އޭއެމްޑީސީ ކްލިނިކް: ގިނަ އަދަދެެއްގެ ބިދޭސީން މެޑިކަލް ރިޕޯޓް ހަދަމުން އައީ މި ކްލިނިކުން --ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
06 ޑިސެމްބަރ 2016 - 12:57
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވިސާ އަށް ބޭނުންވާ މެޑިކަލް ރިޕޯޓް އެންމެ ގިނަ އަދަދަކަށް ހަދައިދޭ އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ވެސް ގަބޫލުނުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ބިދޭސީންނަށް ހަދައިދޭ މެޑިކަލް ރިޕޯޓް ގަބޫލުނުކުރަން އިމިގްރޭޝަނުން ނިންމިކަން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އޭއެމްޑީސީގެ ފަރާތުން ވާހަކަދެއްކި މީހަކު މިއަދު ބުނީ އިމިގްރޭޝަންގެ ނިންމުމާ ގުޅިގެން ބިދޭސީންގެ މެޑިކަލް ރިޕޯޓް ހަދައިދިނުން މި ވަގުތު ހުއްޓާލާފައިވާ ކަމަށެވެ.
ބިދޭސީންގެ މެޑިކަލް ރިޕޯޓްގެ މައްސަލަ ކުރިމަތިވެގެން މި އުޅެނީ ނުރައްކާތެރި ބަލިތައް ހުރި މީހުންނަށް ނުބައި ރިޕޯޓްތައް ހަދައިދޭކަމުގެ ތުހުމަތުތައް ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ. އެކަމަކު އޭޑީކޭ އާއި އޭއެމްޑީސީގެ މެޑިކަލް ރިޕޯޓްތައް ގަބޫލުނުކުރަން ނިންމި ސީދާ ސަބަބެއް އިމިގްރޭޝަނަކުން ނުބުނެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު ރޭ ހަމައެކަނި ވިދާޅުވީ އެގޮތަށް ނިންމީ ބަލަމުން ދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. "މައްސަލައިގެ ތަހުގީގަށް ފަހު ދާއިމީ ނިންމުމަކަށް ވެސް ވެދާނެ،" އަންވަރު ވިދާޅުވި އެވެ.
އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ބިދޭސީންގެ ވިސާ އަށް އޭޑީކޭ އިން ހަދާ އެއްވެސް މެޑިކަލް ރިޕޯޓެއް މިއަދުން ފެށިގެން އެ ޑިޕާޓްމަންޓުން ގަބޫލުނުކުރާނެ ކަމަށެވެ. އެ ދެންނެވުމުގައި އޭއެމްޑީސީގެ ނަމެއް ނެތެވެ. އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުން ހަދާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރާނެކަން އިމިގްރޭޝަނުން އެ ހޮސްޕިޓަލަށް އަންގާފައި ނުވާ ކަމަށެވެ.
އިމިގްރޭޝަނުން ގަބޫލުކުރާ މެޑިކަލް ރިޕޯޓް މާލޭގައި މިވަގުތު ހަދަނީ ފަސް ތަނަކުންނެވެ. އެއީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ އާއި ކްރިސްޓަލް މެޑިކަލް އަދި އެޑްވާންސް މެޑިކަލް ކްލިނިކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯބިލޯބިދިވެހިބޮންދު
07 December 2016
ހުއްޓަންވީ މެޑިކަލް ބަލައިގަތުމެއްނޫން. އިމިގްރޭޝަނުގެ މުވައްޒަފުން އެމީހުންގެ ހިއްސާ އޮންނަގޮތަށާއި އަނބީން، ފިރިން، ގާތްތިމާގެ މީހުންނާއި ދަރިންގެ ނަމުގައި ހިންގާ އެމްޕްލޯއިމަންޓް އޭޖެންސީތައް. ބަންގްލަދޭޝްގެ ބިދޭސީންނަށް އޮފިސަރުން ވިކުން ހުއްޓުވަންވީ މުސާރަ ބޮޑުކޮށްދީގެންވެސް.
ކެޔޮޅު
06 December 2016
އެއީ ރަގަޅު ނިންމުމެއް. އެތަންތަނުގައި ތިބޭ ބިދޭސީން (ޚާއްޞަކޮށް އިންޑިއާ ބަނގްލާދޭޝް ޕާކިސްތާނު، ނޭޕާލުގެ ޑޮކްޓަރުން)ނަށް ފައިސާދީގެން ބައްޔެއް ނުހުންނަ ކަމަށް ރިޕޯރޓް ދޫކުރޭ.
މާހިރު
06 December 2016
ބިދޭސީންގެ މެޑިކަލް ރިޕޯޓް ޤަބޫލު ނުކުރާވަރުގެ ކަމެއް ދިމާވެގެން އުޅޭނަމަ ނިކަމެތި ދިވެހި ރައްޔިތުންގެ މެޑިކަލް ރިޕޯޓް ޤަބޫލު ކުރަނީ ކީއްވެތޯ؟ އާސަންދަ ލިބިގެން މިތަންތަނުން ލިބިގަންނަ ޚިދުމަތެއްގައި ނުވަތަ ކުރާ ޓެސްޓެއް ގޯސްނުވާނެތޯ؟ އެފަތަ ރިޕޯޓަކަށް ބަލާ އޮޕަރޭޝަނެއްވެސް ކޮށްފާނެ! ބަލި ދެނެގަތުމމަށް ކުރާ މެޑިކަލް ޓެސްޓް ތަކުގައި މަައްސަލަ އުޅޭ ކަމުގައި ވާނަމަ އެކަމުގެ އަސަރު ކުރާނީ ހަމަ އެކަނި ބިދޭސީންނަށްތޯ؟
ސާފު ބަސް
06 December 2016
މެޑިކަލް ރިޕޯޓް ޤަބޫލް ނުކުރުމާ ޤަބޫލް ކުރުމުގެ މިންގަޑު ކަނޑައެޅުމަކީ ސިއްހީ ދާއިރާގެ ކަމެކެވެ.އިމެގްރޭޝަނުން އެކަމަށް ގޮތެއް ނުނިންމޭނެ އެވެ.އެފަދަ ސިއްހީ މަތުކަޒް ތަށް ކަނޑައަޅާނީ ސިއްހީދާއިރާ އިން ނެވެ ސިއަހީ ޚިދުމަތް ދޭ ފަރާތް ތަށް ރެގިއުލޭޓް ކުރާ ބޮޑީ އަކުން ނެވެ.
ރަދީފް
06 December 2016
ވަރަށް ދެއުޅިއެއްނުވާ ގަވާއިދެއް ތިޔަ އިމިގްރޭޝަންގަ މެޑިކަލް ކަންތަކުގަ އޮންނަނީ.ވަރަށް ފަހުން ދިމާވި ކަމެއް ހިއްސާކޮއްލާނަން. ދެކުނުގެ އަތޮޅެއްގެ ސިޓީއެއްގެ ދަރަޖަ (ނަމެއްގަ ) ދީފައިވާ ރަށެއްގަ ހުރި ބިދޭސީއަކު އެރަށުގަ ހުރި ސަރުކާރުގެ ހޮސްޕިޓަލުން ހެއްދި މެޑިކަލް ރިޖެކްޓްކުރީ.ސަރުކާރުން ސަރުކާރުގެ ރިޕޯޓްބަލައިނުގަތުން މިވެސް ދެން ބޮޑު ޖޯކެއް.މިއަދު އިމިގްރޭޝަންގެ ފޮރިން އެމްޕްލޯއިމެންޓްގެ އެކި ނަމްބަރުތަކަށް ތަކުރާކުކޮށް ގުޅައިފިން.އެއްވެސް ނަމްބަރަކުން ޖަވާބެއްނުދޭ. ދެންކާކަށް ތޯ އަޅުގަނޑު ސެލިއުޓް ކުރަންވީ.
އަހުަދު
06 December 2016
ވައްކަމުގެ ތެރެއިން ގެއްލިފައިވާ ފައިސާއާއި ޔާމީނުގެ އިގްތިސާދީ ޕްލޭން ތަންފީޒުކުރަން ލާރި ހޯދަންޖެހޭތީ އެފައިސާ ލިބެންއޮތް މަގަކަށްވާތީ އައިޖީއެމްއެޗްތެރެއިން މިކަންވެސް ކުރެވޭތޯ މިބަލަނީ..ތިހުރިހާ ކަމެއް ނިމޭއިރު ތިއޮންނާނީ އައިޖީއެމްއެޗަށް އެކަނި ތިރިޕޯޓެއް ހެދޭގޮތަށް..މަމެންނަށް މިއަދު މިހެންމިވީ ފައިސާކޮޅަކަށް ވޯޓުވިއްކާލެވުނީމަ...ދެންވެސް ހިނގާ ސަރުކާރަށް މެޖޯރިޓީ ނުދީ ގައުމާއިގެން ހިނގައިގަނެވޭ ފަދަ މެންބަރުންނަށް ވޯޓުދީގެން ކުރިއަށް ދަމާ
މާޖިދު
06 December 2016
ނުރުހޭ މީހުންގެ ވިޔަފާރި ތަކަށް ދުއްޕާންކުރުން ނޫން ކޮންކަމެއް.
ޢަލީ
06 December 2016
ތިޔަ ރިޕޯޓް ތައް ތައްޔާރު ކުރުމުގައި އިހްމާލެއް އުޅޭނަމަ އެތަންތަނުގެ ރިޕޯޓްތައް ބަލައި ނުގަތުމުގައި މައްސަލައެއްނެތް. ނަމަވެސް ކަނޑައެޅިގެން ދުވަސްވީ މޫތަކެއްގެ ވިހައާއިއެކު ވޯކްޕާމިޓް ބައިގައި ކުރާ ކަރަޕްޝަން މަސައްކަތްތައް ނުހުއްޓުވާހާ ދުވަހަކު ތިޔަ އިމިގްރޭޝަންގެ އިމޭޖް ރީއްޗެއް ނުވާނެ. އިމިގްރޭޝަންގެ ކަންކަން ހިންގަނީ އެތަންތަނުގެ ވެރިން ހިތުހުރިގޮތަކަށް. ރައްޔިތުންނަށް އިންތިހާއަށް އުނދަގޫ ބޮޑުކޮށް ޚިދުމަތް ދޭ ތަނެއް ތިނޫނީ ނެތޭވެސް ބުނެވިދާނެ.
ރަދީފް
06 December 2016
ތިޔަ ހުރިހާ އެއްޗެއް ނަހަދާ ދެންނެވުމަކުން ދަންނަވާލަބަލަަ ''މީގެ ފަހުން ބަލައިގަނެވޭނީ ހަމައެކަނި އައިޖީއެމްއެޗް'' އިން ހައްދާ މެޑިކަލް ކަމަށް.
ަނީނާ
06 December 2016
މިލިޔުމުން މެޑިކަލް ރިޕޯޓް ޤަބޫލް ނުކުރަނީ ކޮން ހޮސްފިޓަލްގެ ކަމެއް ސާފެއްނުވި... އޭ.އެމް.ޑީ.ސީ ނުވަތަ އޭ.ޑީ.ކޭ ތޯ؟
އައްޔަ
06 December 2016
ހެހެ، އައިޖީއެމްއެޗް ގެ ރިޕޯރޓޯ ގަބޫލުނުކުރަނީ. ރަގަޅަށް ކިޔާބަލަ.