ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އައްޔަންކުރައްވަން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު.
03 އޮކްޓޯބަރ 2021 - 12:20
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސޯބެ އަށް މަގާމުގެ ލިޔުން ހަވާލުކޮށް މަގާމަށް އައްޔަންކުރެއްވީ މިއަދު ކަމަށެވެ.
ސޯބެ ވަނީ 2011 ވަނަ އަހަރު ފެށިގެން، ލޯކަލް ކައުންސިލްގެ މިދިޔަ ތިން ދައުރުގައި އައްޑޫގެ މޭޔަރުކަން ކުރައްވައިފަ އެވެ.
ސޯބެ އަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ހާސިލު ކުރައްވާފައިވާ އަދި އައްޑޫގައި މަގުބޫލު ކެމިސްޓްރީ ޓީޗަރެކެވެ. އޭނާ ވަނީ ކުރީގެ ސަދަން ސެކަންޑަރީ ސްކޫލު ނުވަތަ މިހާރުގެ މުހިއްބުއްދީން ސްކޫލުގައި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުނި
04 October 2021
12 އަހަރު މޭޔަރުކަން ކުރި. ޢައްޑުއަށް އެއްވެސް ކުރިއެރުމަށް އައިސްފަނުވޭ.
ޠކކޖޖ
04 October 2021
މިދެން ބޮޑުވަރު! މަތިބަރު ސަރުކާރު! ?
ހޯރަބޭ
04 October 2021
މިނިމަމް ވޭޖް ދޭށްވީމަ ބައިތުލްމާލުގަ ރުފިޔާ ނުހުންނަނި. ފާޓީކުދިންނަށް ދެއިރު ދެޅައަށް ބޮނޑެތި މަގާމްތަކާއި ބޮނޑެތި މުސާރަ ދޭށްވީމަ ރުފިޔާ ހުރޭ ބައިތުލް މާލުގަ ވެސް.
ބޮޑުމީހާ
03 October 2021
2023 ގަވެސް ވޯޓް ދޭތި
ނޯބެ
03 October 2021
ސޯބެއަށްތަ އަދިވެސް މަގާމު ދޭންވީ. މިތަނުގަ ކޮމެންޓްކުރާ އަފީފްދީދީއަށް މަގާމެއް ދޭނީ ކޮންއިރަކުންތަ؟ އޭނަ އެކަމަކާމެދު ނުވިސްނާ، ކޮމެންޓްނުކުރާ ކަމެއް ނޯވޭ. އައްޑޫއަށް ހެޔޮއެދިގެން މާލެ މީހުންނާ ޖައްސާލައިގެން ނުލިއާކަށް އެއްޗެއް ނެތް. އޭނައަށްވެސް ކޮންމެވެސް ހެޔޮ ގޮތެއް ހަދައިދޭންވީނު؟ ހަގީގީ ޚިދްމަތެއް ކޮށްދޭނެ މީހުން އިބޫ ސަރުކާރުން މާ ދުރުގަ ތި ބައިތިއްބަނީ.
ފޫހި
03 October 2021
ބުނާނެ އެއްޗެއްނެތް. ހަމަ އައްސަރިބަހާ ސާބަސް.
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
03 October 2021
ނިއުކްލިއާ ހަތިޔާރާ ބެހޭ ވުޒާރާއެއް އުފައްދާ އެތަނުގެ މިނިސްޓަރުކަންތާ ކެމިސްޓްރީ ކިޔަވައިގެން ހުރިމީހަކަށްދޭންވާނީ :ޕ ކީއްތޯދޯކުރާނީ ދިވެހިރާއްޖެއަކީ ވަކިބަޔެއްގެ “ކުންފުންޏެއް” ވިއްޔާ ކުންފުނީގެ ދެންއޮންނަ އިންތިހާބަށްވެސް ހޮވޭނީ ތިމާއަށް ގިނައިން ވޯޓުލިބޭނެގޮތްހީވާކަހަލަ މީހުންނަށް ކުންފުނީގެ ބޮޑެތި މަގާމުތައްދީގެން. އަހަރުމެންމީ ކުންފުނީގެ ލޭބަރުން.
ޑޮކްޓާރ. ބަނާނާ
03 October 2021
ޕާޓީ ކުދިން ކޮޅަށް އިބުރާހީމް ސިޔާސީ ބޮޑު މަގާމުތައް ދެއްވާއިރު ، ކްލަބް ހައުސްގައި ޕާޓީ ކުދިންކޮޅު ގޮވައި ގެން ޕާޓީ ޕްރޮމޯޓް ކުރުން ފިޔަވައި ފާއިތުވެ ދިޔަ ތަނުގައި ތިވިދާޅުވާ ބޭޅުން މަގާމުގައި ދެމިތިބެ އުމުރު ހުސްވީއިރު ރައްޔިތަކަށް ކޮށްދެއްވި އެއްވެސް ކަމެއްނެތް! ވަރަށް ސަލާމް!
ރަދީފްއޮފިޝިއަލް
03 October 2021
އޯއި ތޯ ކޮބާ؟
ޓަކިބެ
04 October 2021
ޢޭނަ ސޯސަލް މީޑިޔާ ތެރެއިން ހާދަ ތަރައްގީ އައްޑޫ އަށް ގެނެސްދީފިއޭ. އެހެންވެ ނަޝީދު އޭނާ އަށް ދެއްވި ހަދިޔާއެއް.
ށަފީގު
04 October 2021
ޢާ ސޯބެ ކްލަބު ހައުސް ގައި މިމަގާމު ހޯދަން ނަޝީދު އާއި އެކު ޕާޓީ ކުުދިންކޮޅު ގޮވައިގެން ވަރަށް ފޮނިކަޑާ ކެމްޕެއިންކުރި. ޢައްޑޫ މީހުން އެތިބީ މަގުމްތިވެފަ. .މީނަޔަށް ކުރެވުނު އެެއްވެސް ކަމެއްނެތް. ޢަދިވެސް މަގާމުދީ.
ކަރީމުއްދީން ބާޝާ
03 October 2021
މިބޯކިބާ ހުހެއްނުވާނެއެވެ.
ހަލީމްބެ
03 October 2021
މަރުޙަބާ ސޯބެ! ކުޅަދާނަ، ހީވާގި އަދި ޙިކްމަތްތެރި ކަން އިސްކުރެއްވި މޭޔަރެއް. އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގޭ އަދި މަޢުލޫމާތު ހުރި މާލިމީއެއް. ކާމިޔާބަށް އެދެން
ޙަކީމް ދީދީ
04 October 2021
ޙީވާގިވެ ކުޅަދާނަ ވީ ކޮންކަމަކަށްތޯ. ހަމައެކްނި ވާހަކަ ދައްކަން ދެއްތޯ. ޢައްޑޫ މީހުން މީނާ މާލިމީ ކަމުގައި ވާވެއްދީ.