އިންޑިއާގެ ހިލޭ އެހީން ހިންގާ ޕްރޮޖެކްޓްތަކުގެ އެމްއޯޔޫގައި އެގައުމުގެ ސަފީރު ސަންޖޭ ސުދިރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރު އަހުމަދު ޚަލީލް ސޮއިކުރައްވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
21 އޮކްޓޯބަރ 2021 - 16:57
އޮލިމްޕަސް މަރާމާތުކުރުން ހިމެނޭ ގޮތުން، އިންޑިއާގެ ހިލޭ އެހީން ހަރަދުކޮށްގެން ރާއްޖޭގައި އަށް ޕްރޮޖެކްޓެއް ހިންގުމުގެ އެމްއޯޔޫތަކުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރީ އިންޑިއާގެ ހިލޭ އެހީގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގަން ހަމަޖެހިފައިވާ އަށް ޕްރޮޖެކްޓެއްގެ އެމްއޯޔޫތަކުގަ އެވެ.
މި އެމްއޯޔޫތަކުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގަކީ 2.4 މިލިޔަން ޑޮލަރު (36 މިލިޔަން ރުފިޔާ) ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
1- އޮލިމްޕަސް ތިއޭޓަރު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުން
2- ނ. މިލަަދޫގައި މަލްޓިޕާޕާސް ކައުންސިލް އިމާރާތް އެޅުން
3- އއ. ދަނގެތީ ކަލްޗަރަލް ސެންޓަރުގެ އިމާރާތް އެޅުން
4- ލ. މާބައިދޫ ގައި އައިސް ޕްލާންޓެއް އެޅުން
5- ހއ. ދިއްދޫ، ލ.ގަން އަދި ގދ. ތިނަދޫ ސްކޫލްގެ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް ހަރުދަނާކުރުން
6- ތ. ވޭމަންޑޫގައި މަގު ބައްތި ޖެހުން
7- ތ. ތިމަރަފުށީގައި މަގުބައްތި ޖެހުން
8- ދެ ސީއެމްބިއުލާންސް ގަތުން
އިންޑިއާގެ ހިލޭ އެހީން ހިންގާ ޕްރޮޖެކްޓްތަކުގެ އެމްއޯޔޫގައި އެގައުމުގެ ސަފީރު ސަންޖޭ ސުދިރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރު އަހުމަދު ޚަލީލް ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތްތަކާއި އެހެން ބައެއް މަސައްކަތްތަަކަށް 85 މިލިޔަން ރުފިޔާގެ ހިލޭ އެހީދޭން 2019 ވަނަ އަހަރު އިންޑިއާއިން ފުރަތަމަ އެއްބަސްވި ކަމަށާއި އޭގެ ފަހުން އެ އެހީ 155 މިލިޔަން ރުފިޔާއަށް އިތުރުކުރަން މިދިޔަ ޖުލައި މަހު އެއްބަސްވެ، އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ހިމެނޭ 12 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ދެ އެވެ.
މި މަސަައްކަތްތަކުގެ އެމްއޯޔޫތަކުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ސަންޖޭ ސުދިރެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް
23 October 2021
ކޮން ތަނެއް ހިބަކޮއްދީފަ ލާރި ތިނެގީ؟ މިހާރު އެ ލާރިގަނޑުކައިހުސްކޮއްފާނެ...ގެރެންޓީ!
އަލިފުޅު1111
22 October 2021
އިންޑިޔާއިން އިރެއްގަ ހިލޭ ކަމެއް ކުރިޔަކަސް މިހާރު ކަމެއްކޮށްދީފާނެ ކަމަށް ޤަބޫލުކުރާ މީހަކު ނޫޅޭ. ވެކްސިންވެސް ހިލެޔޯދިނީ. ދެންޖެހުނީ 8 ގުނަ ބޮޑުކޮށް 3 ލައްކަ ގަންނަން. ސަރުކާރަށް އެގަތްއަގު ބުނެލަންވެސް ނުކެރުނު.
ނަނަނަ
22 October 2021
އިންޑިއާ އައުޓް. ޚަބަރު ކިޔާކަށްވެސް ބޭނުމެއް ނޫން.
ސައްލެގެ
22 October 2021
އިންޑިއާ އައުޓް، މިމީހުން ޕްރޮޖެކްޓް ކިޔަނީ މަގުމަތީ ބައްތި ޖެހުން ، މަގުތައް ސާފުކުރުން، ފަޅުތައް ސާފުކުރުން، ، އިންޑިއާ އަތުން ހީވޭތަ އގަކާ ނުލާ އެއްޗެއް ލިބޭނެހެން؟ އިމްޕޮސިބްލް. ކިތަންމެ ވަރަކަށް ފޮނުއަރުވަން އުޅުނަސް ޖެހޭނީ އައުޓްވާން.
ޙަބީބު
22 October 2021
ތިޔައްވުރެ ރަނގަޅުވީސް ތިޔަބުނާ ވޭމަންޑޫއަކާ ތަަްދުއެއްގަ އެތިބަ ހަތަރުބޯއުޅޭ ތަންތަން އެއްފަސްކުރިއްޔާ ކޮންމެރަށަކު މީހުންއުޅުމަކީ ަަަަަަަަަަަަަަަަަަަަަަަަަ ވައްކަންކުރަން ހުޅުވާ ދޮރެއް ސަރުކަރުވެރިން
ތިޔާކިޔާއެއްޗެއް
22 October 2021
ތިޔާކިޔާ އިންޑިއާއެއްގައި ކިތައްމިލިޔަންކިޔަވާ އުމުގެ ކުދިން އުޅޭތޯ؟ ދެންކިއްވެގެންތޯ އެކުދިންނައް ކިޔެވޭނެ ސުކޫލްތައް ނާޅާ މިހާއަބަދީމަދުމަޔެއްގައި ސުކޫލްއަޅައިދޭން މިއުޅެނީ ގެދޮރުނެއް ކިތައް ބިލިޔަން ފަގީރުން ތިޔަކިޔާ އިންޑިއާއެއްގައި އުޅެތޯ؟ ކިއްވެގެންތޯ އެބައިމީހުންގެ ގެދޮރުގެ ދަތިކަން ފިލުވާނުދެވި ވީއިރު މިގައުގެ މީހުންނާއިގެން އެއުޅުއްވަނީ؟ މިހެންކިޔާނެ ކަމެތްނެތް ފަތައް ބަރުކުރަން އެއްވެސް ކަމެއް ރަގަނޅުނުވާ ގައުމެއްގެ ބަޔަކައް ކީއްވެގެނތޯ
ބޮޑުމީހާ
21 October 2021
ވެންޓިލޭޓަރ ވައްކަންވެސް މިއަށްވުރެ ބޮޑުވެފައި ފުޅާ
މުރާސިލް
21 October 2021
ތިޔަ ހުރީ ހައްތަހާވެސް ''މެގަ ޕުރޮޖެކްޓް'' ތަކެވެ. ތިފަދަ އާދައިގެ ކުދިކުދި ކަންކަން އަމިއްލަ ޤައުމުގެ ބަޖެޓުން ނުކުރެވޭހާ ނާޤާބިލް މީހުން ޤައުމުގެ މަތީ މަޤާމުތަކަށް ހަވާލުވީމައި ދެންޖެހޭނީ އެހީ ދޭބަޔަކަށް އައުރަ ނިވާކުރަން އަނދެގެން ހުރި މުންޑު ވެސް ދޭށެވެ. މިއަދު މިސަރުކާރު އެވަނީ ހުރިހާ ދިމާއަކުން ފެއިލްވެ މުޅިން އައުރަ ކަޝްފު ވެފއެވެ. މުޅީ ޤައުމު ސީ އެމްބިއުލަންސަކަށް ވިއްކާ ހުސްކޮށްލައިފިއެވެ.
ތި ކީއްކުރަން ދޭ އެއްޗެއް
21 October 2021
2 ސީ އެމްބިއުލާންސް؟ ދެން އެކަމަކުވާދޯ.
1828
21 October 2021
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2008 ގައި މައުމޫނު ދައުރުގައި ކޮންމެ އަތޮޅަކަށް ލޯންޗެއް ދިން. އެއޮއް ބޮޑު އިންޑިއާއަށް ހިލޭ އެދެވެނީ އެންމެ ދެ ލޯންޗް. ކިޔާ ބާތުހޭ.
ކޮބާތޯ؟
21 October 2021
ގދ. ތިނަދޫ ޓާރޝަރީ ހޮސްޕިޓަލް ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟