ޚަބަރު / ޓީޗާސް އެސޯސިއޭޝަން

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު

މާލެ: ޖެނުއަރީ 12، 2020: މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ؛ ހުސެން ވަހީދު /މިހާރު

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު، އެ ސްކޫލްގެ ޓީޗަރުންތަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމެއް ވެސް ނެތި، އޭނާ އެހެން ސްކޫލަކަށް ބަދަލުކުރި ކަމަށް ބުނެ ޓީޗަރުންގެ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ އެސޯސިއޭޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިސްމާއިލް ނަސީރުގެ މަގާމު އެހެން ސްކޫލަކަށް ބަދަލުކޮށްފައި ވަނީ އެ ސްކޫލްގެ ހަ ޓީޗަރަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އަށް މައްސަލަ ހުށަހެޅުމުން، ހާއްސަ ކޮމިޓީއަކުން އެ މައްސަލަ ބެލުމުން، އޭނާގެ މައްޗަށް މި އަމަލު ސާބިތުވެފައި ވަނިކޮށް ކަމަށެވެ.

މި އަމަލު ހިންގި މީހާ އަށް އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި، އޭނާގެ އެދުމުގެމަތިން "ޕްރޮމޯޝަންއަކާ އެކު" އެހެން ސްކޫލެއްގެ ޕްރިންސިޕަލް ކަމަށް ހަމަޖެއްސެވީ ކަމަށް ބުނެފައި ވެ އެވެ. އަދި މި މައްސަލަ ސާބިތުވެފައި ވަނިކޮށް، އަނިޔާ ދިން މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައި ވެ އެވެ.

"... ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ބެލެނިވެރިއެއްގެ ގޮތުގައިވާ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވަނީ އެ ފަރާތްތަކަށް ބޭއިންސާފުން އެއްވެސް މަޝްވަރާކުރުމެއް ނެތި ފިޔަވަޅު އަޅައިފައި،" ބަޔަނާގުއި ވެ އެވެ.

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލާ މެދު ހިތްހަމަނުޖެހި، މި އަހަރު ކުރީކޮޅު އެ ސްކޫލްގެ ހަތަރު ލީޑިން ޓީޗަރަކު އެއް ފަހަރާ އިސްތިއުފާ ދިނެވެ. ޓީޗާސް އެސޯސިއޭޝަނުން މި ބަޔާން ނެރުނީ ޕްރިންސިޕަލްގެ މައްސަލަ ބަލަމުން ދަނިކޮށް، މި ހަތަރު ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމައިފަވާ ކަން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް އެންގުމާ އެކުގަ އެވެ.

އެކަމަކު މި ނިންމުމާ ޖިންސީ ފުރައްސާރައިގެ މައްސަލައާ އެއްވެސް ގުޅުމެއް ނުވާ ކަމަށް އެޑިއުކޭޝަނުން މިއަދު ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހަތަރު ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމާފައި ވަނީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހާއްސަ ކޮމިޓީއަކުން ހިންގި ލީޑާޝިޕް އެންޑް މެނޭޖްމަންޓް ރިވިއު އަށް ރިއާތްކުރުމަށް ފަހުގައި ކަމަށެވެ.

ހަމަ އެ ރިވިއުގައި މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވާތީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ދިރާސީ އާ އަހަރު ފެށެން ވާއިރަށް ބައެއް މަގާމުތަކަށް ބަދަލު ގެނައީ ކަމަށް ވެސް ބުނެފައި ވެ އެވެ.

"މި ހަތަރު ޓީޗަރުން ބަދަލުކުރަން ނިންމާފައިވާ ނިންމުމާ، މި މިނިސްޓްރީ އަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނުވެ،" އެ ބަޔާނުގައި ވެ އެވެ.

މިނިސްޓްރީ އަށް ހުށަހަޅާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލައި އަވަސް ފިވަޅުތައް އެޅުމަށް އަބަދު ވެސް މަސައްކަތް ކުރާ ކަމަށާއި އަދި ޓީޗާސް އެސޯސިއޭޝަން އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ހިމަނާފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައި ވެ އެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 10%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަނ

15 July 2021

ޖިންސީ ފުރައްސާރަކުރީމަ ޕްރޮމޯޝަން ދޭ ފުރަތަމަ ގައުމުތަ މިއިީ؟

The name is already taken The name is available. Register?

ބަގު

15 July 2021

https://mihaaru.com/news/86898 ކުރިން ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދިނީ، އޭރު ނުކިޔާ ޖިންސީ ފުރަސާރާއިގެ ވާހަކައެއް، އެމީހުންގެ ރޭވުން ކާމިޔާބު ނުވުމުން ފަހުން ޖިންސީ ފުރަސާރަކުރިކަމަށް މިކިޔަނީ، މީ ވަރަށްބޮޑު ރޭވުމެއް ހެން ހީވަނީ.

The name is already taken The name is available. Register?

އިސްލާހު އިސްލާހު

15 July 2021

ފުރައްސާރަ އޭ ތޯ؟ މެދުއިރުމަތީގަ ގަދީމީ ޒަމާނުގަ ހިނގާފަ ހުންނަ ބައެއް ކަންކަމަކީ ގިނަ ދިވެހިން ކުރިމަތީގައި ބަދަލެއް އައިސް ގެން ނުވާނެ ކަންކަން. ބަޔޮގްރަފީ އަޑުއަހާލިން ތޯ؟ ފުރައްސާރަ ބަސް ބޭނުން ނުކުރާކަން. ލިސްޓުން ކާކުތޯ މިކަން އޯކޭ، މިކަން އޯކޭ ނޫން، ހޮވަނީ؟ ވިސްނާލުން ރަގަޅު! މިގައުމު ގަ އެކަކުވެސް އަނެކަކައް ފުރައްސާރަ ކޮއްގެން ނުވާނެ!!

The name is already taken The name is available. Register?

ޙުން

15 July 2021

ނޭއްގާނި ޓީޗަރސްގެ ސަބަބުން ހަލާކުވި ސްކޫލުތަށް: 1 މަޖީދިއްޔާ 2. ޢިމާދުއްދީން 3. ޢަމީނިއްޔާ 4. ޢިއްޒަތްދީން 5.ދަރުމަވަންތަ 6. ޢައްޑޫ ޟަރަފުއްދީން 7. ޜެހެންދި. ޢެޑިއުކޭޟަން މިނިސްޓުރީ ހޭލައިގެން ސްކޫލުތަށް ހަލާކު ކުރަން އުޅޭ މީހުން އެތަން ތަނުން ބޭރު ކުރާނީ ކޮން އިރަކުންތޯ

The name is already taken The name is available. Register?

ހަހަހ

15 July 2021

ރެހެންދި ބަރާބަރު !!

The name is already taken The name is available. Register?

ޙުނި

15 July 2021

ކަނޑެ އެޅިގެން ބޮޑު ބުހުތާން ދޮގު. އެސޯސިއޭޟަންގެ ރައީސަށް ކުރެވުނު އަދި ކުރެވޭ ތުހުމަތު މަދީތޯ.

The name is already taken The name is available. Register?

ކެރަފާބެ

15 July 2021

ސްކޫލުން ބަދަލު ކުރި މުވައްޒަފުން ޕުރޮފެޝަނަލީ މަސައްކަތް ކުރާ ގޮތް ކަމު ނުގޮސްގެން އެޅި ފިޔަވަޅެއް ނެތް! އެހެންތާވާނީ އެންމެ ބޮޑު ސެކްޓަރގެ މުވައްޒަފުންގެ ބޮޑަކަށް ވެސް ހުރި ތިކަހަލަ ތުހުމަތު ކުރެވިފައިވާ ބޭފުޅެއް! ކަންކަން ޕުރޮފެޝަނަލީ ކުރުން ވަރަށް މުހިއްމު ! ދެން ވަރަށް ޒާތީ ނިންމުމެއް!

The name is already taken The name is available. Register?

އިސްލާހު

15 July 2021

"އަދި ޓީޗާސް އެސޯސިއޭޝަން އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ހިމަނާފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައި ވެ އެވެ." މިނޫން އަޑެއް ނީވެއެވެ. ކުއްވެރިން ހިމާޔަތް ކުރުމުގައި ވެސް މިބޭފުޅުންނަށް 100 ދޭންޖެހެއެވެ.

The name is already taken The name is available. Register?

ޙހހ

15 July 2021

ޝަކުވާކުރި މީހުންދޯ މި ބުރުވާލީ!

The name is already taken The name is available. Register?

ދެރަވަރުމީހާ

15 July 2021

މީ ހަމަބަޔަކު ޖައްސާގޭމެއް... އެމީހުން ބޭނުންވާހާ ގޮތަށް ކަންކަން ނުވީމާ ޖައްސާ ހިންގާ ޖަރީމާ... ވަރަށް ދެރަވަރުގެ ފިނޑި ޢަމަލުތައް މި ހުންނަނީ... ޖިންސީ ފުރައްސާޜާގެ ޤާނޫނަކީ މި ޒާތުގެ ކަންކަން ކުރުމަށް މަގުފައހިވާ ގޮތަށް ހެދިފަ އޮންނަ ޤާނޫނެއް

The name is already taken The name is available. Register?

1828

15 July 2021

އެހެންވެއްޖެއްޔަ މިހާރު ހުންނާނީ މަޤާމުގެ ކުރިއެރުން ހައްޤުވެފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454