ނިއޯސް އެއާލައިންގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ވީއައިއޭ
25 އޮކްޓޯބަރ 2021 - 15:17
އިޓަލީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ނިއޯސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ.
ނިއޯސް އިން މި ދަތުރުތައް ފެށުމާއެކު އިޓަލީގެ ރޯމާއި މިލާން އިން ރާއްޖެއަށް ހަފުތާއަކު އެއް ދުވަހު ދަތުރު ކުރާނެ އެވެ.
އިޓަލީއަކީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ގައުމުގެ އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލުމުން މިއަހަރުގެ މިހާތަނަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
We’ve got fantastic news for our passengers flying from Italy. 🇮🇹 @neos_air resumes direct flights from Milan & Rome to the #SunnySideOfLife ☀️🏝🌊 pic.twitter.com/iJBJ2ZclKl
— VelanaAirport (@VelanaAirport) October 24, 2021
ނިއޯސް އިން ރާއްޖެއަށް ދަތުރު ފެށުމުން ވީއައިއޭއިން މަރުހާބާ ކިޔައި ކުރި ޓްވީޓެއް--
ނިއޯސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފެށީ ކުރިއަށް އޮތީ ފެސްޓިވަލް ސީޒަނަށް ވާތީ އެވެ. ކޮންމެ އަހަރަކު މި ދުވަސްވަރު އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮންނަ ޑިމާންޑު އިތުރުވެ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 962,490 ޓޫރިސްޓުން އައިސްފައިވާއިރު މި މަސް ނިމޭއިރު އެއް މިލިއަން ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ލަފާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
25 October 2021
ވެލާނާއެއަރޕޯޓަށް ނުޖެއްސިގެން ކިއޫގައި ފުރުސަތެއްލިބޭތޯ 45 މިނިޓް އޮންނާންނުޖެހޭ ފްލައިޓެއް ނޮވެމްބަރުން އަންނަ މާރިޗް މަހާއިހަމައަށް ތިތަނަށް ނުޖައްސާނެ. # މިހާލަތުގައިވެސް ތިމާމެނަށް ލިބޭ އެއްޗެއް މަދުވެދާނެކަމަށް ނުވަތަ ރާއްޖޭގެ އެހެން ސަރަޙައްދެއްގައި ފަތުރުވެރިކަން އާލާވެދާނެތީ ތިތަނަށް ޖައްސާ ބަޖޭޓް ނުވަތަ ލޯކޮސްޓް ފްލައިޓްވެސް ގޭން ނުވަތަ ހަނިމާދުއަށް ޖައްސާން މާލޭސަރުކާރު ފުރުސަތުދޭކަށް ބޭނުމެއްނުވޭ. މިއީ މިމީހުންގެ ކަންކަން ހުންނަގޮތް.