އެމްޕީއެލްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވާހަކަ ދައްކަވަނީ--
17 ސެޕްޓެމްބަރ 2021 - 22:22
ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކުރަން ފަށާނެ ކަމަށް ސީއީއޯ ޝާހިދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އެ ކުންފުނީގެ ފްލެޓުތަކުގެ މަސައްކަތް މިހާރު ހަލުވި ކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ހުރިހާ މަސައްކަތެއް ނިންމައިލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކުރާ އެ ފްލެޓުތަކުގެ މަސައްކަތް ލަސްވީ ކޮވިޑް-19އާ އެކު ދިމާވި ދަތިތަކުގެ ސަބަބުންނެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ހިޔާ ޕްރޮޖެކްޓުގެ ފްލެޓުތަކުގެ މަސައްކަތް ނިންމައިލެވި، އަޅުގަނޑުމެންގެ މުވައްޒަފުންނާ އެ ފްލެޓުތައް ހަވާލު ކުރެވޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވަނީ ކޮވިޑް-19ގެ ހާލަތުގައި އެމްޕީއެލްގެ މުވައްޒަފުން ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ވެފައި ވާތީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިޔާދަ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޕީއެލްގެ ހިދުމަތްތައް ކުރިމަގުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން އިތުރަށް ތަމްރީނުކޮށް އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެގޮތުން، އެ ކުންފުނިން ދޭ ހިދުމަތްތަކާ ގުޅޭ ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތުގެ ދަށުން ފަސް މީހަކަށް ވަނީ ސްކޮލާޝިޕް ދީފަ އެވެ.
ޝާހިދު ވިދާޅުވިގޮތުގައި އެމްޕީއެލުން ވަނީ ކޮންމެ އަހަރަކު އޭލެވެލް އިން އެންމެ މަތިން ފާސް ހޯދާ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ވެސް ނިންމައިފަ އެވެ. މި ފުރުސަތުގެ ދަށުން ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޕީއެލުންނެވެ.
މިރޭގެ ޖަލްސާގައި އެމްޕީއެލް އިން ވަނީ ކޮވިޑް-19ގެ ހާލަތުގައި ލޮކްޑައުންވެ ތިބެ ހިދުމަތް ދިން ހުރިހާ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
18 September 2021
އެއްބަސް ވުމުގައި ދެފަރާތުން ސޮއި ނުކުރިކަމުގައިވިޔަސް އަންނައަހަރު ފުލެޓް ދޭނެ މުވައްޒަފުންނަށް އެމީހުނަށް ފްލެޓް ލިބޭނެ ކަމުގެ ލިއުމެއް ފަދަ ޔަޤީންކަމެއް މިހާރުން ފެއްޓިގެން ދޫކޮށްފައި އޮތުން ރަނގަޅު. # އޭރުން އެ މުވައްޒިފުނަށްވެސް އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެގެން ތިބެވޭނެ. އަދި އެމީހުން ތިތަންތަނަށް ވަނުމުގެ ކުރިން ކުރާންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ.
ޙަބީބު.
18 September 2021
ކޮބައިބާ ޓޫރިޒަމްމިނިސްޓްރީ ޓޫރިޒަމްދާއިރާގަ ގައުމުގެ މައިއިނޖީނައް ބޭނުންވާ ތެޔޮގަތުމައް ޑޮލަރުވައްދަދޭ މުވައްޒަފުންނައް ކީއްވެތޯ މިފަދަ ކަމެއް ނުކޮއްދެނީ އަނބިދަރިންދޫކޮއްފަ ވެހެހާވާރެޔާ ދެހާ އަވީގަ ކުރާމަސަތްކަތް ބަލައިނުގަންނަނީ ކިއްވެތޯ ރައިސްދެއްވާ އިނަމާ މިނިސްޓްރީން ދެއްވާ އިނާމު ކީއްވެތޯ އެންމެ ރަނގަޅު މުވައްޒަފައް ނުދެނީ ރިސޯޓު ބޯއިސް ވީމަތޯ
މުސަޅޭ
18 September 2021
ތިތަނަކީ އޮފް ދުވަހެއް ނުދީ މަސައްކަތް ކުރުވާ ތަނެއް މިރާއްޖޭގަ މަސައްކަތް ކުރާ ބަންގާޅީންނައްވެސް ހަފުތާ އަކު އެއްދުވަސް އޮފުލިބޭ !! ވަޒީފާގެ ގާނޫނުގަ މަޖުބޫރު ވާނެ ހަފުތާއަކު އެއްދުވަސް އޮފް ލިބެން. މުވައްޒަފުންގެ ހައްގުތަކަށް އަރާގަނެފަވާ ތަނެއް. ނިކަމެތިންގެ ހައްގުގަ މި ވާހަކަ ދައްކާނެ މީހަކު ނެތް..
ކުރީސަރުކާރު
18 September 2021
ޝުކުރިއްޔާ ރައީސް ޔާމީން. ތީ ހަގީގީ ދިވެހިން ދެކެ ލޯބިވާ ވެރިއެއް. މިސަރުކާރުން އެޅި އެއްޗެއް އެޅިީ އަނގައިން. ފޮނިބައިސާ ކަނޑާ ސަރުކާރު.
1828
18 September 2021
ދުނިޔޭގައި އުޅެންވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނޭ ސަރުކާރުން ބުނާކަހަލަ. ޕްރައިވެޓް ސެކްޓަރއަށް ޓާގެޓްކޮށް ފުލެޓް އަޅަން އެބަޖެހޭ. އެކަމަކު މާލޭ ސަރަހައްދުގައެއްނޫން. މާލޭ ސަރަހައްދުން ފުލެޓް ބޭނުންވާ މީހުންނަށް މާލޭ ސަރަހައްދުން ފުލެޓް ލިބެންވާނެ.