ތ. ބުރުނީގައި "ރާގޮނޑި ހިފުން": އެ ރަށުގެ ކުދި ބޮޑު އެންމެ މިކަމުގައި ބައިވެރިވޭ.-- ފޮޓޯ: ޝިފޫ އެމްވީ
28 ސެޕްޓެމްބަރ 2021 - 08:28
ތ. ބުރުނީގައި ހަމަ ކޮންމެ ދުވަހެއްގެ ހަވީރު އެ ރަށުގެ ރައްޔިތުން ނިކުމެ، ރާގޮނޑި ހިފަމުން އަންނަތާ މިހާރު ވަނީ ދޮޅު މަސް ވެފަ އެވެ؛ އަދި މިހާތަނަށް 65،000 ވުރެ ގިނަ ރާގޮނޑި ވަނީ ހިފައިފަ އެވެ.
"ރާގޮނޑި ހިފުމަކީ" އެ ރަށުގެ މީހުން ވަރަށް ކުރީންސުރެ ކުރަމުން އަންނަ، މިހާރު އެ ރަށުގެ ސަގާފަތާ ގުޅިފައި އޮތް ކަމެކެވެ. ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާ ދިމާކޮށް، އެ ރަށުގެ ހުޅަނގު ފަރާތު ފަޅު ތެރެއަށް އާދަޔާ ހިލާފަށް ރާގޮނޑި ވަދެ އެވެ.
ތ. ބުރުނީގައި "ރާގޮނޑި ހިފުން": އެ ރަށުގެ ކުދި ބޮޑު އެންމެ މިކަމުގައި ބައިވެރިވޭ.-- ފޮޓޯ: ޝިފޫ އެމްވީ
އާބާދީގައި 350 އަށް ވުރެ ގިނަ މީހުން ހިމެނޭ ބުރުނީގެ ކައުންސިލުން ބުނި ގޮތުގައި ވޭތުވެދިޔަ ދޮޅު މަސް ތެރޭ އެންމެ ގިނައިން ރާގޮނޑި ހިފައިފައި ވަނީ މިދިޔަ ހަފުތާގަ އެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެކަނި ވެސް 8،000 ވުރެ ގިނަ ރާގޮނޑި ވަނީ ހިފައިފަ އެވެ.
ބުރުނީ ރައްޔިތުން ސިފަކުރާ ގޮތުގައި އެ ރަށަށް ރާގޮނޑި ތިލަވުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ރޯއްޖެކެވެ. އަދި ރައްޔިތުންގެ މެދުގައި އެކުވެރިކަން ދަމަހައްޓައިދޭ ވެސް ކަމެކެވެ.
ތ. ބުރުނީގައި "ރާގޮނޑި ހިފުން": އެ ރަށުގެ ކުދި ބޮޑު އެންމެ މިކަމުގައި ބައިވެރިވޭ.-- ފޮޓޯ: ޝިފޫ އެމްވީ
މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެ ރަށުގެ ފަޅު ތެރެއަށް ރާގޮނޑި ވަންނަމުން އަންނައިރު، ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ މަސް ފަޅު ތެރެއަށް ވަންނަނީ އެ ރަށުގެ ހުޅަނގު ފަރާތުގެ ފަޅާއި ކަނޑާ ގުޅޭ ހިސާބު އޮންނަ ގޮތަކުން ކަމަށް ބެލެވެ އެވެ.
"އެ ދިމާލުން އޮއިގަނޑު ހުންނަ ގޮތަކުން މަސްތައް އައިސް ފަޅު ތެރެއަށް މި ވަންނަނީ،" އޭނާ ވިދާޅުވި އެވެ.
މިހާ ގިނަ އަދަދެއްގެ މަސް ކޮންމެ ދުވަހަކު ހިފަމުން އަންނައިރު، އެ ދުވަހެއްގައި ހިފާ މަސް ރަށުގެ ކޮންމެ ބޮލަކަށް ވަކި އަދަދަކަށް އަންނަނީ ބަހަމުންނެވެ. މި މަހުން އެއްޗެއްހި ތައްޔާރުކޮށް ރަށު ބޭރުކޮށް، އާމްދަނީ ހޯދުމާއި ރިހާކުރު ކެއްކުމާއި މަސް ހިއްކުން ފަދަ ކަންކަން ވެސް ކުރެ އެވެ.
މީގެ ކުރީ އަހަރުތަކުގައި އެ ރަށުގެ މީހުން އެއް ދުވަހުން 10،000 އަށް ވުރެ ގިނަ ރާގޮނޑި ވެސް ހިފާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
28 September 2021
މާތްﷲ ދެއްވާ ރޯއްޖެއްކަމަށްދެކި ހަމްދުކުރުން އިތުރުކުރުން މުހިންމު.
ފުންއަސަރު
28 September 2021
ލިބެމުންދާ ރޯއްޖަށްޓަކާ ޝުކުރުކުރާށެވެ. މަމެންގެ ރަށަކީ އާބާދީ ބޮޑު ރަށެކެވެ. ތިޔަރާގޮނޑި، އައިންއައިނަކަށް ނުވަދެއެވެ. ނަމަވެސް މަމެންވެސް ޝުކުރުވެރިވަމެވެ. މިއޮތީ ބޮޑުކުޅިއެކެވެ. އެހެން ރަށެއްގާ ނޯންނަވަރުގެއެވެ.
ރަދީފު ބިން ރަފައިދާ
28 September 2021
ބުރުންޏަށް "ރާގޮނޑި އައިލެންޑް" ކިއިދާނެކަމަށް މިހާރު އެބަގަބޫލުކުރެވޭ.
ޝޯމޭން
28 September 2021
ދެރަބަހެއް ބުނާކަށްނޫން އެކަމު ކިތަންމެގިނައެއްކޮށް ވަނަސް ފަޅުތެރެއަށް ވަންނަ ހުރިހާމަހެއް ދާއަޅައިގެން ހިފުމަކީ އެހާ ރަނގަޅުކަމެއް ނޫން. އޯވަރފިށިންގް އަކީ އެކޯސިސްޓަމަށް ވަރަށް ނޭދެވޭ އަސަރުތައް ކުރުވާކަމެއް. ދިގުމުއްދަތައް ބަލައިފިއްޔާ ތިގޮތައް ވަންނަ މަސް މަދުވުން ނޫނީ އައުން ހުއްޓުންވެސް އެކަށީގެންވޭ. ތިގޮތައް ލިބޭ ރޯދިވެސް އެއީ ދިރޭތަކެތި ކަމަށް ވަންޏާ ގޭގެ ފުރިޖުނުފުރާ މާދަމައަށް ދޫކޮށްލުންވެސް ރޯއްޖަކަށް ވެދާނެ.
މަރުދާ
28 September 2021
މިހާރު އަލަށް ކުރާކަމެއްނުން އެއީ ބުރިނީގަ މީގެ ކުރިން ހުއްޓުމެއްނެތި ދުވާލަކަށް 10ހާހުން 15 ހާހުންވެސް ހިފިފަހުރީ. މާތް ރަސްކަލާނގެ ހުރިހާކަމެއްގަވެސް ކުޅަދުންވަންތަވެ ވޮޑިގެންވޭ
އަހުމަދުު
28 September 2021
ލިބޭވަރެއް ހެޔޮވަރެއް ވެގެން ރަނގަޅުކަމެއް ނުވާނެ، ކޮންމެކަމެއްގައި ވެސް ހައްދެއް އޮންނާނެ، ރަށު އާބާދީ 300، ނަގަނީ ކޮންމެ ދުވަހަކު 10،0000، ތިގޮތަށް މަސްވެރިކަން ނުކުރިއްޔާ ރަނގަޅީ
ރަށުމީހާ
28 September 2021
މުޅި ރަށުގެ އަބާދީ 350 ތޯ ނުނީ ރަށުގެ އާބާދީގެ ތެރެއިން 350 މީހުން ތޯ ރަށުގަ މިވަގުތު ދިރި އުޅެނީ
ރަދީފްއޮފިޝިއަލް
28 September 2021
350 އެއީ ބިދޭސީން ވެސް ހިމަނައިގެން އިނގޭ ތޯ. [2014 ވަނަ އަހަރުގެ ތަފާސް ހިސާބް]
މަނާކަމެއް
28 September 2021
ތީ މަނާކަމެއް.. ދާއަޅައިގެން މަސް ނުހިފޭނެ. އެރަށުމީހުން ޖޫރިމަނާކުރަން ޖެހޭ.. އޮންނަންވާނީ މަނާކަންކަމުގަ އެއްހަމައެއް
މަނާމީހާގެ ބައްޕަ
28 September 2021
ކަމެއްމަނާވަނީ ކަލޭބުނީމަތަ؟ޤާނޫނެއްގަ ނުވަތަ ޤަވާޢިދެއްގަ ލިޔެފަ އޮތްތަން ދައްކަދީބަލަ، ރާގޮޑި، ލައްޓި، ކަންނެލި ފަދަ މަސްމަސް ފަޅަށްވަނީމަ ހިފުން "މަނާ" ކަމަށް އޮތް ތަން؟
މަނާ އަމާ
28 September 2021
ކަލޯ ބުރުނީ މީހުނަކާ ނުކުޅެވޭނެ. ރަށުތެރެން ކޮންމެވެސް އެހެންކަމަކާ އުޅޭ.