"މިދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ އެ ގައުމަކީ ރާއްޖެއާ އެންމެ ގާތް، އެންމެ އިތުބާރު ހިފޭ އަވަށްޓެރި އެކުވެރިޔާ ކަން ސާބިތު ކޮށްދީފައި"
އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަނިއަން ޖައިޝަންކަރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
21 އޮކްޓޯބަރ 2021 - 19:14
އިންޑިއާ އަކީ ރާއްޖޭގެ އެންމެ އިތުބާރު ހިފޭ އަވަށްޓެރި އެކުވެރިޔާ ކަމަށް ފޮރިން މިނިސްޓަރު އަަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ އަށް މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެެން ދެއްްވި ބަޔާނުގައި ޝާހިދު ވިދާޅުވީ، އިންޑިއާއަކީ އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާކަން ކަން އެ ގައުމުން މިދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ސާބިތު ކޮށްްދީފައިވާ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ އިން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 56 އަހަރު ފުރޭނީ އަންނަ ނޮވެމްްބަރު މަހުގެ ފުރަތަމަ ދުވަހު ކަމަށް ވިޔަސް ޝާހިދު ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް އެ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
"މިދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ އެ ގައުމަކީ ރާއްޖެއާ އެންމެ ގާތް، އެންމެ އިތުބާރު ހިފޭ އަވަށްޓެރި އެކުވެރިޔާ ކަން ސާބިތު ކޮށްދީފައި. ހަމަ އެހެންމެ، ކޮންމެ ވަގުތެއްގައި ވެސް ބަރޯސާ ވެވޭ އެކުވެރިއެއްކަން [ސާބިތު ކޮށްދީފައި] އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނި އާ ހަރުަފަތަކަށް ދަތުރުކޮށްފަ އެވެ. ދެގައުމުގެ ފަރާތުން ކުރާ ޒިޔާރަތްތައް އިތުރުވުމަކީ އޭނާ ވިދާޅުވިގޮތުގައި އޭގެ އެއް ސަބަބެވެ.
އިންޑިއާގެ ހިލޭ އެހީން ހިންގަން މިއަދު ސޮއިކުރި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށާއި ސަރުކާާރުން ގެންގުޅޭ ޑިސެންޓްރަލައިޒް ކުރުމުގެ ސިޔާސަތަށް ފައިދާވާނެ ކަމަށް ވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ. އެއީ އަތޮޅުތެރޭގެ ރަށްތައް ތަރައްގީ ކުރައްވަން ރައީސް ގެންގުޅުއްވާ ތަސަައްވުރު ދައްކައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ހާ'އްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށް ވަޒީފާތައް އިތުރުކުރުމާއި އިގްތިސާދީ ހިންގުންތަކަށް ފުރުސަތު ދިނުމާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހިތްވަރުދިނުމާއި މި ހުރިހާ ކަމެއްގެ ޒަރިއްޔާ އިން ގޭބިސީތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ އެ މަނިކުފާނުގެ ތަސައްވަރު،" މިހާރު ހިނގަމުންދާ އދ. ގެ ރައީސްގެ މަގާމު ވެސް މިހާރު ފުރުއްވާ ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ އަށް މަޝްރޫއެއްގައި މިއަދު ސޮއިކުރުމަށް ފަހު، ދެ ގައުމުގެ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ގައި ސޮއިކުރީ އިންޑިއާގެ ހިލޭ އެހީގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގަން ހަމަޖެހިފައިވާ އަށް ޕްރޮޖެކްޓެއްގެ އެމްއޯޔޫތަކުގަ އެވެ.
މި އެމްއޯޔޫތަކުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ޖުމުލަ އަގަކީ 2.4 މިލިއަން ޑޮލަރު (36 މިލިޔަން ރުފިޔާ) ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަސަައްކަތްތަކުގެ އެމްއޯޔޫތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒު ރަށީދު
22 October 2021
92% މީހުން އޮތީ މި ހަބަރަށް ‘އެންގްރީ ރިއެކްޓް’ ކޮށްފައި.
އަހުމަދު.
22 October 2021
ޝާހިދުއަށް ރަނގަޅުވާނެ. އެމީހުން ހޯދައިދިން މަޤާމެއްގައި ތާ އެހުރީ.
މިސްޓަރ
22 October 2021
އިންޑިޔާވެސް ރަނގަޅު. އެކަމަކު މިއުޅެވޭގޮތް ކަޑަ. އެއްވެސް ޤައުމެއްގެ ފަައިބުޑަށް ވެއްޓި މިވައްތަރަށް އުޅުން ކަމަކު ނުދޭ. ޤައުމަކީ އެންމެ މީހެއްނޫން. އެހެންވީމާ އުޅޭނެ ރަނގަޅު ނުރަނގަޅު މީހުން. އެކަމަކު، މިފެންނަނީ ވަކިފަރުދަކަށް ފައިދާވާގޮތަށް އިންޑިއާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާތަން. ހުރިހާ ފައިދާއެއް އިންޑިއާއަށް. ރާާއްޖޭގެ ރައްޔިތަކަށްވާ ފައިދާއެއް ނެތް. އޮތީ އަޅުވެތިކަން. މިޤައުމަށް ބޭނުންވަނީ އިންގިލާބީ ބަދަލެއް. އެކަންވާނީ ކާކަށް؟
ޝާޑުބެ
22 October 2021
ކޮންމެވެސް ބޭފުޅަކު އިންޑިޔާގެ މަދަދާއެކު ވަރަށް ގަދަ އެބަކުރޭ. ހީވަނީ ހަމަ ވެރިކަން ފެންނަހެން. ދެޕާޓީގެވެސް ރޫޙާނީ ލީޑަރުން މިތިބީ ބަނދެވިފައި. އެއްކޮޅުން އޮތީ ޙުކުމް، އަނެއްކޮޅުން ފުރާނައަށް ބިރުން އެނބުރި ބަލާލެވޭނެގޮތެއްވެސް ނެތް. އަނެއްކާ އެހާމެ ތާއީދު ދައްވެއްޖެ. ދެން އިބޫ އުޅެނީ ފްލެޓުތައް ނިންމާލެވިއްޖެނަމަ އެކަންވާނެ ކަމަށް ބަލައިގެން. ބަލާލީ ކޮންމެތަނަކުން މިނިވަން ޒުވާނުންގެ ތުރާ. މުއައްސަސާތައް ނެތްފަދަ. ޚަރަދު އެހާބޮޑު ވީކެއްނެތް.
ސަންޕަދަރި
22 October 2021
އަވައްޓެރިޔާ އެއްނޫން ސާޑޫ ބަލަދުވެރިޔާ, މިގައުމުގެ ހަލާކު, މިސަރަހައްދުގެ ހަލާކު,
ތިލަދުންމަތި
22 October 2021
މިތާނގައި ވަރަށް ގިނަ ބޭފުޅުން، ދިވެހިން އިންޑިޔާދެކެ ރުޅިއަންނަކަން ދޭހަވާގޮތަކަށް ކޮމެންޓް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. އެކަމަކު ޙަގީގަތުގައި އިންޑިޔާދެކެ ދިވެހިން ވަރަށް ލޯބިވެއެވެ. ހެއްކަކީ އެމީހުންގެ ވަރަށް ގިނަ ޓީޗަރުން، ޑޮކްޓަރުން އަދި ނަރުހުން މީގެ 40 އަހަރުކުރިން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އާދެއެވެ. އެމީހުންނަށް ދިވެހިން އަދާކުރަމުން އައީ އަދި އަދާކުރަނީ ކޮންފަދަ ފުރިހަމަ މެހެމާނުދާރީއެއް ހެއްޔެވެ. އެމީހުންގެ ކެއުން އަދި ޘަޤާފަތަށް އަހަރުމެން ވަރަށް ގަޔާ ވެއެވެ. ޢަދަދުނުކުރެވޭހާ ގިނަ ބަޔަކު މަތީތަޢުލީމާ، ބޭސްފަރުވާއަށް ދެއެވެ. ޙަގީގަތުގައި ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ އަދި ވަރަށް ވަތަނީ ބައެކެވެ. ވީމާ މި ފަހަކަށް އައިސް، މިހާރު ރާއްޖޭގައި އޮތް ސަރުކާރު ވެރިކަމަށް ގެންނަން އިންޑިޔާއިން ކުރި ހޭދައިގެ ބަދަލުގައި، އިންޑިޔާ ސަރުކާރުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި، އިގުތިސާދު އެމީހުންގެ ކޮންޓްރޯލަށް ގެންދަން އުޅުމުގެ އިތުރުން ރާއްޖޭގެ 3 ދިމާލެއްގައި އެގައުމުގެ ސިފައިން ތިބުމުގެ ސަބަބުން ޚާއްސަކޮށް އެ ސިފައިން ދެކެ ދިވެހިން ނުރުހެނީއެވެ. އަނެއްކޮޅުން މިކަހަލަ ފާޑަކަށް ލަވަމުން ގެންގޮސާ ސިއްކިމް ވެސް އިންޑިޔާއިން އަތުލައިގަތްކަން އަހަރުމެންނަން އެގެއެވެ.
ނުތަނަވަސް
22 October 2021
ޝާހިދު އަދި ނުހުންނާނެ ދިވެހިރާއްޖެއަށް މިހާވަރަށް ތަޢުރީފް ކޮށްފައެއް. ޒިންމާދާރު މަޤާމެއްގައިހުރެ ބޭރުޤައުމަކާއިހެދި މީހާ ޖާނުދޭއިރު ވެގެން މިއުޅޭގޮތެއް ބަލަން އެބަޖެހޭ. ކޮންކަހަލަ މަޖްބޫރީ ޙާލަތެއްތޯ ބަލަން އެބަޖެހޭ
ޒުޒޫ
22 October 2021
ޔަގީންތާ! އިންޑިޔާއައް ވަރަށް އިތުބާރު ކުރެވޭނެ. ޢިތުބާރު ކުރާނެ ހަކުރު ދެންޏާ ބޮޑުބޭބެ.
ޖަމީލް.
22 October 2021
ކޮމެންޓުތައް ކިޔާލިމަ އެނގުނީ ދިވެހިންގެ ނުވަދިހަ ޕަސެންޓް މީހުން އިންޑިޔާ ދެކެ ރުޅިއަރާކަން. އެމީހުންގެ ހަންފެތުރުމުގެ ސިޔާސަތު ގަބޫލު ނުކުރާކަން. އަސްލު އެމްޑީޕީގެ މެމްބަރުން ވެސް ތާއީދު ނުކުރޭ. މޯދިއަށް ވަރަށް ސަލާމް.
މައިސަން
22 October 2021
އައި ލަވް އިންޑިޔާ. އަވަރ ގުޑްނޭބަރ