އެސްޓީއޯގެ ކާޑު ގުދަނަކުން މީހަކު ބަސްތާތަކެއް ގާޑިޔަލަކަށް އަރުވައިގެން ގެންދަނީ: އޮކްޓޯބަރު މަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ވަނީ 100 ޕަސެންޓް ބޮޑުވެފައި.
03 ޑިސެމްބަރ 2016 - 20:09
މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން އެ މަހު މުދަލާއި ހިދުމަތުގެ އަގު 1.7 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ އޮކްޓޯބަރު މަހު އިންފްލޭޝަން ރޭޓް މައްޗަށް ދިޔަ މައިގަނޑު ސަބަބަކީ ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީގެ ބޮޑު ބައެއް އުނިކުރުމާ ގުޅިގެން އަގުތައް މައްޗަށް ދިއުން ކަމަށެވެ. އަދި އޭގެ އިތުރުން ގޭގޭގެ ކުލިތައް މައްޗަށް ދިއުމަކީ ވެސް އިންފްލޭޝަން މަތިވާން ޖެހުނު ސަބަބެއް ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.
އެމްްއެމްއޭ އިން ބުނީ މަހުން މަހަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް 0.4 ޕަސެންޓްގައި ހުރުމަށްފަހު އޮކްޓޯބަރު މަހު ވަނީ 1.9 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ވެސް ކާޑުގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިއުން ކަމަސް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.
ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބެނީ 7.96ރ. އަށެވެ. އޮކްޓޯބަރު އެކެއްގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ ބޮޑުވެފަ އެވެ. ފުށް ކިލޯއެއް ކުރިން ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްވަލަ އަހައްމަދު
05 December 2016
ތީވެސް ބޮޑު އޮޅުވާލުމެއް. %1.7 އަށްވުރެ މާ ބޮޑުވާނެ. މިހާރުގެ ބާޒާރުގެ އަގުތަކަށް ބަލާ މީހަކަށް އެގޭނީ ބާޒާރުގެ އަގުތައް ބޮޑުވިވަރު. ކުރިން 500 ރުފިޔާއަށް ގަތް އެއްޗެއް މިއަދު ގަތީ 620 ރުފިޔާއަށް. ސޭޓްކައިރީގަ އެވާހަކަ ބުނީމަބުނީ ހުރިހާ އެއްޗެއްވެސް މިހާރު ދަނީ ބޮޑުވަމުންނޭ. ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވި ވަރަކަށް އިމްޕޯޓްކުރާ ހުރިހާ އެއްޗެއްސެއްވެސް އަގު ބޮޑުވާނެ ނޫންހޭ.
އިބޫ
04 December 2016
ކާޑު %100 ބޮޑުވީމާ އިނ1ފްލޭޘަން %1.7 ވީމަ މިބުނަނީ މިގއަުމުގައި އެންމެން ކަނީ ނޫޑުލްސް އޭތަ؟ ގައިމު ކާޑު %100 ބޮޑުވީމަ އެހެންނޫންނަމަ އޮންފްލޭޝަން މަތިވީސްދީ
ދޮޅިދާން
04 December 2016
ގައުމުގެ ބަޖެޓްގައިވެސް އަދަދު ތަކެއް ޖަހާހެން ތިވެސްޖަހާލާ އަދަދު ތަކެއް ،އަދަދު އިތުރުވެ ސަރުކާރު މޫނުމަތި ހަޑިވާކަހަލަ ކަމެއް ތިޔަ އޮތޯރިޓީން ވެސް ވެއްޖެއްޔާ ގަވަރުނަރު ފޮޅާލާނެ އެއްނު، ބަލަ މިއީ ގަޓް ސަރުކާރޭ ، އޮބިއަޅައިގެން ވެރިކަންކުރާ ސަރުކާރޭ
ދަށްކުރާނަން
03 December 2016
އޮކްޓޫބަރު މަހު އިންފްލޭޝަން މައްޗަށް ދިޔަ ތަންކޮޅު މަމެން ދަށް ކޮށްލާނަން ވަރަށް ފަސޭހައިން އަންނަ އަހަރު މަމެންގެ މެޖިކް ބަޖެޓް ހިނގަން ފެށުމުން. އެއްވެސް ކުއްޖަކު ހާސް ވާނެ ކަމެއް ނެތެެވެ. ތިއޮތް ރަންރީނދުލޭ މެން ވެރިކަން ކުރި އިރު މަހަކު އިންފްލޭޝަން އަރައިގެން ދިޔާ 50 ޕަރސެންޓަށް. އެހެން ވީއިރު އަދި އެއާއި އަރާ ހަމަ ނުވެސް ވެއެއް ނޫން ދޯ. މަމެން ދެން އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ދަށް ކޮށްލާނަން 0.8 އިން ސައްތަ އަށް.
އޭއި
03 December 2016
ކޯއްޗެކޭ. އިންފްލޭޝަން މަތިވީއޭ. ނޫނެކޭ. އެއީ ހަމަ އަގު އައީއޭ. ދެން ތިޔާ މާލޭގެ ތަންތަނުގެ ކުލި ބޮޑު ކުރި އެންމެންނަށް ރާކަނި މަސްކާން ދޭނަން ބަލަން ތިބެގަ މަމެން ވަން ހަންޑްރެޑް ތައުޒަންޑް ފްލެޓް މާލެ ސަރަހައްދުން އަންނަ ޖެނުއަރީ މަހު ދޫކުރާނެ ކަމަށް އިއުލާން ކުރުމުން. އެއިރުން ކުއްޔަށް އުޅޭ އެންމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން މަމެންގެ ބިއުޓިފުލް އެން އޯސަމް އެެން ފްލޯލެސް ސަރުކާރުން ދޭނަމެވެ. ރަންރީނދުލޭ މެންގެ ކްރުއަލް މައިންޑް ބޭނުން ކޮށްގެން ތަމެން ކުލި ބޮޑު ކޮށްގެން ތިބެގަ. ދެން ކުއްޔަށް ހިފާނެ މީހަކު ނުވާނެ އަންނަ އަހަރަކު. އެއިރަށް ހުންނާނެ ރާކަނި މަސްކެވިފައި އިނގޭ. މިހާރު ވެސް މިކަމާއި މެދު ވިސްނާ ކުލި ދަށްކުރަން އުޅެގަ ހެޔޮ ނުވާނެ. މިހާރު މިހިނގަނީ މަމެން ޕިންކީންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އިނގޭ.
ޔާންޓޭ
03 December 2016
މޮޅު އިކޮނޮމިސްޓު