ޝަހީދު ރައްބާނީ ޔުނިވަސިޓީގެ އަންހެން ދަރިވަރުންތަކެއް، ތާލިބާނުންގެ ނިންމުމަށް ތާއީދު ކުރުމުގެ ގޮތުން އެ ޔުނިވަސިޓީގެ ކްލާސް ރޫމެއްގައި ތާލިބާނުންގެ ދިދަ ހިފައިގެން. --އޭއެފްޕީ
13 ސެޕްޓެމްބަރ 2021 - 14:47
އަފްގާނިސްތާނުގެ އަންހެނުންނަށް ވެސް، ހުރިހާ މަރުހަލާތަކެއްގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް ޔުނިވަސިޓީތަކުގައިވެސް ކިޔަވައިދޭނީ ދެ ޖިންސަށް ވަކިން ކަމަށް ތާލިބާނުންގެ ސަރުކާރުން ބުނެފި އެވެ.
ތާލިބާނުން އެކުލަވައިލި ސަރުކާރުގެ މަތީ ތައުލީމާ ބެހޭ ވަޒީރު އަބްދުލް ބާގީ ހައްގާނީ އިއްޔެ ވިދާޅުވި ގޮތުގައި އަންހެނުންނާއި އަންހެން ކުދިން ސްކޫލްތަކަށާއި ޔުނިވަސިޓީތަކަށް ކިޔަވަން ދާއިރު، ބޮލުގެ އިސްތަށިގަނޑު ނިވައިވާ ގޮތަށް ބުރުގާ އެޅުން މަޖުބޫރުވާނެ އެވެ.
އަފްގާނިސްތާނުގެ އަންހެނުންނަށް ސްކޫލްތަކާއި ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަން ތާލިބާނުން މި އިއުލާންކުރީ، ކިޔެވުމާއި ވަޒީފާ އަދާކުރުމުގެ ފުރުސަތު އަންހެނުންނަށް ދިނުމަށް ގޮވާލައި އަފްގާނުގެ ބައެއް ސަހަރުތަކުގައި މުޒާހަރާތައް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ތާލިބާނުން 1996-2001 އަށް ވެރިކަން ކުރި އިރު، އަންހެނުން ވަޒީފާ އަދާކުރުމާއި ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ކިޔަވަން ދިޔުން އޮތީ އަންހެނުންނަށް މަނާކޮށްފަ އެވެ.
ތާލިބާނުންގެ ސަރުކާރުގެ ތައުލީމީ ސިޔާސަތު އާންމު ކުރައްވަމުން، މަތީ ތައުލީމާ ބެހޭ ވަޒީރު އަބްދުލް ބާގީ ހައްގާނީ ވިދާޅުވީ ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުން ނޯންނާނެ ކަމަށެވެ. އަދި އަންހެނުން އިސްތަށިގަނޑު ނިވައިވާ ގޮތަށް ބުރުގާ އެޅުން މަޖުބޫރުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ހަމައެކަނި ބުރުގާ އެޅުން ކަމެއް ނުވަތަ މޫނުބުރުގާ އެޅުން ކަމެއް ވިދާޅެއްނުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންހެން ކުދިންނަށް ކިޔަވައިދިނުމުގައި، ބޮޑަށް އިސްކަން ދޭނީ އަންހެން ޓީޗަރުންނަށެވެ. އަންހެން ޓީޗަރަކު ނެތް ހާލަތެއްގައި ނޫނީ، އަންހެން ކުދިންނަށް ކިޔަވައިދިނުމަށް ފިރިހެން ޓީޗަރަކު ނުބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަހީދު ރައްބާނީ ޔުނިވަސިޓީގެ އަންހެން ދަރިވަރުންތަކެއް، ތާލިބާނުންގެ ނިންމުމަށް ތާއީދު ކުރުމުގެ ގޮތުން އެ ޔުނިވަސިޓީގެ ކްލާސް ރޫމެއްގައި ތާލިބާނުންގެ ދިދަ ހިފައިގެން. --އޭއެފްޕީ
"އަހަރެމެންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެން ޓީޗަރުން އެބަތިބި، އެކަމަށްޓަކައި މާތް ﷲ އަށް ހަމްދު ކުރަން. މިކަމުގައި އަހަރެމެންނަށް އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވާނެ. އަންހެން ކުދިންނަށް ކިޔަވައިދިނުމަށްޓަކައި އަންހެން ޓީޗަރުން ހޯދަން ވަރަށް މަސައްކަތް ކުރާނަން."
އޭގެ އިތުރުން އަފްގާނިސްތާނުގެ ސްކޫލްތަކާއި ޔުނިވަސިޓީތަކުގެ ތައުލީމީ މުގައްރަރު ވެސް އަލުން މުރާޖައާ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ، ސަރަހައްދީ ޔުނިވަސިޓީތަކާއި ބައިނަލްއަގުވާމީ ޔުނިވަސިޓީތަކުން ކިޔެވުން ފުރިހަމަކޮށްގެން ނުކުންނަ ދަރިވަރުންނާ އެއް ފެންވަރެއްގެ ދަރިވަރުންތަކެއް އަފްގާނިސްތާނުގެ ޔުނިވަސިޓީތަކުން ވެސް އުފެއްދުމެވެ.
މީގެ ކުރިން ތާލިބާނުން ވެރިކަން ކުރި ދުވަސްވަރު، މިޔުޒިކާއި ކުރެހުން އޮތީ މަނާކޮށްފަ އެވެ. އަދި އަންހެނުން ފެންނަ މަންޒަރުތަކާއި ފިލްމާއި ލަވަ ދެއްކުން ވެސް އޮތީ މަނާކޮށްފަ އެވެ. ސިނަމާގައި ފިލްމު ދެއްކުން ވެސް އޮތީ މަނާކޮށްފަ އެވެ.
ނަމަވެސް މިހާރުގެ ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި، އެ ގައުމުގެ ޓީވީ ޗެނަލްތައް އަދި އެބަ ހިންގަ އެވެ. އަދި ހަބަރު ގަޑިތަކުގައި އަންހެން ޕްރެޒެންޓަރުން ހަބަރާއި އިއުލާން ކިޔުމުގައި ބައިވެރިވެ އެވެ.
މިދިޔަ އަހަރުތަކުގައި އަފްގާނިސްތާނުގެ ޔުނިވަސިޓީތަކުގައި ދެ ޖިންސު ވަކިކުރުމެއް ނޯވެ އެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް އެއް ކްލާހެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު އޮވެ އެވެ. އަދި އަންހެން ކުދިން ވެސް ވަކި ގޮތަކަށް ހެދުން އެޅުން މަޖުބޫރެއް ނޫނެވެ.
ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން ވެސް، އަފްގާނިސްތާނުގެ ޔުނިވަސިޓީ މަރުހަލާ ފިޔަވައި ދަށުގެ މަރުހަލާތަކުގެ ސްކޫލްތަކުގައި ކިޔަވައިދެމުން އައީ ދެ ޖިންސު ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
14 September 2021
މިކަމަށް ފާޑު ކިޔާ ބޭފޫޅުންނަށް ބުނެލަން އޮތީ ތިބޭފުޅުން ޑިމޮކުރަސީ އަދި އިންސާނީ ހައްގުތަކުގައި ޗެއްޕިއަނުން ކަމަށް ބަލާ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ބުރުގާ އެޅުން އޮތީ މަނާކޮށްފަ، ޖޫރިމަނާކޮށް ޖިނާއީ ދައުވާ ކުރެވި ހައްޔަރުކުރެވޭ ކުށެއް އެއީ. ވަޒީފާ އާއި އަސާސީ ހައްގުތަކަށް ވެސް ހުރަސް އަޅާ ބުރުގާ އެޅުމުގެ ސަބަބުން. އެހެންވީމަ ކުރިޓިކުސް އަށް ބުނެލަން އޮތީ ތިބޭފުޅުން ހަނު ތިއްބެވުން ރަނގަޅުވާނެ ކަމަށް ފެނެއެވެ.
ޙަބީބު
13 September 2021
ކިހާރީތި ގޮތެއްތޯ ހުޅަނގުގެ ބަލިމަޑުކަމުން ދިވެހިދަރިންގެ ހިތްތައްވެސް ދޮވެސާފުވާން އެބަޖެހޭ އަންހެނުން ސިޔާސީދާއިރާއިން ެެެެެެެެެ ނެރެ ހޮސްޕިޓާ ޓީޗަރުންގެދާއިރާޔައް ވައްދަން އެބަޖެހޭ ސަރުކާރު އޮފިސްތަކާ ފައިސާބަލައިގަންނަ ތަންތަނާ މިސްކިތް ފޮޅާ ސާފުކުރުންފަދަ މަގާމުތައް އަންހެނުންނައް މާބޮޑައްވެސް ރިވެތިކަންބޮޑު ސައިކަލު ދުއްވުމާ ބުރުގާނާޅައުޅުން މަނާކުރަންޖެހޭ އޮރިޔާން ސައިޓުތައް ބުލޮކްކުރަންޖެހޭ