އޭ ލެވެލްގައި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންތަކެއް، ރައީސް އިިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
17 އޮކްޓޯބަރ 2021 - 23:55
މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގެ އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ އެވެ.
މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ ގަދަ 10ގެ އެއްވަނަ ލިބުނީ ސީއެޗްއެސްއީގެ ފަސް ދަރިވަރަކަށެވެ.
އެކި މާއްދާތަކުން 33 ދަރިވަރަކު ދުނިޔޭގެ ފެންވަރުގައި އެކި ވަނަތައް ހޯދިއިރު، އެކި މާއްދާތަކުން ރާއްޖެ އިން އެއްވަނަ 12 ދަރިވަރަކު ހޯދި އެވެ.
އޭ ލެވެލްގައި ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން އެއްވަނަ ހޯދި ރިސްލާއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ ދަރިވަރުންނަށް އެވޯޑު ދިނީ، ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރާއްޖެ އާއި ދުނިޔެ އިން އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށް މެޑަލް އާއި އެވޯޑު ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
- އަހުމަދު ހިޒާމް ހަލީމް، އައްޑޫ ހައި ސްކޫލު (ބިޒްނަސް)
- މަރިޔަމް ރޫޔާ އިސްމާއިލް، ސީއެޗްއެސްއީ (އެކައުންޓިން)
- މަރިޔަމް ލަޔާލީ މުހައްމަދު، އައްޑޫ ހައި ސްކޫލު (އެކައުންޓިން)
- އަހުމަދު ނިސާލް އަބްދުﷲ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ބިޒްނަސް)
- ނަސަމް ނަސީމް، ސީއެޗްއެސްއީ (އެކައުންޓިން)
- އާދަމް އަނޫސް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު (އެކައުންޓިން)
- އަނާ ހަސަން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (އެކައުންޓިން)
- މައިހާ ހަސަން، އައްޑޫ ހައި ސްކޫލު (އެކައުންޓިން)
- އައިޝަތު ރިސްލާ އުމަރު، ހދ. ކުޅުދުއްފުށި، ވިނަމާގެ، ސީއެޗްއެސްއީ.
- މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ.
- މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ ދެވެލި، ސީއެޗްއެސްއީ.
- މަރިޔަމް ޒައިނާ މުހައްމަދު ސޯލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ.
- ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ.
އޭ ލެވެލް އިމްތިހާނުގައި ރާއްޖެ އިން 1،677 ދަރިވަރަކު ބައިވެރިވި އެވެ. އޭގެ ތެރެއިން 218 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލް؟؟؟
19 October 2021
ތިޔަ މިނިސްޓަރގެފަރާތުން މުޖްތަމައައް ރައްޔިތކައްވީފައިދާއެއް އެބައތޯ ފުރަތަމަ ކަމަނާގެ އަމިއްލަނަފްސައް ސުވާލްކޮއްލައްވާ؟ ވެގެން އުޅޭގޮއްވަރައްސާފް މިނިސްޓރ އާއިމިގައުމުގެ ގިނަވެރިންނާއި ވެރިންގެ ދަރިންނައް ވާސިލްނުވާ ހިސާބައް މިގައުމުގެ ނިކަމެތި ރައްޔިތުންގެ އާދައިގެ ކުދިންތަކަކައް މިފަދަރިކޯޑް ތަކެއް ލިބުނީމަ ދެރަވަނީ ޑުރަގް ފިލުވާނުލެވިގެން އުޅެނީވެސް ހަމަ އެހެންވެގެން ނިކަމެއްޗެއްގެ ދަރިޔަކު މަތީތައުލީމް ހާސިލްކޮއް ވެރިކަމައް އަތުވެދާނެތި
އަޗީމީ ހިމި
19 October 2021
އެކައުންޓިންގ… އެކަމު ވަޒީފާ ދެނީ ލަންކާ މީހުންނައް!
އާސިޔަތު.
18 October 2021
ކިޔަވާ ދިނުމުގައި އަދި ސްކޫލް މެނޭޖްމެންޓަށް ބެލި ކަމުގައި ވިޔަސް އަނެއްކާ ސުކޫލްގެ މާހައުލާއި ކުދިންނަށް އޮތް ފުރުސަތު ތަކަށް ބެލިކަމުގައިވިޔަސް ކ.އަތޮޅު މާލޭގެ ސްކޫލް ތަކަށްވުރެން މިހާރު އައްޑޫ ހައި ސްކޫލް ހުރިހާ ގޮތަކުންވެސް ރަނގަޅު ވާނެ. މާލޭގެ ސްކޫލް ތަކުގައި ތިބި ގުރޭޑް 7 ކާއި 8 ގެ އައްޑޫކުދިން އަވަހަށް އަމިއްލަ ވަޒަނަށް ބަދަލު ވާންވީ. އާއިލާ އަށް ލިބޭ ހުރިހާ ފައިސާއެއް މާލޭ މީހުނަށް ކުލިދައްކާން ޙަރަދު ކުރަން ތިތަނުގައި ތިބޭނެ ކަމެއްނެތް.
އިއްސޭ - އައްޑޫސިޓީ
18 October 2021
އައްޑޫ ހައި ސްކޫލަކީ ކިޔެވުމުގައި މާލެއަށްވުރެން ކާމިޔާބު ތަނެއްކަން އެ ސްކޫލުން ދައްކާދީފި. ކުދިންނަށް ކިޔަވާދިނުމަށް މާލެ އަށް ހިޖުރަކޮށްގެން ތިބި އައްޑޫ މީހުން އަލުން އެބުރި އައްޑުއަށް އަންނާންވީ ވަގުތަކީ މިއީ. ކިޔެވުމާއި އުފާވެރި ދިރިއުޅުމެއް މިސިޓީން ލިބެން އޮތް އިރު ގޮނޑެއްފަދަ ރަށްގަނޑެއްގައި ތިބެ ކުދިން ހަލާކު ކުރާނެ ކަމެއްނެތް. ސްރީލަންކަން ފެއްޓުމުން ގަމުން ބޭރަށް ވެސް ދެވޭނެ ޗުއްޓީ އަށާއި ބޭސް ފަރުވާއަށް.
ހޯމްވަރކް
18 October 2021
ޓެސްޓްދިނުން ހުއްޓާލައި ފެންވަރު ދައްތައްލީމެއްދެމުންދާތީ ގައުމުގެ އަގުހުރިދަރިން ބޭކާރުވަމުންމިދަނީ. ސްކޫލުން ކިޔަވައިދެވޭފެންވަރެއްގެ ޓީޗަރުން ނުފެނޭ.ކުއްޖާގެ ނުހުރޭ އަމިއްލަޔަށް ހޯމްވަރކް ހަދާލެވޭވަރުގެ އިލްމެއްވެސް. ޓިއުޝަނަށްދިޔައިމަ އުމުރުދުވަހު ހޯމްވަރކްހަދާދޭ ޓީޗަރެއްނުހުރޭ ޓެސްޓްޕޭޕަރު ހަދާދޭކަށް. އެހިސާބުން ކުއްޖާވަނީ ފެއިލް.
ޢަހްމަދުބެ
18 October 2021
ޥަރަށް ކާމިޔާބުދީ
ކަކުނިބޯ
18 October 2021
ޢޭލެވަލް އަދި އޯލެވަލް އެގްޒާމް ޤައުމީ ޔުނިވަރސިޓީގެ އެގްޒާމްއަކަށް ބަދަލުކުރަންޖެހޭ. ޢިގިރޭސިވިލާތަށް ޖިޒީދެއްކުން ހުއްޓާލަންވެއްޖެ
ކައްލަބަ.
18 October 2021
ކަލޭމެން މާލޭގައި ތިކަން ބާއްވާ. އައްޑޫ މީހުން ނޫޅޭ ކަލޭމެންގެ އެގްޒޭމްތަކުގައި ބައިވެރިވާކަށް. ތިހެން ހަދައިފިނަމަ އަހަރުމެން ދާނީ ބޭރު ޤައުމުތަކުގައި އެްޒާމްގައި ބައިވެރިވާން.
އޮނަރަބްލް އަފީފު ދީދީ
18 October 2021
މަރުޙަބާ އައްޑޫ ހައި ސްކޫލް. !! ސްކޫލް މެނޭޖްމަންޓުން ވިސްނާ ޕްލޭންކޮށް މަސައްކަތް ފައްޓާންވީ 2023 ނުވަތަ 2024 ވަނަ އަހަރު އޯލެވަލް އާއި އޭލެވަލް ގެ ގަދަ 10 އެއީ އައްޑޫ ހައި ސްކޫލްގެ އެއްޗަކަށް ހަދާން. # އަޑު އިވޭގޮތުން އިންޑިޔާ ސަރުކާރުން ގެންނަ ބަދަލު ތަކަކާއިއެކު 2022 ފެށިގެން އިންޑިޔާއިން ރާއްޖެއަށްދޭ ސްކޮލާރޝިޕް (މެޑިސިންގ ކިޔަވާ ކުދިންނަށް ދޭ ޖާގަވެސް ހިމެނޭގޮތަށް) ގެ ތެރެއިން %50 ޖާގަ ޙާއްސަކުރާނީ މިސަރަޙައްދުގެ ސްކޫލް ނިންމާ ކުދިންނަށް.
އިދުހާމް.
18 October 2021
މިސްރާބެއް އޮވެގެން ތިކަމަށް މަސައްކަތް ކޮށްފިނަމަ 2 އަހަރު ދުވަހުން ތިކަން ހާސިލްކުރެވިދާނެ. އައްޑުއަކީ ވަރަށް ހުނަރުވެރި ކުދިން ތިބިތަނެއް. އައްޑޫ ހައި ސްކޫލަށް ތިކަން ކުރެވޭނެ.
މަސަލަސް
18 October 2021
ވަރަށް އުފާވެ، ޤަބޫލުކުރަން ބޭނުމީ \މިކުދިންގެ ހިލްމްވެސް ފުރިހަމަވެސް މަސައްކަތުގެ މައިދާނަށް ވެސް ތައްޔާރު ވުމަށް އަހުލުވެރިވެ އަދި ކަސްރަތުގެ ހަރަކާތުގެ ހަމަ އެހާ ރަނގަަޅުވާނެކަމަށް! އެކަމަކު އެންމެ ދެރަވާކަމަކީ ސައިންސް ސްޓީރީމް ގެ އެއްވެސް ކުުއްޖެއް ނުހިމެނޭ ކަން. މިކުދިން ޑިގްރީ ހަދައިގެން އައިސް، ރިސޯޓް ތަކުގެ ތިބޭ ސްރީލަންކާގެ އެކަައުންޓަންޓުގެ ބަދަލުގެ މި ކުދީންނަށް ވަަޒީފާގެ ފުރުޞަރު ލިބޭނެ ކަމަށްވެސް އުއްުމީދު ކުރަން!
ސޮކެޓު
18 October 2021
އައްޑޫ ހައިސްކޫލުން ހޯދި ކާމިޔާބީއަށް މަރުހަބާ.