ޚަބަރު / އޮޑިޓާ ޖެނެރަލް އޮފީސް

ހިޔާ ފްލެޓަށް އެޗްޑީސީން ކަނޑައެޅި ވަރަށް ވުރެ ކުޑަ އަގެއް ނަގާ ނަމަ ބޮޑު ގެއްލުމެއް ވާނެ: އޮޑިޓް ރިޕޯޓް

ހިޔާ ފްލެޓް އިމާރާތްތަކެއް. ފްލެޓްތަކަށް އެޗްޑީސީން ކަނޑައެޅި އަގު ރަނގަޅު ކަަމަށް އޮޑިޓުން ދައްކާ. ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެޗްޑީސީން އަގުތައް ކަނޑައަޅާފައި ވަނީ އެ ކުންފުނިން އެ މަަޝްރޫއަށް ނަގާފައިވާ ލޯނުތަކާއި އެއާ ގުޅުން ހުރި އެހެން ކަންތައްތަކަށް ރިއާޔަތް ކޮށްފައި ކަމަށާއި އެ އަށް ވުރެ އަގު ހެޔޮކޮށްފި ނަމަ ގެއްލުން ވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އިއްޔެ އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތަށް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓްވާނެ އެވެ.

ސިޓީ ކައުންސިލުން އަގު ހެދީ ރަނގަޅަކަށް ނޫން

އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މަހަކު 5،548ރ. ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީކައުންސިލުން ހިސާބު ޖަހާފައިވަނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބަލަން ގެންގުޅޭ ބައިނަަލްއަގްވާމީ މިންގަނޑެެއް ކަމަށްވާ އެލްއައިބީއޯއާރް، ދަށްކޮށް ހުރި ދުވަސްވަރެއްގަ އެވެ. އެ ހިސާބު ހަދާފައި ވަނީ ރިޕޯޓްގައިވާ ގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެލްއައިބީއޯއާރް 0.6 ޕަސެންޓް ގައި ހުރި ދުވަސްވަރެއްގަ އެވެ. އާއްމު ހާލަތުގަައި އެލްއައިބޯއޯއާރް ހުރީ 3.3 ޕަސެންޓަށް ވުރެ މަތީގައި ކަަމަށާއި މި އަހަރު ދައްކާފައިވާ ލޯނު ޕޭމަންޓްތައްް ހުރީ އެލްއައިބީއޯއާރް 1.74 ޕަސެންޓްގައި ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.

ހިޔާގެ ފްލެޓްތަކަށް މަހަކު 6،600ރ. ދައްކަން 2018 ވަނަ އަހަރު ކަނޑައަޅާފައި ވަނީ މަޝްރޫއު ހިންގަން ނެގި ލޯނުތަކާއި ރީ-ފައިނޭންސިން އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދައްކާއިރު، އެޗްޑީސީގެ ކޭޝްފްލޯ އަށް ވާނެ ގޮތަށް ރިއާޔަތް ނުކޮށް ކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މަހަކު 5،548ރ. ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީކައުންސިލުން ހިސާބު ޖަހާފައިވަނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބަލަން ގެންގުޅޭ ބައިނަަލްއަގްވާމީ މިންގަނޑެެއް ކަމަށްވާ އެލްއައިބީއޯއާރް، ދަށްކޮށް ހުރި ދުވަސްވަރެއްގަ އެވެ.

"...މަހަކަށް 6،600ރ. ގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647ރ. އެވެ. ނަމަވެސް އީއެމްއައި މެތޮޑަށް ހިސާބު ހަދައިފި ނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި 1،254،879ރ. ޖެހޭނެ އެވެ،" އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.

"މީގެ މާނައަކީ މަހަކަށް 6،600ރ. ގެ ރޭޓުން ޔުނިޓެއް ވިއްކައިފި ނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1.1 މިލިޔަން ރުފިޔާގެ ގެއްލުން ވުމެވެ."

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވަން ތައްޔާރުކޮށްފައިވާ އެ ރިޕޯޓްގައި، އެކަން އިސްލާހު ކުރަން ހުށަހަޅާފައިވާ އެއް ކަމަކީ ލޯނުގެ ފައިނޭންސް ކޮސްޓް ދެެއްކޭނެ ގޮތަށް ކޮސްޓް އޮފް ކެޕިޓަލަށް ރިއާޔަތް ކޮށްގެން އަގު ކަނޑައެޅުމެވެ. އެ މަޝްރޫއުގެ އަގުގެ ތެރޭގައި މިހާރު ހިމަނާފައި ނުވާ އެހެން ހަރަދުތައް ސަބްސިޑައިޒްކޮށް، އެޗްޑީސީ އަށް އެހީތެރިވެދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ވެސް ރިޕޯޓްގައި ސަރުކާރަށް ލަފާދީފައި ވެ އެވެ. ފްލެޓްތަކުގެ އަގު ކަނޑައެޅުމުގައި މިހާރު ހިމަނާފައި ނުވާ ހަރަދުތަކަކީ ބިމުގެ އަގާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮސްޓާއި ސަޕްލިމެންޓްރީ ޑިވެލޮޕްމެންޓް ކޮސްޓެވެ.

ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމަށް އިސްކަންދީގެން އިމާރާތްކުރި 7،000 ފްލެޓް ލިބުނު މީހުން ދަނީ، އެ ތަންތަނަށް މަހަކު ދައްކަން މިހާރުގެ ސަރުކާރުން ކަނޑައަޅާފައިވާ އަގު (8،500ރ) ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ 6،600ރ. މަހަކު ދައްކާ ގޮތަށް ފްލެޓް ދޫކުރެވޭނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވަނީ ސިޓީ ކައުންސިލުން ހެދި ހިސާބުތަކަށް ބުރަވެ އެވެ.

84 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

23 October 2021

އޮޑިޓަރުން ވާންޖެހޭ ރައްޔިތުން އިތުބާރު ހިފޭ ބަޔަކަށް. ދެ ޕާޓީ ސިޔާސީ ޑުރާމާ ކުޅޭއިރު އެއްބަޔަކާ ބައިވެރިވެ ހެދުމުން ތިޔަ ތަނުން ރިޕޯޓެއް ރަނގަޅަށް ނެރުނަސް ނޭގޭނެ ރަނގަޅުކަމެއް. ރާއްޖޭގައި މިއޮތް މިނިވަން މުއައްސަސާތުތައް މިނިވަންވާނީ ކޮންދުވަހަކުންބާ؟

The name is already taken The name is available. Register?

ސަނައްޓޭ

23 October 2021

ތިޔައީ ކުރާ ވިޔަފާރިއެެއްތަ

The name is already taken The name is available. Register?

މައިބުރޯކް

23 October 2021

އިތުރަށް ވިސްނައިދޭން އުޅޭނޭކަމެއް ނެތް. ޖީބު ބޮޑުކުރައްވާ. މަމެން 2023 ގައި އޮންނަ ޓެސްޓުގެ ނަތީޖާ ދައްކާނަމު

The name is already taken The name is available. Register?

ރަދީފް ހުސެން

23 October 2021

ސިޔާސީ މީހުން ހާހުންތަންތަނައްލާ ރައްޔިތުންގެ ފައިސާއިން ހަރަދުކޮއްހަދާއިރު އެއީ ދައުލަތައްވާ ގެއްލުމެއްނޫން؟ ބޯހިޔާ ވަހިކަމައް ހަރަދުކޮއް މާލޭގެ ގެދޮރުކުލިން އެއްޗެއްކެނޑި އާންމު މީހަކައް ޖީބައްލުއިވާނެ ހެންހީވެއްޖެޔާ ދައުލަތައް ގެންލުން. ޔާމިން ސަރުކާރުގަ ނެރުނު ހިޔާފްލޭޓް ލިސްޓުގަ ރާއްޖެޓީވީ ކުދިންނެތީމަ "އޮޅުވާލީ" ކޮތަރުކޮށި. މިސަރުކާރު އައިސް ލިސްޓުގަ ރ.ޓީވީ އެންމެނާ ރީނދޫކުދިން ހިމަނައިލީފަ ކޮތަރުކޮށި ހަމަ ސަޅި

The name is already taken The name is available. Register?

ބަބޫ

23 October 2021

99000 ރުފިޔާގެ އްޗެއް 1.2 މިލިޔަނަށް އެރިގޮތެއް ބުނެދީބަލަ. 12 ހުނަ ބޮޑުވުމެއް އެއީ

The name is already taken The name is available. Register?

ސަންތިި

23 October 2021

އޮންލައިންކޮށް ޑިގުރީނެގީމަ ވާގޮތްމީ. ކޯސްޓްހަދަންވެސް ގޫގަލްގަ ޖެހީމައަންނާނީ މިކަހަލަހިސާބެއް. ފުރަތަމަ 12އަހަރުލޯން ދައްކަން މިޖެހެނީ. ލޯންއިންޓަރެސްޓާ ބިމުކުއްޔާއި އޭތިމީތި ލީމަ ޖެހެނީ 11،000 މަހަކަށް ކޮންމެޔުނިޓަކަށް. 12އަހަރުވަންދެން. ލޯނުދައްކާ ނިމުނީމަ މިޖެހެނީ 4000ހާ ރުފިޔާ ޔުނިޓަކަށް. 7500 ވީމަ ސަބްސިޑީއެއްލާފަ 11 މިހަމަކުރަނީ. 12 އަހަރުފަހުން ސަބްސިޑީއަށް ދެއްކިބައި އަބުރާއަތުލަނީ. މީގަސަރުކާރަށްވެސް ފުލެޓްމީހާއަށްވެސް ނެތްގެއްލުމެއް

The name is already taken The name is available. Register?

ބާގީ އަފީފު ދީދީ

23 October 2021

ސާބަސް. އެއްފަހަރަކާ ފައިދާ ހޯދަން ކުރާ ކަމެއްތަ ސޯޝަލް ހައުސިންގ އަކީ. މުއްދަތު ދިގުކޮށްފައި އަގުކުޑަކުރެވޭނެ ގޮތެއްވެސް ކަންމަތީފިހާރަ ހިންގި މިނިސްޓަރަށް ނޭނގޭތަ؟ ކަލޭމެން މިރާއްޖެއަށް އިނގގރޭސި ވިލާތުން ހިޖުރަަކުރި އެންމެބޮޑު ގުޑުގުޑާދޫންޏަށް މާލޭ އެންްމެ އަގުބޮޑުހޮޓަލުން 1 ފްލޯރ ދުވާލަކަށް 10ހާސް ޑޮލަރަށްް ހިފާއިރު ނިކަމެތި އާންމުންނަށް ކިރިޔާ ލުޔެއްދޭންވެސް ނުކެރެނީތަ. ބަލަ ތިއީ ކަލޭމެންގެ މައިފުނު މުދާތަ؟

The name is already taken The name is available. Register?

އަސްލުސް

23 October 2021

އޮޑިޓަރ ޖެނެރަލް އައްޔަންކޮށްދިން ކަމަށްޓަކައި ސަރުކާރަށް ދިން ހަދިޔާއެއް. 5 އަހަރަށް ތިވަރު އޯކޭ. ބޯހިޔާވަހިކަމަށް ސަބްސިޑީ ދިނުމުން ގެއްލުން. ރާއްޖޭގެ ފެރީ ނިޒާމު ގާއިމުކުރުމަށް ރިސޯޓު ހަދާނެ ރަށްތަކާއި، ލޯނާއި، ސަބްސިޑީ ދިނުމުން ހުސްފައިދާ. މޮޔަނުގޮވާ. ބޯހިޔާވަހިކަން އަތްފޯރާފަށަށް ގެނައުމުގެ ވައުދަކީ އެމްޑީޕީން މައުމޫނު ވައްޓާލަންދެން ގޮވި ވާހަކަ. އަތްފޯރާ ބޯހިޔާވަހިކަމެއް އަދިވެސް އެއުޅެނީ ނުދެވިގެން. ޔާމީން އެއްފަހަރާ 7000 ހެދީމާ މޭކެރީ

The name is already taken The name is available. Register?

އެއްލައިބަރޯ

23 October 2021

މިސަރުކާރުން ރައްޔިތުންނަށް ތިޔަ ފްލެޓްތައް ނުދީ ހިފަހައްޓައިގެން ތިބީ ވަރަށް މޮޅުތަކެއްވާނެކަމަށް. ނުދީ އެތައް މުއްދަތެއް ބޭކާރުކޮށްގެން ތިބުމުން ލައްކަ ފައިދާވިކަމަށް ދައްކާ ކަހަލަ ރިޕޯޓެއްވެސް ހަދާލިނަމަ. އެތަންތަން އެހާ ލަހުން ހަވާލުކުރުމުން އުފެދުނު ހީނުކުރާވަރުގެ މައްސަލަތަކުން ލިބުނު ގެއްލުންވެސް އަންގާލިނަމަ. މިހާރު ކިތަންމެ ރިޕޯޓެއް ނެރުނަސް ތިޔަ ފްލެޓްތަކުގެ މައްސަލައިގަ މިވެރިކަމަށް ފާޑުކިއުން އަންނާނެ ގޮތެއް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ވަހީދު

23 October 2021

16،500 ރ އަށް ހަދަންވީނުން. އެއިރުން ފައިދާވެ، އަންނަ ރިޔާސީ އިންތިޚާބަށް ތަޅާނެ ފައިސާ ހުންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454