ވާރޭގައި ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުން އެތެރެއަށް ފެން ވަތް މައްސަލަ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ބައްލަވާލަނީ.-- ފޮޓޯ: އެޗްޑީސީ
15 ސެޕްޓެމްބަރ 2021 - 22:21
މާލޭ ސަރަހައްދަށް ގަދަވަޔާއެކު މިއަދު ވެހުނު ބޯ ވާރޭގައި، ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކުން އެތެރެއަށް ފެން ވަންނަ މައްސަލަ ބޮޑުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ސްލައިޑް ކުރެވޭ ގޮތަށް ހުންނަ އެ ކުޑަދޮރުތަކުގެ ތިރީ ބައިގައި ފެން ހަރުލައި، އެ ތަން ފުރި، އެޕާޓްމަންޓުތަކުގެ ތެރެއަށް ވަނީ ފެން ވަދެފަ އެވެ. ބެލްކަނީ ދޮރުގެ ތިރިން ވެސް އެޕާޓްމަންޓުގެ އެތެރެއަށް ފެން ވަންނަ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އަދި ވަޔާ އެކު ފްލެޓްތަކުގެ ހޯލްވޭ އަށް ވެސް ފެން ވަންނަ ތަން ވެސް ފެނެ އެވެ.
ފްލެޓްތަކުގެ މަސައްކަތް އެޗްޑީސީން ނިންމައި، މިހާރު މީހުން އެ ތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު ބައެއް ތަންތަނުގެ ތެރެއަށް ފެން ވަންނަ މައްސަލަ ފާހަގަ ކުރެވުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، ކަމާ ބެހޭ ފަރާތްތަކަަށް ފާޑުކިޔަން ފަށައިފަ އެވެ.
Nikamythin ah migothah flat hadainudunihyaa ragalhee. Mahusarumaidaanuga igyne mikamun vahkan kuri emmen pic.twitter.com/5Zkg5RZthw
— zuvaan carpenter (@Aziz64836924) September 15, 2021
މި މައްސަލަ ފާހަގަވުމާ އެކު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި އެ ކުންފުނީގެ ބައެއް އޮފިޝަލުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި މި ފްލެޓްތަކަށް ވަޑައިގެން ވަނީ އެ ތަންތަނުގެ ހާލަތު ބައްލަވައިފަ އެވެ.
އަދި ކުރިމަގުގައި މި މައްސަލަ ދިމާނުވާނެ ގޮތެއް ބަލަމުން އަންނަ ކަމަށް ވެސް އެޗްޑީސީން މިރޭ ބުންޏެވެ.
Hiyaavehikameh nei hiyaa flat @hdcmaldives @MaleCitymv pic.twitter.com/xpbsrpKHGq
— xaimbe (@xaimbe) September 15, 2021
ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް، އެ ތަންތަން ލިބުނު އާއިލާތަކުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް އެއްކޮށް ނުނިންމައި ވެސް ބައެއް އާއިލާތައް މިހާރު ވަނީ އެތަނުގައި ދިރިއުޅެން ފަށައިފަ އެވެ.
ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓު ހުރެ އެވެ. ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރި މި ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަހީދު
16 September 2021
ވިއްސާރާގައި މަގޭ ސައިކު ވެސް އޮތީ ވެއްޓިފައި. ސައިކުގެ ހަރު ހަދާފައި ވަނީ 2018ގެ އިންތިޚާބަށް ކަމަށް މިބަލަނީ. އެހެން ނޫން ނަމަކަ ވެއްޓެންވީ ސަބަބެއް ނެތްދޯ؟
ސައިކަލު
16 September 2021
މިއިން ޒަމާނަކު މާލެއަށް ނާންނަވަރުގެ ކޮޅިގަނޑެއް އައީ. ބްރިޖްމަތިން ސައިކަލް ނުދުއްވިފަ ތިބީ. އެވަރުގެ ވަރުގަދަ ވަޔާ ވިއްސާރައެއްގަ ތިހެންވެދާނެ. ބަލަންވީ ވާރޭ ވެހޭ ކޮންމެ ފަހަރަކު ތިހެން ވޭތޯ. އެހެންވާނަމަ އެއީ ހައްލުކުރަންޖެހޭ ކަމެއް. ހަދާނިމޭއިރު މައްސަލަ ނުހުންނަ އިމާރާތެއް މަދުކަމަށް އިވޭ. މާލޭގެ ކިތަންމެ ގެއެއް ހަދައިގެން ވަންނައިރު ތި ޒާތުގެ ކުދިކުދި ކަންކަން ދިމާވެގެން އުޅޭ. އެކަމު ހިޔާ ފްލެޓްވީމަ ތިކަންވާނެ ވަރަށް ބޮޑު މައްސަލައަކަށް
މަންޒިލޮން
16 September 2021
އެއީ މިފަހަރު ވައި އައިގޮތުން ވީކަމެއް. ތީ އެއްވެސް މައްސަލައެއް ނޫން. ތިގޮތަށް އުސްކޮށް ހަދާފައި ހުންނަތަންތަނަށް ދިމާވާ އާއްމުމައްސަލައެއް. ބަލަން ވީ ތިތަނުގައި އުޅޭއިރު ތަހްޒީބްވެފައިވާ ދުނިޔޭގައި މީހުން އުޅޭރީތިގޮތައް އުޅެވޭތޯ.
ޢަބުޖީ
16 September 2021
ނާތަހުޒީބު މީހުން ކޮމެންޓު ކުރާތީ މައްސަލައަކީ
ހާލަތު އަދުމިވަނީ
16 September 2021
ހާލަތު ބެލީމަ އެކަން އެ ނިމުނީ.
ވޯލް
16 September 2021
ކޮންމެ ކަމެއވެސް ސިޔާސީ ކޮށްފަ އަމިއްލަ މަންފާ އަށް ކުރީމަ ވާގޮތް މި ފެންނަނި. ފުލެޓް އެޅީކީ ބޯހިޔާ ވަހިކަމަށް ހައްލު ދޭކަށް ނޫން ވޯޓް ހޯދަން، އެ ފުލެޓްތައް ބަހާފަ ހުރީވެސް އެ ވިސްނުމުގަ.
ރަދީފްއޮފިޝިއަލް
16 September 2021
ވަރަށް ރަނގަޅު ވާހަކައެއް.ކޮންމެ ވެރިޔަކު ވެސް އަބަދު ބަލަނީ ވެރިކަމަށް ހޮވުނީމަ ދެން އަންނަ ދައުރު ޔަގީންކުރެވޭތޯ.މިހެން ހެދީމަ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔަތުންނަށް.މިސ ސަގާފަތް ނައްތާލަން ޖެހޭ.
ޖުއްބާ
16 September 2021
ތިޔައް ކިޔަނީ ރައްވެހި ގެދޮރުވެރިކަން
ށަވިޔަނި
16 September 2021
ތިއީ އެހާބޮޑު މައްސަލައެއް ނޫން. ފެންހަރުލާ ތަނުގެ ބޭރުފަރާތުން ބުރުމާ ކައްޓަކުން ދެތިން ލޯވަޅު އަޅާލާ. ބެލްކަނީ ސްލައިޑިން ދޮރުތަކުގައިވެސް އެހެންހެދީމަ ސިޓިންރޫމަށް ފެންވަނުން ހުއްޓޭ. ސޯޝަލްވީމަ މާ މޮޅު ޕެކިންތައް ލައްވާފަ ނުހުންނާނެ. ލަގްޒަރީގެ އުންމީދު ނުކޮށް ޝުކުރު ކޮށްގެން الحمد لله ކިޔައި ޔާމީނު ޝުކުރިޔާއޭ ބުނެބަލަ.
ބޫތު ޕޮލިސް
16 September 2021
ތި ފް ލެ ޓް ތައް އަޅަން ފެށި ދުވަހުވެސް ތިވާހަކަ ގޮވިން. ތީ ސިޔާސީ ދަންތުރަ އެކޭ. ދެން ތިބޭ ޝުކުރިއްޔާ ގޮވަން.
ކަކުނި.
16 September 2021
މިވެހުނީ އާދައިގެ ވާރެއއެއްތޯ…
ކަކުނިބޯ
16 September 2021
ތީއެވަރުކަމެއްނޫން ލޯވަޅުނާލާހުރީމާއެހެން އެވަނީ ހެހެހެ ދެން ތިކޮއްލާވަރުން ހިނިވެސްއާދޭ