ބަޔަކު އޭޓީއެމް އިން ފައިސާ ނަގަނީ: އިތުރަށް މުސާރަ ޖަމާވި ބައެއް މީހުން އަދިވެސް އެ ފައިސާ އަނބުރާ ނުދޭ. -- ފައިލް ފޮޓޯ/މިހާރު
20 ސެޕްޓެމްބަރ 2021 - 13:07
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮޅުމަކުން އިތުރަށް މުސާރަ ޖަމާވެފައިވާ މީހުންގެ ތެރެއިން އަދިވެސް 32 މީހަކު ފައިސާ އަނބުރާ ނުދޭ ކަމަށާއި އެބައި މުސާރައިން އުނިކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 1،796 މީހަކަށް އިތުރަށް ފައިސާ ޖަމާ ކުރެވުނު ކަމަށާއި ގިނަ ބަޔަކު އަނބުރާ ފައިސާ ދީފައިވާ ކަމަށެވެ. އަދި 34 މީހަކަށް މުސާރަ ދެވުނީ މަދުން ކަމަށް ވާތީ އެ ފައިސާ ފިނޭންސުން މިހާރު ވަނީ ޖަމާކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޮޅިގެން އިތުރަށް މުސާރަ ޖަމާކުރި ބައެއް މީހުންނަށް 70،000ރ. ވެސް ޖަމާކޮށްފައިވެ އެވެ.
މުސާރަ ދިނުމުގައި އޮޅުން އެރީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސް ވުމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުސާރައިގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ރާވާފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
އޮޅިގެން ގިނަ ބަޔަކަށް ބޮޑެތި އަދަދުތަކެއް މުސާރައިގެ ގޮތުގައި ޖަމާކުރެވުނުކަން ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް އައީ މުސާރަ ޖަމާކުރިތާ އެއް ދުވަސް ފަހުންނެވެ. އެކަން އެނގުމުން މުސާރަ އިތުރަށް ޖަމާވި މީހުންގެ އަތުން އެފައިސާ ހޯދުމުގެ މަސައްކަތް ފެށި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރުޑޭ
21 September 2021
ރަނގަޅު އެއްވެސް ބަޔަކު ނުޖެހޭނެ އަނބުރާ ދޭކައް ކީއްކުރަން އޮޅެންވީ
ފިނޭންސް
21 September 2021
ފިނޭންސުން ހިފަހައްޓާފައި ހުރި ބައެއް ޓީޗަރުންގެ ފަންނީ އެލަވަން 2 އަހަރުވީއިރުވެސް އަދިވެސް ނުދޭ... އޭރުވެސް މިހާރުވެސް ދަމަށް ތިބެގެން އިތުރުގަޑި ނުލިބޭގޮތަށް ފޮތްތައް ޕޭޕަރުތައް މާކު ކުރަންޖެހޭ
ޒާނޫ ޕީއެފް
20 September 2021
ރަގަޅައްވިއްޔާ ތި 32 މީހުނަކީ ފްލެޓްލިބި، ވަދެވޭނެގޮތެއް ނެތް މީހުންކަމަށް ވާނީ. އެމީހުންގެ މުސާރައިން މަދުމަދުން ކަނށާ ހުސްކޮއްލާ. ކޮންމެވެސް މުހިންމު ކަމެއް ނުކުރެވިފަ އޮތަތީ ނުދެވޭނީ ދޯ.
ނަންން
20 September 2021
ނަން ހާމަކުރަންވީނު
ބައި
20 September 2021
ކީއްކުރަން؟ ވައްކަމެއް ނުކުރޭ އެމީހުން.
ހޭއަރާބަލަ
20 September 2021
ރޔާމީނުގެ ވެރިކަމުގައި ދުވަހަކު ވެސް ވީކަމެއްނޫން
ހިތަދޫ 2
20 September 2021
މިވަރުން ފިނޭންސް ހިނގަންޔާ މިމީހުން ނެރޭ ރިޕޯޓް ވެސް އަހަރެމެން އަމިއްލަޔަށް އިސްފަސް ކޮއްގެން މާނަ ކުރަން ޖެހޭނީ! ހެހެ!
އިންސާފ
20 September 2021
މިއުޅޭ ގިނަ ޑޮކްޓަރުން ނަކީ ރަސްމީ ވަޒީފާގަ ކުޑައިރުކޮޅަކު އުޅެފާ އިތުތައްފައިސާ ހޯދާ ދުވާލަކު 20 ކުލިނިކުގާ ބަލިމީހުންބަލާނެ އަދި ހޮސްޕިޓަލުގާ ބަލިމީހާ 5ގަޑި އިރު ހޭދަވާ ފަހުން ޑޮކްޓަރު ދައްކާވެސްލާނީ އެކަމު ކުލިނިކުތަކުގާ ގަޑިނުޖެހެނީސް ބަލިމީހުންބަލަންފަށާނެ
ނަންން
20 September 2021
ދަކްތަރުންނަކީ ބަލިމީހުން ބަލާބައެއް ނޫން. އެއީ ވެސް ވިޔަފާރިކުރާ ބައެއް.
ނުވޭއިންސާފު
20 September 2021
ކްލިނިކްތަކުގަ ގަޑިއަށްދާ ސްޕެޝަލިސްޓެއް ވަރަށް މަދު. ބައެއް މީހުން ބަލަން ނުފައްޓައިގެން 2 ގަޑިއިރުވެސް ތިބެންޖެހޭ އެބަ ކްލިނިކްގަ.
ހައްގ
20 September 2021
ބަލަ އެމީހުންގެ މުސާރަދޭއިރު އެބާ ކަންޑާފަދީބަލަ އޭރުން ކުރެވޭނެ ކަމެއްނޯންނާނެ
Slvr
20 September 2021
That's what it says
ނިރު
20 September 2021
ނަސީބް އަތުގަހިފާނީކީ ބުނެފަކަނޫން ކަންމަތީ ފިހާރަތަކަށާ ނުދެއްކިހުރި ފެންބިލާ ކަރަންޓްބިލް ދައްކާލަން ލިބުނު ރަގަޅު ފުރުސަތެއް.. އެފުރުސަތުގެ ބޭނުން ރަގަޅު ގޮތުގަ އެހިފާލީ ދެން އެމީހުންއަތުން މަހުން މަހަށް ކަޑާގޮތަށް ފައިސާ ނެގީމަ އެނިމުނީ އެއީ އިންޓްރެއްޓް ފުރީ ލޯނެއްގޮތުގަ ބަލަމާހިގާ..
ސަކަރާތް
20 September 2021
ޔާމީނުގެ އެކައުންޓަށް ތީތިކޮޅު ޖަމާވިތަނާ "ކޮންފައިސާއެއް ނުބުނެވި" ސިކުންތެއް ލަސްވި ނަމަވެސް ނިމުނީދޯ...!!
ބުލްބުލާ
20 September 2021
ޔާމީނު އެކައުންޓަށް ޖަމާވީ އެތިކޮޅެއްނޫން. އެތިގަނޑު.
ހަސަނު1
20 September 2021
އެތިގަނޑެއްވެސް ނޫން މުޅި ޚަޒާނާ.