އެމިރޭޓްސް އެއާލައިނާއާއެކު ސޮއިކުރެއްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ އެއާލައިންގެ ބޯޓުގެ މޮޑެލްއެއް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 އޮކްޓޯބަރ 2021 - 07:05
ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސް އެއާލައިނާއެކު އިއްޔެ ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގްލޯބަލް މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން "ޓޫރިޒަމް މިނިސްޓްރީ" އާއި "ވިޒިޓް މޯލްޑިވްސް" އަދި ޔޫއޭއީގެ ގައުމީ އެއާލައިން، އެމިރޭޓްސް އެއާލައިނާއެކު ސޮއިކޮށްފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި، ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯގައި ބައިވެރިވުމަށް އެ ގައުމުގައި މި ވަގުތު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ.
President @ibusolih presides over the signing of a tripartite MoU on promoting Maldives’ tourism in the global market between @visitmaldives, @motmv and @emirates. pic.twitter.com/EyxQvPd9FY
— Mabrook Azeez (@MvSpokesperson) October 25, 2021
އޭގެ ފަހުން އެ މަނިކުފާނު ވަނީ ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު "ދުބާއީ އެކްސްޕޯ 2020" ގައި ބަހައްޓާފައި ހުރި ރާއްޖޭގެ ޕެވިލިއަންއަށް ހަވީރު ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފަ އެވެ.
ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯގައި ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ޕެވީލިއަން ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ޕެވިލިއަން ގާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައެވެ. އަދި ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖޭގެ ތާރީހާއި ސަގާފަތާއި ގުދުރަތީ ދިރުންތަކާއި ކެއުންތައް އަދި ވިޒުއަލް އާޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް، އުންމީދީ މުސްތަގުބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރާ މަސައްކަތްތައް ވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރްހަބާ
26 October 2021
މަޓީގެ ވިޔަފާރިވެރިންނަށް މަރްހަބާ
މަހޭ
26 October 2021
ތީ އެމީހުން އަބަދުވެސް ކުރާ ކަމެށް. މިފަހަރު ގޮސް ކަމެށް ނުވީމަ ކުރިންވެސް ހިނގަމުން އަންނަކަމަކުން ކުރެޑިޓް ނަގާލީ...
މާހިރު
26 October 2021
ރާއްޖޭގެ ޕެވިލިއަނުން މައިގަނޑުގޮތެއްގައި ފެންނަނީ ފާޑެއްގެ ރިޔާ ތަކެކެވެ. ރާއްޖޭގެ ރީތިމަންޒަރުތައް އެއްގޮތަކަށްވެސް ސިފައެއް ނުވެއެވެ. ތިފަދަބޮޑު އެކްސްޕޯއެއްގައި ހަދާ ޕެވިލިއަންއަކީ ވަރަށް ފުރިހަމައަށް ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ތަނަކަށް ވާންޖެހޭކަމަށް ދެކެމެވެ. ދިވެހިރާއްޖޭގެ އެންމެ ހިތްގައިމުކަމަކީ ޤުދުރަތުން ދިވެހިރާއްޖެއަށް ދެއްވާފައިވާ ރީތިކަމެއްނޫންތޯއެވެ.
ލައިޓް
26 October 2021
ދުނިޔޭގެ ނަންކިޔާ އެއާލައިނެއް. ސޮލިޑް ނިންމުމެއް. ހިންނަވަރު މީހުން ހަމަ ބޯރަނގަޅީ!
ތަކުރޭ
26 October 2021
އެހާމެ ޕުރޮސެސިންވެސް ސުލޯ އެވެ.
ހަހަހަ
26 October 2021
އެމިރޭޓްސްގެ ޤައުމީ އެއަރލައިން އަކީ "އިއްތިހާދު"
އަހަންމާ1
26 October 2021
އިއްތިހާދު ޕާރޓީ ސަކަރައިތް