ދުނިޔެ / ކްލައިމެޓް ޗޭންޖް

އިންޑިއާގައި ތިމާވެށީގެ ހިޖްރަކުރުން އިތުރުވަނީ

26 އޮކްޓޯބަރ 2021 - 13:08

ގިނަ އަދަދެއްގެ ފަގީރުން ހިމެނޭ އިންޑިއާގެ އެކި ސަރަހައްދުތަކަށް މިއަހަރުގެ ތެރޭގައިވެސް، ފެންބޮޑުވުމުގެ ހާދިސާތަކާއި ހަނަފަސްކަމާއި ހޫނު ރޯޅިތައް ކިތަންމެ ފަހަރަކު ކުރިމަތިވެއްޖެ އެވެ. އެހެންކަމުން، ރަށްފުށު ސަރަހައްދުތަކުގައި ދިރިއުޅޭ ފަގީރު އާއިލާތަކަށް މިހާރު މަޖުބޫރުވެފައިވަނީ، ދިރިއުޅުމަށް ރައްކާތެރި ސަރަހައްދަކަށް ހިޖްރަކުރުމަށެވެ.

އިންޑިއާގެ ތިން ސަހަރެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން 1000 ގޭބިސީއެއްގެ މީހުންގެ ހާލަތު ދިރާސާކުރުމަށް ފަހު، މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އެ ދިރާސާގައި ބައިވެރި ކުރި މީހުންގެ 70 ޕަސެންޓް މީހުން ހިޖްރަކުރީ، މޫސުމީ ބަދަލުތަކުން ކުރިމަތިވި ހާދިސާތަކާ ގުޅިގެންނެވެ. މިދިރާސާ ހަދާފައިވަނީ، އިންޓެނޭޝަނަލް އިންސްޓިޓިއުޓް ފޯ އެންވަޔަރަންމެންޓް އެންޑް ޑިވެލޮޕްމެންޓް އިންނެވެ.

ގިނަ މީހުން އެމީހުންގެ އަސްލު ގެދޮރު ދޫކޮށް ހިޖްރަކުރަނީ، ހަނަފަސްކަމާއި ފެންބޮޑުވުމުގެ ސަބަބުން، އެމީހުންގެ ދަނޑުބިންތައް ހަލާކުވުމުންނެވެ. އަދި އަނެއް ބަޔަކު ހިޖްރަކުރަނީ ބާރުގަދަ ތޫފާންތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅިގެންނެވެ.

މިއީ، މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖްރަކުރާ މީހުން އިތުރުވޭތޯ ބެލުމަށް ކުރި މިފަދަ އެންމެ ފުރަތަމަ ދިރާސާ ކަމަށް ބެލެވެ އެވެ. މިދިރާސާ އިން އެނގުނު ގޮތުގައި، އާދަޔާ ހިލާފަށް މޫސުން ގޯސްވެގެން ކުރިމަތިވާ، ތޫފާންތަކާއި ހޫނު ރޯޅިތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ހާދިސާތަކުން ލިބޭ ގެއްލުންތަކާ ކުރިމަތިލުމަކީ، އިންޑިއާގެ އާދައިގެ ދަނޑުވެރިން ފަދަ ފަގީރު އާއިލާތަކުގެ މީހުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ.

"މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖްރަކުރާ މީހުން އަންނަނީ އިތުރުވަމުން. މިއީ ނުހިނގާ ކަމެއްގެ ގޮތުގައި މިހާރު ދެއްކޭކަށް ނެތް. ހަނަފަސްކަމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފެންބޮޑުވުމުގެ ހާދިސާތަކުން، މިހާރު ވެސް ދިރިއުޅުމަށްޓަކައި ގިނަ ތަކުލީފުތަކެއް އުފުލަންޖެހިފައިވާ މީހުންނަށް ކުރިމަތިވަނީ އިތުރު ފިއްތުންތަކެއް. ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަމިއްލަ ގެދޮރު ދޫކޮށް ހިޖްރަކުރަން އެބަ މަޖުބޫރުވޭ،" ދިރާސާގައި ބުނެފައިވެ އެވެ.

ޖަރުމަން ވިލާތުގެ ދިރާސާ ޖަމާއަތެއް ކަމަށްވާ ގްލޯބަލް ކްލައިމޭޓް ރިސްކް އިންޑެކްސް 2021 އިން ތަރުތީބު ކޮށްފައިވާ ގޮތުން އިންޑިއާއަކީ، މޫސުމީ ބަދަލުތަކުން އެންމެ ބޮޑަށް ގެއްލުން ލިބޭ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ހުސްވި 2020 ވަނަ އަހަރު އެކަނިވެސް، އިންޑިއާ އަށް ތިން ތޫފާން އެރި އެވެ. މުޅި ގައުމަށް ހޫނު ރޯޅިތަކެއް ކުރިމަތިވެ، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި އެވެ. އެ ހާދިސާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް، އެހެން ސަރަހައްދުތަކަށް ހިޖްރަކުރަން މަޖުބޫރުވި އެވެ.

"އެފަދަ ހާދިސާތަކާ ކުރިމަތިލައި އެފަދަ ހާދިސާތަކުން ލިބޭ ގެއްލުންތައް އިއާދަކުރުމަކީ، ފަގީރު މުޖްތަމައުތަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން. އެފަދަ ހާދިސާތަކުން ފަގީރު މުޖްތަމައުތަކަށް ލިބެނީ ވަރަށް ބޮޑު ގެއްލުމެއް. އެމީހުން ހިޖްރަކުރަން މަޖުބޫރުވަނީ، އެމީހުންގެ އަސްލު ވަޒަނުގައި ދިރިއުޅުން ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ގެއްލުމުން،" ދިރާސާގައި ބުނެފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454