނޫން
ށަވިޔަނި
11 September 2021
شفاه الله عاجلا