ޓެރަރިޒަމްގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް ނަޝީދު ޖަރުމަނަށް ވަޑައިގަތުމަށް ވަޑައިގަންނަވަނީ-- ފޮޓޯ:އަހުމަދު އަވްޝަން/ މިހާރު
18 ސެޕްޓެމްބަރ 2021 - 22:02
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން ދޫވީ ކޮންމެ ވެސް އެއް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސީރިއަސް ވާންޖެހޭ ވަރަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން އެހެން ބުނީ، އަމީން ދޫކޮށްލަން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރުމާއެކު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުންގެ ޝަރީއަތަށް ވާނެގޮތާ މެދު ވެސް ސުވާލު އުފައްދާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ބުނީ، ޓެރަރިޒަމާއި ޑްރަގް ޓްރެފިކިންގެ އެންމެ ބޮޑެތި މައްސަލަތަކުގައި ދައުވާ ރައްދުވާ ގިނަ މީހުން އިޖުރާއީ ނުކުތާއެއްގެ ހުއްޖަތު ދެއްކުމަށް ފަހު ދޫވެގެން ދަނީ އަލުން ދައުވާ ނުއުފުލޭނެ ގޮތަށް ކަމަށެވެ. އެފަދަ މީހުން ދޫވެގެންދާ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރާ ކަމަށް ބަޔާނުގައި ވެ އެވެ.
މި ފަހުން ވެސް، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖޭގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ހަނގުރާމަ އަށް މީހުން ފޮނުވަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އަމީން ދޫކޮށްލީ އިޖުރާއީ ހުއްޖަތެއް ދެއްކުމަށް ފަހު ކަން އެމްޑީޕީން ފާހަގަކުރި އެވެ.
"މިފަދަ ސީރިއަސް އަދި ބޮޑު ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު، މި ބާވަތުގެ ގާނޫނީ ހުއްޖަތެއްގައި ދޫވެދިއުމަކީ ތަހުގީގުކުރާ އިދާރާ ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެ ވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ ނުވަތަ ސީރިއަސް ވާންޖެހޭ މިންވަރަށް އަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކެމެވެ،" ބަޔާނުގައި ވެ އެވެ.
"އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިޒަމްގެ ހަމަލާދިން ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކާއި އެ މީހުންގެ ބަންދާމެދު ކަންވެގެންދާނޭ ގޮތާމެދު މި ޕާޓީން އިންތިހާއަށް ކަންބޮޑުވަމެވެ."
އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނިކޮށް އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އެ މައްސަލާގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހު އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވެސް، ދައުވާ ލިބޭ މީހުންނަށް ދައުލަތުން ދައުވާ ކޮށްފައި ހުރީ އަމީންގެ މައްސަލާގައި ވެސް އަމަލު ކޮށްފައިވާ ގޮތަށެވެ.
ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
19 September 2021
އަދިވެސް ތިބީ މައުމޫނު ކިޔަވައިދިން ފަންޑިޔާރުން، ދެންވިސްނާލާ.
ހަސަނު1
19 September 2021
ރާއްޖޭގެ ކޯޓު ތަކަށް އެއްވެސް އިތުބާރެއް ނެތް. ފުލުހުންނަކަށްވެސް އިތުބާރެއްނެތް. ޕީޖީއަކަށްވެސް އިތުބާރެއް ނެތް.. އަދި މީގެ މޮޅުކަމަކީ މިފަދަ ބޮޑެތި ގޯސް ހަދާއިރުވެސް އެމުއައްސަސާތަކުގެ މީހުންނަށް ލިބޭ އަދަބެއް ނެތް. ބައެއް ފަހަރު ހީވޭ ރާވާލައިގެން ފުލުންހުން ގޯސްކޮށްް ތަހުގީގު ކޮށްލާފައި، ޕީޖީން ލަހުން ނޫނީ ގޯސްކޮށް ދައުވާކޮށްފައި، ކޯޓުތަކުން އެކަން ފަސްއެޅެން އޮތް އެންމެ މޮޅަށް މިކަން ކޮށްލާހެންވެސް. މުޅި ގައުމު ކޮރަޕްޓް ވެފައި. ސޯ ސޭޑް
ކީއްވެ
19 September 2021
ބޮޑެތި ޑްރަގު ލޯޑުން ދޫވެގެން ދަނީ ކީއްވެ؟ ސީރިއަސް ނުވާތީ ދޯ؟ ނޫނީ ހަމަ ގަސްދުގަ ދޯ؟ ކީއްވެތަ އެމް.ޑީ.ޕީން ބަޔާން ނުނެރެނީ؟
ޢާޒީ
19 September 2021
ސަރުކާރުން ޤަބޫލު ކުރިޔަސް ނުވަތަ ނުކުރިޔަސް ޙަޤީގަތަކީ މި ރޯނު އެދުރު ޝަމީމުގެ މައްސަލަ ، ނާޤާބިލު ކަމުން. ބުނެބަލަ އޭނަ ވަކާލާތު ކުރި މައްސަލައެއް ކާމިޔާބު ވިތޯ
ރެހެންދީ
18 September 2021
އަމީން ދޫވީ ސަމީމުގެ ނާގާބިލްކަމުން