މީހެއް ހިފައިގެން ހުރި ކުޑައެއް ވަޔާ އެއްލާލަނީ-- ފޮޓޯ / މިހާރު
16 އޮކްޓޯބަރ 2021 - 14:33
ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެ އަށް ވެސް ވައި ގަދަވެ، މޫސުން ގޯސް ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާ ކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ވައި ގަދަވާނެ ކަމަށާއި ވައި ޖެހޭނީ 28-18 މޭލުގައި ކަމަށެވެ. އެހެންކަމުން މުޅި ރާއްޖެ އަށް ރީންދޫ އެލާޓް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދުވަސްވަރަކީ ވައިބާރުދުވަސް ވަރެއްކަމުން ބްރިޖް އިން ދަތުރުފަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވާ!
— NDMA Maldives (@NDMAmv) October 16, 2021
"އެކި ހިސާބުތަކަށް ވަރަށް ވައި ގަދަ ވާނެ. އެއީ ރާއްޖެ މަތީ ލޯ ޕްރެޝާ ޓްރަފްއެއް އޮތީމާ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އަންނަ އަންގާރަ ދުވަހާ ހަމައަށް މޫސުން އޮންނާނީ "މި ކަހަލަ ގޮތަކަށް" ވައި ގަދަކޮށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވެސް ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއަދަށް ވުރެ މާދަމާ ވައި މާ ބާރު ވާނެ ކަމަށާއި އޭގެ ފަހުން ވައި މަޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Barricade fuluhunge amurah nukiyamantheri vejjeh. pic.twitter.com/aqf0cLu8A7
— SHAFRAZ (Voice.mv) 🇲🇻 (@XefroX) October 15, 2021
އިއްޔެ ހަވީރުން ފެށިގެން ބަނަކޮށް އޮތުމަށް ފަހު، ރޭ މާލެ ސަރަހައްދުގައި ވަރަށް ވައި ގަދަވި އެވެ. އަދި ސިނަމާލެބްރިޖުން ދަތުރުކުރި ބައެއް މީހުން ވެސް ވައިގަދަކަމުން ކުރިއަށް ނުދެވިފައި މަޑުކޮށްގެން ތިއްބެވެ. ރޭ ވައި ހުރީ 37 މޭލު ބާރު މިނުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރު އާދަޔާ ހިލާފަށް ވައި ގަދަވާނެތީ، ކަނޑުދަތުރު ކުރާ މީހުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިތެޔޮގުޅި
16 October 2021
ކީއްތަވާނީ ރައީސްގެ ހެޔޮފުޅުކަމުން އާދީއްތަ ދުވަސް ބަންދުކޮށްދިނިއްޔާ، ހޯމަ ބަންދު އިރު؟
ވާލުނަޔާ
16 October 2021
މެޓުގެ ކުދިންނަށް ހާދަ ފޯރި އަރައޭދޯ. ކިތަންމެ ފޯރި އެރިޔަސް މެޓުގައި ނުހުންނަަ ކަމަށް ވަނީ ވަޔާއި އޮޔާއި ބެލޭކަހަލަ ރަނގަޅު ނިޒާމެއް. މިބުނަނީ ޓެމްޕަރޭޗަރ ބަލާ ސެންސަރ އެއް ނެތެކޭނޫން. ހުޅުލޭ ސެންސަރ އަށް ރީޑު ކުރާއިރު މާލެޔަށް އޮންނާނީ އަސަރުކޮށްފައި. ކަމަކު ނުދޭ މިޒަމާނަކަށް .
މެޓުބެ
16 October 2021
ހީވެގެން ވާހަކަ ދައްކާނީ ހޮޅުއަށީގަ. މެޓުން އިންޒާރު ދިނީމާ ޖޯކު ޖަހާތީ ހިތާމަވެރި އެކި ހާދިސާތައް މި ދިމާވަނީ. އެންމެ ފުރިހަމަ ނޫނަކަސް މެޓުގެ މުވައްޒަފުން ކުރާ މަސައްކަތް ބަލައިގަނެގެން ނޫނީ މޫސުމީ އަރައްކާތަކުންނާއި ސުނާމީ ފަދަ ކާރިޘާތަކުގެ މަޢުލޫމާތު ލިބުން ދަތިވާނެ. ޝުކުރިއްޔާ
ރަޔާން
16 October 2021
މަވެސް މިއުޅެނީ ރާއްޖޭގަ. މުޅި ރާއްޖެއަށް އެލާރްޓް ނެރޭތަ 2 ދުވަސްވީ. އެކަމަކު ހަމަ ނުލާހިކު އުޑުމަތި ސާފު
ދުނި އީސަ
16 October 2021
ވިއްސާރަޔާ ވާރެޔާ މޫސުން ވަކި ކުރަން ނޭނގޭކަން އެނގެނީ ކަލޭގެ ތި ކޮމެންޓުން.
ސާފު
16 October 2021
ޢެލާޓް ނެރެނީ ޢުޑުމަތި ނުސާފު ވެގެނެއް ނޫން އިނގޭތޯ
ފޮނިފޮނިޓައްޕު ކުމާރު
16 October 2021
ރައްޔިތުން ރަޖާލައިގެންލިބުމަށް އިލްތިމާސްކުރަން.
ޓައްޕޫ
16 October 2021
އެހާ ވައިގަދައިއްޔާ ރަޖާވެސް އެއްލާލާނެ.