ކަނޑުގަދަ ވަގުތެއްގައި ކޯސްޓްގާޑުގެ އުޅަނދެއްގެ ފޮޓޯއެއް -- ފޮޓޯ: އެމްއެންޑީއެފް
18 އޮކްޓޯބަރ 2021 - 12:22
އެމްއެންޑީއެފުން ބުނެފައި ވަނީ އޭނާ ވެއްޓުނީ ކާށިދުއާ 11 ކިލޯ މީޓަރު ދުރަށް.
ފުލުހުން ދެންމެ ބުނީ މުދާ އުފުލާ ދޯނިން ކާށިދޫ ކަނޑަށް ވެއްޓުނު މީހާ ފަތާފައި ގޮސް ކާށިދު އަށް އަރާފައިވާ ކަމަށް. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށް ވެސް ފުލުހުން ބުނޭ.
ހުޅުމާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި "އެސްޓްރިޑް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކުން ކާށިދޫ ކަނޑަށް މީހަކު ވެއްޓި ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކާށިދޫ ކަނޑަށް ގެއްލިގެން މިއަދު 11 ޖަހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާާޓެއް ކަމަށެވެ.
ތަފުސީލު އަންނަނީ...
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިއީ ބަޠޮލެއް
18 October 2021
ތިއީ މިޤައުމަށް ބޭނުންވާފަދަ ޒުވާނެކެވެ. ކުޅަދާނަ ހިތްވަރުގަދަ ބަޠޮލެކެވެ. ގަދަ ވިއްސާރައިގައި، މަޝްހޫރު ކާށިދޫ ކަނޑު އޭގެ ވަރުގަދަ ހައިބަތުގައި ވަރުނަގަމުން ގެންދިޔައިރު އަމިއްލަ ހުނަރު ބޭނުންކޮށް އެކަނޑުގައި އޮޔާއި، ވަޔާއި ހަނގުރާމަކޮށް އައްސޭރިޔަށް އާދެވުމަކީ ﷲގެ ނިއުމަތެވެ. މިޒުވާނާ ހުންނަންޖެހޭނީ މުދާ އުފުލާ ދޯންޏެއްގައެއް ނޫނެވެ. މަގޭ ދުޢާ އަކީ އޭނަގެ ހުނަރާއި އެއްވަރުގެ ވަޒީފާއެއް ﷲ އޭނައަށް މިންވަރު ކުރެއްވެވުމެވެ! އާމީން،
ޔާންޓެ
18 October 2021
ކީއްވެ އޭނަ ފުލުހުންގެ ބެލުމުގެ ދަށައް ދާންވީ؟ ފަތާފަ އެރުމަކީ ކުށެއްތަ؟
ރަދީފްއޮފިޝިއަލް
18 October 2021
ގެއްލިގެން ރިޕޯޓްކުރާ މީހުން ފެނުނީމަ އަމަލުކުރަންޖެހޭ ގޮތެއް ލިޔެވިފަ އޮވޭ.
ނީމާ
18 October 2021
ٱلْحَمْدُ لِلَّٰهِ
ތަޢުރީފް ޙައްޤު
18 October 2021
އަލްޙަމްދުލިﷲ! މާ ޝާ ﷲ! ތިމީހާއަށް އެވޯޑު ޙައްޤެވެ. ތިއީ އަސްލު ހީރޯ އެކެވެ. ތީނަ އަށް މަޖްބޫރު ކޮށްގެން ނަމަވެސް، ކޯސްޓް ގާރޑް ގެ ރެސްކިޔު ބައިގެ ޓްރެއިނަރ އަކަށް ލާން ފެނެއެވެ. އެ ހިތްވަރުގަދަ ފަހުލަވާނުގެ އިންޓަވިއު އެއް މިހާރު ނޫހުން ގެނެސް ދިނުމަށް އެދެމެވެ.
ވަހީދު
18 October 2021
ދެތިން ދުވަސް ފަހުން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައި އޮއްވައި ވެސް ތި ދަތުރުތައް ތިކުރަނީ ހަމަ އެހާ އާރޖެންޓީޓަ؟
ގަދަކަނޑު
18 October 2021
ތިމީހާއަށް ކޯސްޓްޤާޑުން ވަޒީފާދޭންވި ތީ ގަދަ ގޮލައެއް!
ގަލަން
18 October 2021
ހެލްމެޓެއް ނާޅާނެ. ލައިފް ޖެކެޓެއް ނާޅާނެ. ގަވާއިދު ހަދާފަ ގެޒެޓް ކުރީމަ އެނިމުނީ. ތަންފީޒީ އިދާރާތަކުން ވެސް ތަންކޮޅެއް ހަރުކަށިވެ ގަވާއިދު ބަދަލުކޮށްގެން ނަމަވެސް ލައިފް ޖެކެޓް ނާޅާ ކަނޑުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކަށް އަދަބު ދޭން އެބަޖެހޭ. ކިތައް މީހުން މަރުވީމަތޯ "ލައިފް ޖެކެޓް އާއި ހެލްމެޓް އެޅުން މަޖުބޫރު" ކުރާނީ؟؟
މަމީ
18 October 2021
ޕޮލިހުން ތިބީ ދެއައް ބަދެފައި، ގަވާއިދު ހަދާފަ ފޮނުވިތާ ދެއަހަރު، އަދިވެސް ގެޒެޓް ނުކުރެވޭ، މިނިސްތަރުގެ މޭޒުމާތީގައި
ބުރިޖު
18 October 2021
ހެލްމެޓު އިޅާމިހާރު. ހެލްމެޓު ނާޅާ ބުރިޖައް ނޭރޭތީވެ.
ޖުލައި2021
18 October 2021
އަލްހަމްދުލިއްލާހި. ކަނޑުދަތުރުކުރާއިރު އަބަދުވެސް ލައިފްޖެކެޓްު އަޅައިގެން ތިބުން އާދައަކަށް ހަދާ. ކިތަންމެ ފަތަން މޮޅުމީހަކަށްވެސް ފަތަފަތާ އޮވެވޭނީ ހަށިގަނޑުގެ ހަކަތަ ހުސްވަންދެން.
މިއަދު
18 October 2021
އެދޯނިންކަނޑަށް ވެއްޓުނީ ކާށިދޫގެ މީހެއް ﷲ ގެ ހެޔޮރަހުމަތުން އެމީހާ ފަތާފައައިސް ކާށިދުއަށް އަރައިފި އޭނާގެ ހާލުވެސް ރަނގަޅު އެމީހާ ކަނޑަށް ވެއްޓުނީ ކާށިދުއާއި 3 މޭލުވަރު ބޭރުން
ޔާރައްބީ
18 October 2021
ކަޅުކުލައިގެ ޓިޝާޓެއްނޫން ލައިގެން ތިބެންވީކީ. ލައިފު ޖެކެޓު އަޅައިގެން ތިބެންވީ. ކިހާދެރަ ހާދިސާ މިހިނގަނީ
ނީމާ
18 October 2021
ޓީ ޝަރޓް އެއް ނުލާވެސް ލައިފް ޖެކެޓް އަޅާބަލަ ހެޔޮނުވާނެ.