04 އޮކްޓޯބަރ 2021 - 11:08
ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް ހޮނިހިރު ދުވަހުގެ ރޭ. ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއާން ހައްޔަރުކޮށްފައި ވާއިރު އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި އޮޕަރޭޝަނެއްގައި އަރިއަންއާ އެކު މިހާތަނަށް އިތުރު ހަތް މީހަކު ހައްޔަރުކޮށް، އެ މީހުން މިހާރު ތިބީ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުގަ އެވެ. އެ މީހުންގެ ބަންދާ މެދު ހޯމަ ދުވަހު ކޯޓުން ވަކި ގޮތެއް ނިންމާނެ އެވެ.
އަރިއަންއާ އެކު ހައްޔަރުކުރި އެންމެން އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުން މަސްތުވާތަކެއްޗަށް ޓެސްޓް ވެސް ކޮށްފައިވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރިޔަން، 23، ޗަރަސް ބޭނުންކޮށްފައިވެ އެވެ. އެއީ ކެނަބިސް އެކުލެވޭ މަސްތުވާތަކެތީގެ ބާވަތެކެވެ.
މި ތުހުމަތު ސާބިތުވެއްޖެ ނަމަ އެއް އަހަރުގެ ޖަލު ހުކުމެއް ނުވަތަ މަދުވެގެން 20،000 ރިޕީސްގެ ޖޫރިމަނާއެއް އަންނާނެ އެވެ. ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން އަރިއަން އަކީ ދޮށީ ދަރިފުޅެވެ. އޭނާ އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
އަރިޔަންއާ އެކު ހައްޔަރުކުރި ކަމަށް މީޑިއާތަކުން ބުނާ މީހުންގެ ތެރޭގައި ދެން ހިމެނެނީ އާންމުންގެ ތެރޭގައި މާ ދަންނަ ނަންތަކެއް ނޫނެވެ. މި އެންމެންނަކީ ވެސް ޒުވާނުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދަރިފުޅުގެ ހައްޔަރާ އެކު ޝާހުރްކް މިހާރު ވަނީ އޭނާ ކުރަމުން ދިޔަ ފިލްމީ މަސައްކަތްތައް ވެސް ވަގުތީ ގޮތުން ހުއްޓާލައިިފަ އެވެ. ޝާހްރުކް އޮތީ ދެ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ "ޕަތާން" އާއި "ލަޔަން" އެވެ. އަދި "ޕަތާން" ގެ ޝޫޓިން އަށް މި މަހުގެ ތެރޭގައި ސްޕެއިނަށް ދާން އޮތް ދަތުރު ވެސް މިހާރު ކެންސަލްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
04 October 2021
ކަލޯ ތިހިރީ މިހާރު ފިލުމުކުޅެން ޝަރުތުހަމަވެފަ.
ހުސެންދީ
04 October 2021
މީ އެމެރިކާއަށާއި އޫރަޕަށް ކިޔަވަން ފޮނުވީމާވާ ގޮތް. އިންޑިއާ ޕޮލިހުން ރަނގަޅު. ރާއްޖޭގައި ވ.އަންބަރާގައި ޑްރަގު ބޯއެގެން ޕާރޓީ ކުރި އެއްވެސް މީހަކަށް އަދުވާ ނުކޮށް އެންމެން ދޫކޮށް. ޖާބިރާ ޣަފޫރާ އަދި ޒަކީ ވެސް ދޫކޮށްލީ. މަތީ ފެންވަރުގެ މީހުންނާއި ބޮޑެތި މީހުންގެ ދަރިންވީމާ. އިންޑިއާއިން ނުބަލާ ބޮޑެއް ކުޑައެއް
ށަވިޔަނި
04 October 2021
އިންޑިއާއިންވެސް ކުޑަބޮޑު ބަލާ އެކަމަކު ފަހަކަށް އައިސް ރާއްޖެއަށްވުރެ އެކަން ހިނގާވަރު މަދު.