30 ސެޕްޓެމްބަރ 2021 - 20:26
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 19 ވަނަ ފަހަރަށް އިތުރު ކުރަން މިއަދު ނިންމައިފި އެވެ.
ރާއްޖެއިން ކޮވިޑް ފެނިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ މާޗު 12، 2020 ގަ އެވެ.
އޭގެ ފަހުން މިއަދާ ހަމަ އަށް ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމަމުން އައިސްފައިވާއިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމަ އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނާނެ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކަށް މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ.
މި ވަގުތު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ. އާންމުކޮށް ދުވާލަކު ޕޮޒިޓީވް ވަނީ 100-200 އާ ދެމެދުގެ މީހުންނެވެ. ކޮވިޑްގެ ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި މި ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް މިހާރު ވަރަށް މަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޮޕްރެޝަން
01 October 2021
މި ގައުމުގައި ތާރީހު ނުދެކޭ ފަދަ ބޮޑު ހުދުމުހުތާރުވެރިން
ޕިސްޕިސް
01 October 2021
އެންމެން ނިކުމެ މިކަން ހުއްޓުވަންވީ.
ލީޔާކޮއި
01 October 2021
މުޒާހިރާ ކޮއްފާނެކަމުގެބިރައް ބަލަ ދުނިޔެ އުމުރުގަވެރިކަމަކު ނުތިބެވޭނެ އެހެންނޫންނަމަ ފިރުއައުނު ހުރީހެއްނު އެބައިވަރު މުދާގަނޑުހިފައިގެން ކުއްލި ނުރައްކާ އެޖެންޓް 19 ވަނަފަހަރައްއިތުރު ކުރިއިރު ބޭރުގައުމުތަކުން ހަދިޔާކުރިމާސްކެއްހާހިސަބްވެސް ރައްޔިތަކައް ނުދީ ގޭބަންދު ކޮއްދަތި ކުރުން ނޫން ކަމެއްނުކުރޭ ވެދުން
ބިލް ކުލިންޓަން
30 September 2021
ދެން 2023 ގެ ވޯޓުޖެހެންދެން ރާއްޖެ އޮންނަނީ މިހާލަތުގާ.
ބލ ކލނޓ
30 September 2021
އެއްވެސް ޝައްކެއްނެތް. ޔަގީން.
އަހުމަދުެެ
30 September 2021
ކޮވިޑް މިލިއަނަރުން ބިލިއަނަރުންނައް ވަންދެން ހާލަތު ގަ ބާއްވަން ފެނޭ