ބްރިޖުން ބަޔަކު ދަތުރު ކުރަނީ: އޮޅުވާލައިގެން އިންކަމް ސަޕޯޓުގެ ގޮތުގައި ނެގި 4.7 މިލިއަން ރުފިޔާ އަދި ދައުލަތަށް ނުލިބޭ---ފޮޓޯ: މިހާރު
29 ސެޕްޓެމްބަރ 2021 - 14:00
އިންކަމް ސަޕޯޓްގެ ގޮތުގައި ސަރުކާރުން ދިން އެލަވަންސް އޮޅުވާލައިގެން ފަސް މިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކުން ނަގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ދިން އެލަވަންސްގެ ތެރެއިން 4.97 މިލިއަން ރުފިޔާ އޮޅުވާލައިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެކި ފަރާތްތަކުން ނެގި އެވެ. މީގެ ތެރެއިން މިހާތަނަށް 213,884ރ. މިހާރު ދައުލަތުން އަނބުރާ ހޯދާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.
އޮޑިޓް އޮފީހުން ވަނީ މިހާރު އަނބުރާ ނުލިބި ހުރި 4.76 މިލިއަން ރުފިޔާ ވީހާ ވެސް އަވަހަށް ހޯދަން އިލްތިމާސް ކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ކުޑަކުރި މީހުންނާއި އާމްދަނީ ނުލިބޭ މީހުންނަށް އެހީވާން އިންކަމް ސަޕޯޓު ދޭން ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި އެހީ ސަރުކާރުން ވަނީ ފޯރުކޮށްދީފަ އެވެ.
ޖޮބް ސެންޓަރުގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޑައިރެކްޓަރު ޝުހާދު އިބްރާހިމް "މިހާރު" އަށް ކުރިން ވިދާޅުވިގޮތުގައި އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސައްހަ ނޫން މައުލޫމާތު ދީދައިވާ ކަން ފާހަގަކުރެވެ އެވެ. އެހެންވެ، އެކަން ބަލައިދިނުމަށް ފުލުހުންގެ އެހީއަށް އެދުނު ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނުއިރު އިންކަމް ސަޕޯޓުގެ ގޮތުގައި 22,946 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮލް
30 September 2021
އޮޅުވާލައިގެން ނުން.ދިން ފައިސާ.ރައްޔިތުންގެ ފައިސާ ދޭންވާނީ ރަނގަޅަށް ބެލުމަށްފަހު.ރަށް ރަށުގަ ދިރިއުޅޭމީހުންނަށް ފުލެޓްދީފަ ދެން ކިޔަންވީ އޮޅުވާލައިގެންނޭ ފުލެޓް ނެގީ.އޮޅުވާލި ސަރުކާރުންކުރާ ކަންތައް އޮންނާނީ އަބަދުވެސް އޮޅިފަ.
ކޮރަލް
29 September 2021
އިންކަމްސަޕޯޓް ހައްގުވާ ވ ގިނަ މީހުންނަށް ތިޔަ އީ ލިބޭ އެއްޗެއްކަން ވެސް ނޭނގެ އެވެ. ހޯދާނެ ގޮތެއް ވެސް ނޭނގެ އެވެ.
އަންނިބުރޯ
29 September 2021
ފައްޔާޒު ޒިންމާވާން ޖެހޭ.އިސްތިއުފާދީ.
އުނބު ހޯދުން
29 September 2021
ޙަލާލުވާނެބާ؟ ހޯދުނީ އޮޅިގެން ކަމަށްވިޔަސް އަނބުާ ދައްކަން އެންގީމަ ޖެހޭނެ ދޯ ދައްކަން. ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތްތޯ ރޭޑިއޯއިން ގޮވާލާ ދުވަހަކާމެދު ވިސްނާލަން އެބަ ޖެހޭ. ބިރުވެރިކަމެއް!
އެލެކްސް އަންމަޑޭ
29 September 2021
ތިނޫންވަރެއް ދުވަހަކުވެސް ވޭތަ؟