ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓުދީފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އޮކްޓޯބަރ 2021 - 12:25
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ޖަމާކޮށްފައި ހުންނަ ކުނިތަކުގައި މިހާތަނަށް ފަސް ފަހަރު އަލިފާން ރޯވެފައިވާ ކަމަށާއި މިއީ ބަޔަކު ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.
އިއްޔެ އިރުއޮއްސުނު ވަގުތުވެސް ހިޔާ ފްލެޓުތަކުގެ އެޗް 3 އަދި އެޗް 4 އާ ދެމެދުގައި ހުރި ކުނިތަކެއްގައި ރޯވެގެން، ފަޔާ އެންޑް ރެސްކިއު އިން ގޮސް އަލިފާން ނިއްވާލާފައިވެ އެވެ.
ހިޔާ ޔޫނިއަން އިން ބުނީ މީގެ ކުރިން ގިނައިން ރޯކުރީ އެޗް10 ގެ ކުރިމަތީގައި ކަމަށެވެ.
ބައެއް އާއިލާތަކުން މިހާރު ފްލެޓްތަކުގައި ދިރިއުޅެން ވެސް ފަށާފައި ވާއިރު، ފިނިޝިންގެ މަސައްކަތް ކުރަމުން އަންނަ ފްލެޓްތަކުން އުފެދޭ ކުނި އެއްކުރަނީ ދެ ފުލެޓު ދޭތެރޭ ހުންނަ ޖާގައަށެވެ. ހިޔާ ޔޫނިއަން އިން ބުނީ އެ ސަރަހައްދަށް ކުނި ގިނަވެ މިހާރު ބައެއް ޓަވަރުތަކަށް ވަންނަން އުނދަގޫވާ ވަރަށް ކުނި ޖަމާވެފައިވާ ކަމަށެވެ.
"ރޯކޮށްލަނީ ޓަވަރުތަކުން ކުނި ނެރެފަ ދެ ޓަވަރު ދޭތެރޭގައި ބަހައްޓާފަ ހުންނަ ކުނި ފުނިތަކުގަ. އެ ކުނިތައް އެޗްޑީސީން އޭރު ހުރީ ނުނަގާ. ފަހުން ދެން އެޗްޑީސީން ކުނި ނުނެގީއޭ ކިޔާފަ އެތަންތަނުގައި ބަޔަކު ނުކުމެ ރޯކުރުން އެއީ ހަމަޖެހޭ އުސޫލެއް ނޫން،" ހިޔާ ޔޫނިއަން އިން ބުންޏެވެ.
ޔޫނިއަން އިން ބުނީ މިއީ އެންމެންގެ ސަލާމަތާއި މުދަލަށް ހުރި ނުރައްކަލެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ކޮންމެ ފަހަރަކު ވެސް ސިނގިރެޓު ފިލްޓަރު ވެއްޓިގެން ނޫނީ ކޮންމެވެސް އެކަހަލަ ކަމެއް ވެގެން ކަމަށް ބުނަނީ. އެކަމަކު މިހާރު ކޮންމެ ފަހަރަކު އެހެން ވާތީ ގަބޫލުކުރަން ދަތި."
ފުލެޓުތައް ދޭތެރެއަށް ޖަމާވާ ކުނި އެޗްޑީސީން ނުގަނާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރުމުން، ފުލެޓުތަކާ ތަންކޮޅެއް ދުރަށް ކުނި އެޅުމަށް އެޗްޑީސީން އަންގާފައިވާ ކަމަށް ހިޔާ ޔޫނިއަން އިން ބުންޏެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވީ ތަކުރާރުކޮށް ކުނިތަކުގައި ރޯކުރާ ކަމުގެ ޝަކުވާ ލިބިފައި ނުވިޔަސް އިއްޔެގެ ހާދިސާއަށް އެޗްޑީސީން އެޓެންުޑުވެ އަލިފާން ނިއްވާލާފައިިވާ ކަމަށެވެ.
ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ޖާގަތަކުން ހުއްޓާނުލައި އެޗްޑީސީން ކުނި ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް 6،000 އެއްހާ ޔުނިޓުން ނެރޭ ކުނި އެހާ އަވަހަށް ހުސް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ ތިން މަސްތެރޭ އެކަން ހައްލުކުރުން، ކުލި ނަގަން ވާއިރަށް،" މަޝާރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑއިރީ
06 October 2021
ގޮޑު ހެދީމަ ރޯކުރަނީ. ޢެއީ ދިވެހިންގެ ސަގާފީ ކުޅިވަރެއް. ޢެހެންވެ ތިލަފުއްޓަ ގޮޑު ބަދަލުކުރީވެސް.
ބޮޑުމީހާ
06 October 2021
ކުނި ނަގާނެ އިންތިޒާމު ހަމަޖެހިފަހުރިނަމަ ތިހެން ކިޔާކަށް ނުޖެހޭނެ
ޢަރުތަ
06 October 2021
ކުނި ނަގާނެ އިންތިޒާމު ހަމަޖެހިފަނެތީމަ އިރުއިރުކޮޅާ އެތާ ރޯކޮށްލަން ޖެހޭނެބާ! ރޯކުރުމުގެ ސަބަބުން ފްލެޓްތަކަށާ އެތަނުގަ އުޅޭ މީހުނަށް ލިބިދާނެ ގެއްލުމަކަށްވެސް ވިސްނާލުމެއް ހަމަނެތީއުތަ، ތިހިރަ ވިސްނުމަކަށް ހަމަ ސާބަސް.
އައިމިނާ
06 October 2021
ގާނޫނާއި ގަވާއިދަށް ބޯލަނބަން ޖެހުމަކީ ދިވެހިންގެ ބަލިފައި. ކިޔަމަން ގަތުމަކީ މީހާގެ އަގު ވެއްޓި ގަދަރު ކުޑަވާ ކަމަކަށް ދެކެނީ. ފްލެޓް ތަކުގެ ލިފްޓަށް އަރަން ދާ ގޯޅީގަ ގާކުނޑި އާ ބަސްތާތަށް ޖަހާ ފުރިފަ ފިޔަވަޅު އެޅެނީ ކިރިޔާ. މީގެ ސަބަބުން އުނދަގޫވަނީ އެއްމެއްނަށް. ވިސްނާލުން ރަނގަޅު.
ލާމަސީލު
07 October 2021
ތިހުރިހާ ތުރާނުޖެހުނީސް ތިތަން ޓައިލް ޖަހާނދޮރުއަރުވާފަ ނިންމާފަ ދިންނަމަ. ކޮންސްޓަކްޝަން ސައިޓް ތަކަށް ދޭބަލަ ތިގޮތަށް ނޫންތޯ ހުންނަނީކީ.
ދެރަކަމެއް
06 October 2021
ޙިތާމަވެރި ހާދިސާއެއް ހިނގުމަށް މެދުވެރިވާފަދަ ގޮތަކަށް ކަން ކަން ދިޔައީ އެޗްޑީސީއިން ހިޔާގެ ވެރިނަނަށް ގަސްދުގަ ޖެއްސުން ކުރުމަށް ކުނިތައް ނުނަގާހުރުމުން. ޙިޔާގެ ހުރިހާ ކަމެއްގައި އެޗްޑީސީން ދަނީ ރައްޔިތުންނަށް ޖެއްސުންކޮށް އުނދަގޫކުރަމުންް.
މަހޯލި ޝަރަފިއްޔާ
06 October 2021
ފިޔަވަހި -2ގެ އަވިފްލެޓް ތައް ހުންނަ ސަރަހައްދުގައި ރައްޔިތުން ތަނުގައި ދިރިއުޅެން ފަށަން ކުރަން ޖެހޭ މަސައްކަތް ކުރަމުން އެބަ ދެއެވެ މިފޯރީގައި ރައްޔިތުން ހިތާ ރޫޙުން ޤުރުބާން ވަމުން ދާއިރު ނުފެންނަނީ ދަށްވެގެން އުޅެނީ ސަރުކާރުން އަދާކުރަން ޖެހޭ ބައެވެ ތަން ހީވަނީ ތިލަފުށީ ސަރަހައްދުހެނެވެ ޖެހޭ ވައިރޯޅިޔޢްި އެކު ލޮލަށް ބޮލަށް ބުރަނީ ކުންޏެވެ ސައިކަލެއްގަ ވެލިމަފުގަ ދިޔަސް ދަނގަޑުބިރިތަކާ މަގު ހުރަހަށް ބިންމަތިން ދަމާފަ ހުރި ކަރަންޓް ނަރުތަކެވެ
ކުރީމާލެ
06 October 2021
މާލޭގަވެސް ގޭގެއިން ކުނިނެގުމުގެ ޚިދްމަތް ނުދޭއިރު އެންމެ ކުރީގަ ކުނި އެޅޭ ކުނިކޮއްޓަކަށް. ތިޔަ ފްލެޓްތައް ކައިރީ ހުސްކޮށް އެބަ އޮތް ބައިވަރު ޖާގަ. ކުނި ކޮށްޓެއް ހަދާނަމަ އެންމެން އެތަނަށް ކުނިތައް އަޅާ ގޮތަށް. ހުރިހާ ކަމެއް ވަގުތީގޮތުން ގާއިމުކުރާއިރު ވަގުތީ ކުނިކޮށްޓެއްވެސް ހެދިދާނެ. ފްލެޓްތަކާ ދުރަށް ކުނި ޖަމާކުރުމަކީ މުހިއްމުކަމެއް.
ލައިޓްރޫމް
06 October 2021
އެޗްޑީސީން ދެން އެކުނިތަށް ނަގަނީ ކޮން އިރަކުން ތޯ؟ ފްލެޓްތަކުގެ ސިޑި ތަކާ ހަމަޔަށް ކުނިތަށް ޖަމާކޮށްފަ. މީހުންގެވެސް މައްސަލައެބަހުރި ބޭރު މީހުން ލައްވާ ކުނިއަޅަން އޮންނަ ސަރަހައްދު ނޫން ތަންތަނަށް ކުނި އަޅަނީ.
ޙަބީބު
06 October 2021
ފުލެޓު ތަކުގެ ތިރިން ޖާގަހުސްކުރިތާ ސިނގިރޭޓު ބުއިމައް ހާއްސަ ގޮޅިޔެއް ތައްޔާރު ކުރުމައް ގޮވާލަން އެތާހުންނަންވާނީ ދަގަނޑު ގޮނޑި ވަށައިގެން ބިއްލޫރިޖަހާފަ ދުންހޮޅިލާފަ އެނޫންތާކު ސިނގިރޭޓު ބޮއެފިނަމަ ވަގުތުން ޖޫރިމަނާކޮއް ޖަލުހުކުމެއް އަންނަންޖެހޭ ހަރުކަށި ވެގެންނޫނީ ބެންޑުވެފަ ތިބި ބިޑިބޯ މެން ހަމަޔަކައް ނޭޅުވޭނެ
ށަވިޔަނި
06 October 2021
ފްލެޓް އެޅުމުގެ ކުރިން އެތަނަށް ވަންނަ މީހުން އިސްލާހުކުރަން އެބަ ޖެހޭ. މީހުން ފުރިހަމަ މީހުންނަށް ހަދަންޖެހޭ. ނުބައިކަމުގެ އިންތިހާއަށް ގޮސްފައިތިބި ބައެއް. ވެރިން މިތިބެނީ އަދި ރަނގަޅުވާނެ ތަސްބީހަކިޔަކިޔާ. ބަލަ ﷲ އަންގަވަނީ ހަރުކަށި އަދަބުދޭށޭ.
އާސިމާ.
06 October 2021
ހާދަހާ ބޮޑު ވެއްޖެ ކަމެކޭ. ތިޔަ ހިޔާއަކުން ނައްތައެއްނުލިއެއްނު. މި ޤައުމުގައި ދިރިއުޅޭ އެހެން ބަޔަކު ނެތީތަ ؟ ތިތަން އެކަނިތަ މީހުން އުލޭ އިމާރާތަކަށް ރާއްޖޭގައި ހުރީ؟
ޢާސިމާތީބޮޑުވަރު
06 October 2021
ބޭފުޅާއަށް ހިޔާ ފުލެޓު ނުލިބުމަކީ، ފުލެޓުލިބުނު މީޙުންދެކެ ތިހާ ރުޅިއައިސް ނަފްރަތު ކުރަންޖެހޭކަމެއްނޫން. ޙިޔާފުޅެޓު ލިބުނު މީހުންދެކެ ތިބޭފުޅާ ކިތަންމެ ރުޅިއަޔަސް ފުޅެޓެއް ނުލިބޭނެ. ޢެހެން މީހުނަށް ލިބޭ ނިއުމަތްތަކަށް ތިހާވަރަށް ޖެލެސްވާކަށް ނުވާނެ އާސިމާ.