އިއްޒުއްދީން ސްކޫލްގެ އާ ޕްރިންސިޕަލް ނާދިރާ ހަސަން.
24 ސެޕްޓެމްބަރ 2021 - 10:59
މާލޭގެ ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގައި ހުންނެވި ނާދިރާ ހަސަން، އިއްޒުއްދީން ސްކޫލުގެ އާ ޕްރިންސިޕަލަކަށް އިއްޔެ ހަމަޖައްސައިފި އެވެ.
މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން އެޑިއުކޭޝަން ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން އިން މާސްޓާސް ހައްދަވާފައިވާ ނާދިރާ ވަނީ މިދިޔަ 11 އަހަރު ހިރިޔާ ސްކޫލްގެ އިސް މަގާމުތައް އަދާކުރައްވައިފަ އެވެ.
ހިރިޔާގައި އަދާކުރައްވަމުން އައި ވަޒީފާ ދޫކޮށްލެއްވުމަށް ފަހު، ނާދިރާ އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެ ސްކޫލަށް އަލްވަދާއު ވިދާޅުވާން ޖެހިވަޑައިގަތީ ވަރަށް ބަރު ހިތަކާ އެކު ކަމަށެވެ. އަދި އެ ސްކޫލުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި، މިއީ އޭނާ އަށް އާ ފެށުމެއް ކަމަށް ވިދާޅުވި އެވެ.
މާލޭގައި މިދިޔަ އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ކުރިން ހުންނެވި އިސްމާއިލް ނަސީރު އެ މަގާމުން ވަކިކޮށްފައި ވަނީ އޭނާއާ މެދު އެ ސްކޫލުގެ ބައެއް ލީޑިން ޓީޗަރުން ހިތްހަމަނުޖެހި، އެއް ފަހަރާ އިސްތިއުފާ ދެއްވުމުންނެވެ. އެ މައްސަލަ ބަލަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިސްމާއިލް އެހެން ސްކޫލަށް ބަދަލުކޮށްފަ އެވެ.
އިއްޒުއްދީން ސްކޫލުގެ ބައެއް މުވައްޒަފުންނަށް އިސްމާއިލް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. އިސްމާއިލް އެހެން ސްކޫލަކަށް ބަދަލުކުރުމާއި އޭނާގެ މައްޗަށް ތުހުމަތުވާ ޖިންސީ ފުރައްސާރައިގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ވަކި މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާޙިދު
25 September 2021
އިއްޒުއްދީން ސްކޫލަކީ ކުރީގެ އެމްއީއެސް އިމާރާތުގައި ސަރުކާރުން ހުޅުވި އެއް ދަންފަޅީގެ ސްކޫލް. ވަރަށްގިނަ ވައުދުތަކަކާއެކު ސްކޫލް ހުޅުވިނަމަވެސް، ޕަރފޯމަންސް ދައް ސްކޫލެއްގެ ގޮތުގައި މިސްކޫލް ހިމެނިފައިވަނީ. ރަށްރަށުން އެތައް މިތަނުން އައި ޓީޗަރުންތަކެއް ލައިގެން ސްކޫލް ހިންގާއިރު، ފެންވަރު ދައް. ނިމިދިޔަ އަހަރު އަައި ލޮކްޑައުންގައި އެންމެ ބޮޑަށް އަޑި އަޅާލީ މި ސަރުކާރުގެ ވައުދު ފުއްދަން އުފެއްދި އެއްދަންފަޅީގެ ސްކޫލް.
ސަރީފު
26 September 2021
ދަށް ކިޔާއިރު އޮންނާނީ ށ ސުކުން. ފެންވަރުގެ ވާހަކަ ދައްކާތީ ބުނެލީ.
ހިމް
24 September 2021
ތެދެއްތަ؟ މިވެސް ކޮންމެވެސް ސިޔާސީ މީހަކާއި ތިމާގެ މީހެކޭ އަޑުއަހަން.
ސަރީފު
26 September 2021
ދިވެހިރާއްޖޭގައި ކޮންމެ މީހަކީ ވެސް ސިޔާސީ މީހެއްގެ ތިމާގެ މީހެއް. ޕްރިންސިޕަލް ކަމަކީ ޒިންމާއާ ބަލާފަ މާ ބޮޑު މުސާރައެއް ލިބޭ ކަމެއް ނޫން.
ދުންދަނޑި
24 September 2021
ކޮންރަށެއްގަ ހުންނަ ސްކޫލުތަކެއްތަ ތިޔާ، ދެސްކޫލެއްގެ ވާހަކަ އޮތީމަ ބޮޑަށްވައްތަރީ ތިކަމަކީ ކުޅުދުއްފުށި، ދިއްދޫ ކަހަލަ ބޮޑު ރަށެއްގަ ހިނގައިގެންް އުޅޭ ކަމަކާ.
ރަށުމީޙުން
24 September 2021
ހިރިޔާ ސްކޫލްގަ ތިބި ތަޖުރިބާކާރު ދެ ޑެޕިއުޓީން ގެންގޮސް އެހެން ސްކޫލްތަކަށް ލަނީ ހިރިޔާގަ ކިޔަވަނީ އަހުމިއްޔަތުކަން ދޭން ނުޖެހޭ ކުދިންނަށްވެފައި އަދި މާލޭގެ ބޭފުޅުންގެ ކުދިން އެސުކޫލްގައި ކިޔަވަމުން ނުދާތީތޯ
ސޮފުވާން
24 September 2021
އެކުވެރި ގާތް ރައްޓެހި އަހު ވަނީ މީގެ އަހަރެއްގެ ކުރިން ބަދަލުވެފައި.އެމީހަކު ނެތްތަނެއްގައި އުޅުމުގެ ބޭނުމެއް ނެތް . ތަންކޮޅެއް ކައިރިއަށް ދިޔާމަ ދިމާވާލެއްވެސް ގިނަވާނެދޯ. މިބުނިވާހަކަ ދިރިތިބިބަޔަކަށް ފަހުމުވާނެކަމަށް އުއްމީދުކުރަން.
ކައްކާ
24 September 2021
އަވައްޓެރި ގައުމުތަކުގައިވެސް ކޮށްއުޅޭކަމެއްނޫން ރަށްރަށާއި އަވަށްއަވަށުގެ ސްކޫލުތަކުގެ ޓީޗަރުންނާ ޕުރިންސިޕަލުން ބަދަލުވާ ވާހަކަ ގައުމުގެ ބޮޑެތި ނޫސްތަކުގަ ޖަހާއުޅުމަކީ.
ހެޔޮހިތުން
24 September 2021
އައި ލައިކް ޔޯ ސްމައިލް ، މިޒް ނާދިރާ.
ސަލީމް
24 September 2021
ދެން ކިހިނެތް ކަންތައް ރަގަޅުވާނީ. ސްކޫލްތައް ހިނގަންވެސް ތި ލަނީ ޕާޓީގެ އިސްއެކްޓިވިސްޓުންގެ ނުފޫޒުން ޕާޓީގެ އެކްޓިވިސްޓުންވިއްޔާ. ދައްތަ ޖެންޑަރ ގެ ނައިބުކަން. ޢެތަން އެއޮތީ ބޮއްސުންލާފައި . ތި ސްކޫލް އަށް ވާނި ވެސް އެވަރު
އިއްޒުއްދީން
24 September 2021
އިއްޒުއްދީން ސްކޫލަކީ މި ސަރުކާރުގެ ސްކޫލެއް. މިއީ މައްސަލަ ޖެހިފައިވާ އިމާރާތެއްގައި އުފެއްދި ސްކޫލެއް. އުފެދުމުގައިވެސް މައްސަލަ. އުފެއްދުމަށްފަހު ވެސް މައްސަލަ، އުފެދިގެންދާއިރުވެސް މައްސަލަ. ސުޒާގެ ޚިދުމަތުގެ އަގުވަޒަން ކުރަން މިނިސްޓަރ ހިނިތުންވެ ހުރެ ހުއްޓަސް ސުޒާ ހިތުން ރުއި ރުއިމާ ހިތުގައި އަޅާނެވޭން ކޮންމެ މީހަކަށްވެސް އެނގޭނެ. ސުޒާގެ މުޅިނަން ކިލަނބު ކޮށްލީ މިނިސްޓްރީން. ލަދު ކުޑަ އަމަލެއް.
ޓިން ޓިން
24 September 2021
ނާދިރައްތަޔަށް މަރުހަބާ.